Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ- އާއިލީ ގުޅުން ދެމެހެއްޓުން

އާއިލީ ގުޅުންކަނޑާ މީހުންނަށް އޮތީ ބިރުވެރިކަން، މި ގުޅުންތައް ދެމެހެއްޓުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރަންޖެހޭ: ޚުތުބާ

9 އޯގަސްޓު 2024 | ހުކުރު 12:01

ހަރުދަނާ މުޖުތަމައެއްގެ އަސާސަކީ އާއިލާ، އާއިލާއަކީ މުޖުތަމައުގެ ބިންގާ

އަމްނާ އިމާދު
އަމްނާ އިމާދު | 9 އޯގަސްޓު 2024 | ހުކުރު 12:01
މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ

މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ

އާއިލީ ގުޅުން ދެމެހެއްޓުމަށް ގައުމީ ފެންވަރުގައި މިއަދު ކުރަންޖެހިފައިވާ ކަމަށާއި، އާއިލީ ގުޅުންތަކަށް އިހުމާލުވެ، އާއިލީ ގުޅުންކަނޑާ މީހުންނަށް އޮތީ ބިރުވެރިކަން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

އާއިލީ ގުޅުން ދެމެހެއްޓުން މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ތާރީޚީ ގޮތުން ބަލާއިރު އިންސާނިއްޔަތު ދުށް ފުރަތަމަ ޖަމާއަތަކީ އާއިލާ ކަމަށާއި، އެއާއިލާގެ އުނގަކީ ތުއްތު ކުއްޖާއަށް އެންމެ ފުރަތަމަ އަމާންކަމާއި ހިމާޔަތާއި ލޯބި ދިން އުނގު ކަމަށެވެ. އިންސާނާގެ ޝަޚުސިއްޔަތު ބިނާކޮށްދީ ތަހުޒީބު މުވާޠިނަކަށް ހަދައިދޭ މަދަރުސާ ކަމަށާއި، އާއިލާއަކީ ކުއްޖާ ބޮޑުވެ، ދިރިއުޅުމުގެ ހަމަތަކާއި، އުސޫލުތަކާއި، ސަގާފަތްތަކާއި، އާދަކާދަތައް ލިބިގަންނަ މަރުކަޒު ކަމަށެވެ. ހަރުދަނާ މުޖުތަމައެއްގެ އަސާސަކީ އާއިލާ ކަމަށާއި، އާއިލާއަކީ މުޖުތަމައުގެ ބިންގާ ކަމަށެވެ. މި ބިންގާ ވަރުގަދަކުރެވިގެން ނޫނީ މުޖުތަމައު ބާރުވެރިއެއް ނުކުރެވޭނެ ކަމަށާއި، މިއަދު އިސްލާމީ އުންމަތް މި ވަނީ ބާރުވެރި، ޣީރަތްތެރި މުޖުތަމައަކަށް ނުހަނު ބޭނުންވެފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އާއިލާއެއް ފެށިގެން އަންނަނީ މަތިވެރި ގުޅުމަކުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ ކާވެނީގެ ބަދަހި ގުޅުމެއް ކަމަށާއި، އާއިލީ ގުޅުންތަކުގެ ތެރޭގައި ހިމެނެނީ ދެމަފިރީންގެ ގުޅުމާއި، ދެމަފިރިން އެކަކު އަނެކަކަށް އަދާކުރާންޖެހޭ ހައްގުތަކާއި ވާޖިބުތައް ކަމަށެވެ. މައިންބަފައިންނާއި ދަރިންނާމެދު އޮންނަ ގުޅުމާއި މައިންބަފައިންގެ މައްޗަށްވާ ދަރިންގެ ހައްގުތަކާއި ވާޖިބުތަކާއި ދަރިންގެ މައްޗަށްވާ މައިންބަފައިންގެ ހައްގުތަކާއި ވާޖިބުތައް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ އަޚުންނާއި އުޚުތުންގެ ގުޅުންތަކާއި އެފަރާތްތަކުގެ ހައްގުތަކާއި ވާޖިބުތަކެއް ކަމަށާއި، މާމައިންނާއި ކާފައިންނާއި ބޮޑު ބޭބެއިންނާއި ބޮޑުދައިތައިންނާއި އެ މީހުންގެ ދަރީންގެ މެދުގައި އޮންނަންޖެހޭ ހައްގުތަކާއި ވާޖިބުތަކެއް ކަމަށެވެ.

އެހެންކަމުން މި ގުޅުންތައް ބަދަހިކޮށް ބާރުވެރިކުރުމަކީ އާއިލާގެ ކޮންމެ ފަރުދަކުމެ އިސްވެ އަދާކުރާން ޖެހޭ ވާޖިބެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އިންސާނީ ނަސްލު ބަލަހައްޓައި ނެގެހެއްޓޭނީ ފާރަވެރި، އޯގާތެރި، ކެތްތެރި އާއިލާއެއްގެ ހިޔާވަހިކަން ލިބިގެން ކަމަށާއި، އިސްލާމްދީނުގައި އިންސާނީ ނަސްލަށް ވަރަށް ބޮޑު އަހައްމިޔަތެއް ދީފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އާއިލާގެ ހުރިހާ މެންބަރުން ގުޅިގެން އާއިލާ ހަރުދަނާކުރާން މަސައްކަތްކުރަންޖެހޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ އާއިލާގެ ތެރޭގައި އިހްތިރާމްކުރުމާއި އަގުވަޒަންކުރުން އޮންނާން ޖެހޭ ކަމަށާއި، ބިނާކުރަނިވި ފާޑުކިއުންތަކާއި ގުޅުންތައް ގާއިމުކުރެވޭން ޖެހޭ ކަމަށެވެ. އެކަކު އަނެކާގެ އަޑުއެހުމާއި އިޙްސާސްތަކާއި ބޭނުންތައް، އިޙްތިރާމާއެކު ހިއްސާކުރުމުގެ މާހައުލެއް އުފައްދަން ޖެހޭ ކަމަށާއި، ކެތްތެރިކަމާއި ތަހައްމަލުކުރުން ކުރިއަށް ނެރޭން ޖެހޭ ކަމަށެވެ. ކެތްތެރިކަމާއި ތަޙައްމަލުކުރުމަކީ، ބިނާކުރަނިވި ގޮތެއްގައި ކޯޅުންތަކާއި މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭ ކަމެއްކަން އަމިއްލައަށް ގަބޫލުކޮށް، އާއިލީ އެހެން މެންބަރުންނަށް ސާފުކޮށްދީ ވިސްނައިދޭން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އާއިލާގެ މެންބަރުންގެ ތައުލީމާއި ކުރިއެރުމަށް ޓަކައި ރޭވުންތަކެއް ރާވައި އަމަލީ މަސައްކަތްތައް ދުރާލައި ކުރާންޖެހޭކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އާއިލާގެ ފަރާތުން ރައްކާތެރިކަމާއި، އަޅައިލުމާއި، ލޯބި ނުލިބުމުގެ ސަބަބުން އާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަހުރޫމްވެފައިވާ އެތައް އެތައް ކުޑަކުދީންނާއި، ދޮށީ އުމުރުގެ މީހުން މި ދިވެހި ފަސްގަނޑުގައިވެސް ދިރިއުޅެމުންދާ ކަމަށެވެ. ސަރުކާރުގެބެލުމުގެ ދަށުން ހިންގަމުންދާ މަރުކަޒުތަކުގައި އެބަތިބި ކަމަށާއި، މިއީ ދީނީގޮތުންނާއި އިޖްތިމާއީގޮތުން ބަލާއިރު، ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އާއިލީ ވެށްޓެއްގައި އުފާވެރިކަމާއެކު ދިރިއުޅުމަކީ ކޮންމެ ފަރުދަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެ ހައްގުން އާއިލާގެ މެންބަރަކު މަހްރޫމުކުރުމަކީ އިންސާނީ ކުރިމަގަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރާނެ ކަމެއް ކަމަށާއި، ޚާއްސަކޮށް އުމުރުން ދުވަސްވީ އާއިލީ މީހުންނާއި، ޚާއްސައެހީއަށް ބޭނުންވާ މީހުންނާއި ނަފުސާނީ މައްސަލަތައް ކުރިމަތިވެފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ އާއިލާތަކުގެ އަޅާލުމެއް ނެތި މި ފަދަ މަރުކަޒުތަކުގައި ދިރިއުޅޭން ޖެހުމަކީ އެ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރަށް ގޯސްވުމަށް މަގުފަހިވާ ކަމެއްކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން، މި ކަންކަމާ މެދު ފުންކޮށް ވިސްނައި، އާއިލީ ގުޅުން ވަރުގަދަކުރުމަށް އާއިލާގެ މެންބަރުންނަށް އާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ހައްގު ހޯއްދައިދިނުމަށް އާއިލާގެ ކޮންމެ ފަރުދަކު މަސައްކަތްކުރާން ޖެހޭ ކަމަށާއި، ޚާއްސަކޮށް ﷲ ތަނަވަސްކަން ދެއްވައިފައިވާ އާއިލީ ކޮންމެ މެންބަރަކު މި ކަމަށް އިސްނަގާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އާއިލީ ގުޅުން ދެމެހެއްޓުމަށް ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން، ގައުމީ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް