Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުރައިދޫގެ ޗީފް އޮފް ސްޓާފްގެ މަގާމަށް މުންޑޫ

މުރައިދޫގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް އައްޔަން ކުރައްވައިފި

ގާމުގެ މުސާރައާއި އިނާޔާތްތަކާ ގުޅޭ އެއްވެސް ތަފުސީލެއް ހިއްސާކޮށްފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 8 އޯގަސްޓު 2024 | ބުރާސްފަތި 18:33
މުރައިދޫގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަންކުރެއްވި ނޫސްވެރިޔާ އާދަމް ހަލީމް

މުރައިދޫގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަންކުރެއްވި ނޫސްވެރިޔާ އާދަމް ހަލީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު މުރައިދޫގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) އައްޔަން ކުރައްވައިފިއެވެ.

މި މަގާމަށް އާދަމް ހަލީމް އައްޔަންކުރެއްވިކަން ރައްޔިތުން މަޖިލީހުން ވަނީ ޔަގީންކޮށްދީފައެވެ. ނަމަވެސް މަގާމުގެ މުސާރައާއި އިނާޔާތްތަކާ ގުޅޭ އެއްވެސް ތަފުސީލެއް ހިއްސާކޮށްފައިނުވެއެވެ. އޭނާ މިމާގަމަށް އައްޔަން ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން 28 ޖުލައި 2024 ގައެވެ.

Advertisement - newsAdvertisement

އާދަމް ހަލީމްއަކީ ނޫސްވެރިކަމުގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާއަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާއިރު، އޭނާ ވަނީ އެ ދާއިރާއިން އާންމު ޚިދުމަތުގެ އިނާމާއި ރަން ގަލަން ވެސް ހާސިލުކުރައްވާފައިވެއެވެ.

ރާއްޖޭގެ ގިނަ މީޑީއާތަކެއް އެޑިޓަރެއްގެ މަގާމު އާދަމް ހަލީމް ފުރުއްވާފައިވެއެވެ. އަދި އޭނާ ވަނީ "ދަ މިރަ"ގެ ނަމުގައި އަމިއްލަ ނޫހެއް އުފައްދަވާފައެވެ.

ރައްޔިތުން މަޖިލިހުގެ ރައީސަށް ދައުލަތުން ޚާއްސަ ކޮށްފައިވާ ގެކޮޅު މުރައިދޫގެ އަށް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވުން ބަދަލުކުރައްވާފައިވަނީ 26 ޖުލައި 2024 ގައެވެ. އެގެއަށް އެމަނިކުފާނު ބަދަލުވެވަޑައިގެންނެވީ މަރާމާތުކޮށް ނިމުމުންނެވެ.

ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ބުނެ ސަރުކާރުން ދަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ބައެއް ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ސަރުކާރުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ދާ ތަމްރީން ޕްރޮގްރާމްތައް ހުއްޓުވާފައިވާއިރު، ސަރުކާރު ހިއްސާ އޮންނަ ގިނަ ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ދަނީ ވަކިކުރަމުންނެވެ. ނަމަވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުން މަދެއް ނުވެއެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
21 ފެބުރުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި
16 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު