Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

7 އޮކްޓޯބަރު 2026 | ބުދަ 04:44

ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި. ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި ހިނގި މި ހާދިސާގައި ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 އޮކްޓޯބަރު 2026 | ބުދަ 04:44
ހުޅުމާލެ ފޭސް 2 ގައި ހިނގި އެކްސިޑެންޓެއް

ހުޅުމާލެ ފޭސް 2 ގައި ހިނގި އެކްސިޑެންޓެއް | ދައުރު

ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ޖުމްލަ 5 މީހަކަށް އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ހާމަކޮށްފި އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ދަންވަރު 2:55 އެހައިކަންހާއިރު އެވެ. މި އެކްސިޑެންޓުގެ މައުލޫމާތު އެ ވަގުތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނެފައިވެ އެވެ.

Advertisement - newsAdvertisement

މި އެކްސިޑެންޓުގައި އަނިޔާވި 5 މީހުންނަށް ވަނީ ސީރިއަސް އަނިޔާތައް ލިބިފަ އެވެ.

އެކްސިޑެންޓުގައި އަނިޔާވި 3 މީހަކަށް ފުރަތަމަ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަމަށް ފުލުހުން ބުނެ އެވެ. އެ 3 މީހުންނަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ. އަދި އަނިޔާވި އަނެއް ދެ މީހުން ވެސް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި އެކްސިޑެންޓުގައި ބައެއް މީހުންނަށް ބޮޑެތި އަނިޔާތައް ވަނީ ވެފަ އެވެ. ޙާދިސާ ހިނގި ސަރަޙައްދުގެ ފުޓޭޖުތައް ދައުރުވަމުންދާއިރު، މީހުން ވެއްޓިފައި ތިބި ތަނުގައި ގިނަ އަދަދަކަށް ލޭ ހުރި މަންޒަރު ފެނެ އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ 3 މީހުން އަރުވައިގެން ދުއްވި ސައިކަލެއް ބާރު ސްޕީޑުގައި ގޮސް އެހެން ސައިކަލެއްގައި ޖެހިގެންކަމަށް މައުލޫމާތު ލިބެ އެވެ. އެކަން ފުލުހުން ވެސް ވަނީ "ރާއްޖެއެމްވީ" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. 

އަދި އެކްސިޑެންޓު ހިނގީ އެ 3 މީހުން ފުލުހުންގެ ކާރަކަށް ފިލަން މަސައްކަތް ކުރުމުގެ ތެރޭގައި ވަންވޭ ފަޅާލުމަށްފަހު ނުކުތް ގަޑީގައިކަމަށް ބައެއް މަސްދަރުތަކުން ރިޕޯޓުކޮށްފައިވެ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ހުޅުމާލެ ފޭސް 2ދިވެހި ފުލުހުންގެ ޚިދުމަތްއެކްސިޑެންޓްތައް

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2026

ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ތަކުރާރުކޮށް ސައިބަރ ހަމަލާތަށް އަންނަނީ ދެމުން: ފުލުހުން

06 އޮކްޓޯބަރު 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ތަކުރާރުކޮށް ސައިބަރ ހަމަލާތަށް އަންނަނީ ދެމުން: ފުލުހުން
06 އޮކްޓޯބަރު 2026

ބާޒާރުމަތީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާއެއް ނުވޭ: ޕޮލިސް

06 އޮކްޓޯބަރު 2026
ބާޒާރުމަތީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާއެއް ނުވޭ: ޕޮލިސް
05 އޮކްޓޯބަރު 2026

ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

05 އޮކްޓޯބަރު 2026
ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ
04 އޮކްޓޯބަރު 2026

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރި ދެ ބިދޭސީން 1700ށް ވުރެ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު އަތުލައިގަނެފި

04 އޮކްޓޯބަރު 2026
މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރި ދެ ބިދޭސީން 1700ށް ވުރެ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު އަތުލައިގަނެފި
02 އޮކްޓޯބަރު 2026

ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގެ ގްރައުންޑް ފްލޯގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

02 އޮކްޓޯބަރު 2026
ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގެ ގްރައުންޑް ފްލޯގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
02 އޮކްޓޯބަރު 2026

އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް ހެދުން އަޅާ ބިދޭސީންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި

02 އޮކްޓޯބަރު 2026
އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް ހެދުން އަޅާ ބިދޭސީންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި
02 އޮކްޓޯބަރު 2026

ރަށެއްގައި ތިބޭ ފުލުހުންގެ އަދަދު މަދުވުމަކީ ޚިދުމަތުގެ ފެންވަރު ދަށްވާންޖެހޭ ސަބަބެއް ނޫން: ސީޕީ

02 އޮކްޓޯބަރު 2026
ރަށެއްގައި ތިބޭ ފުލުހުންގެ އަދަދު މަދުވުމަކީ ޚިދުމަތުގެ ފެންވަރު ދަށްވާންޖެހޭ ސަބަބެއް ނޫން: ސީޕީ
29 ސެޕްޓެމްބަރު 2026

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރެޓާއި ދުންފަތް ނައްތާލައިފި

29 ސެޕްޓެމްބަރު 2026
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރެޓާއި ދުންފަތް ނައްތާލައިފި
29 ސެޕްޓެމްބަރު 2026

އަނގޮޅިތީމުގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކޮށް މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި

29 ސެޕްޓެމްބަރު 2026
އަނގޮޅިތީމުގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކޮށް މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި
28 ސެޕްޓެމްބަރު 2026

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނޭޕާލްގެ ދެ މީހުން ހައްޔަރުކޮށްފި

28 ސެޕްޓެމްބަރު 2026
ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނޭޕާލްގެ ދެ މީހުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް