Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމުހައްމަދު ޔޫނުސް ހުވާކުރެއްވުން

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާގެ މަގާމުގެ ހުވައި ނޮބެލް އިނާމު ހާސިލް ކުރައްވާފައިވާ މުހައްމަދު ޔޫނުސް ކުރައްވައިފި

8 އޯގަސްޓު 2024 | ބުރާސްފަތި 16:36

އުމުރުފުޅުން 84 އަހަރުގެ ޔޫނުސް އަކީ މައިކްރޯފައިނޭންސް ގެ ތަޖުރިބާކާރެކެވެ.

ރާއްޖެ އެމްވީ | 8 އޯގަސްޓު 2024 | ބުރާސްފަތި 16:36
 ނޮބެލް އިނާމު ހާސިލް ކުރައްވާފައިވާ މުހައްމަދު ޔޫނުސް

ނޮބެލް އިނާމު ހާސިލް ކުރައްވާފައިވާ މުހައްމަދު ޔޫނުސް

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާގެ މަގާމުގެ ހުވައި ނޮބެލް އިނާމު ހާސިލް ކުރައްވާފައިވާ އުމުރުފުޅުން 84 އަހަރުގެ މުހައްމަދު ޔޫނުސް ކުރައްވައިފިއެވެ.

އޭނާ މަގާމުގެ ހުވައި ކުރެއްވީ ވެރިރަށް ޑާކާ ގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަގާމުގެ ޒިންމާ އިޚްލާސްތެރި ކަމާއެކު އަދާ ކުރައްވާނެ ކަމަށާއި، ބަންގްލަދޭޝްގެ ގާނޫނު އަސާސީ ނަގަހައްޓަވާނެ ކަމަށް ޔޫނުސް ވިދާޅުވިއެވެ.

ޔޫނުސްގެ އެންމެ މުހިންމު މަސައްކަތްޕުޅަކަށް ވާނީ ބަންގްލަދޭޝް ގައި އުފެދިފައިވާ ހަމަ ނުޖެހުންތައް ހަމަޔަކަށް އެޅެއްވުމާއި އައު އިންތިޚާބަށް ވާން ޖެހޭ ތައްޔާރުތައް ވުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔޫނުސް އަށް ޗީފް އެޑްވައިޒަރ ގެ މަގާމުގެ ހުވައި ލައިދެއްވީ ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން އެވެ. ޗީފް އެޑްވައިޒަރގެ މަގާމަކީ ބޮޑުވަޒީރުގެ މަގާމާ އެއް ފެންވަރުގެ މަގާމެއް ކަމަށް ބަންގްލަދޭޝްގެ މީޑިއާ އިން ބުނެފައެވެ.

ރިޔާސީ ގަނޑުވަރުގައި ބޭއްވި ހުވައި ކުރުމުގެ ރަސްމިއްޔާތުގައި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި، ބަންގްލަދޭޝްގެ ބޮޑެތި ވިޔަފާރިވެރިންނާއި، ސިޔާސީ ޕާޓީ ތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެހެން ނަމަވެސް ރަސްމިއްޔާތުގައި އިސްތިއުފާ ދެއްވި ބޮޑު ވަޒީރު ޝޭޚް ހަސީނާގެ ޕާޓީން ބައިވެރިވެފައެއް ނުވެއެވެ.

ޔޫނުސް އެކުލަވާލައްވާ ވަގުތީ ކެބިނެޓްގައި 16 މެމްބަރުން ހިމެނެއެވެ. އޭގެ ތެރޭގައި ގިނައީ ސިވިލް ސޮސައިޓީން ހުށަހެޅި މަންދޫބުން ކަމަށް ވެއެވެ. ވަގުތީ ކެބިނެޓް ގައި ހަސީނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި ޔުނިވަރސިޓީ ދަރިވަރުންގެ ތެރެއިން ދެ ލީޑަރުންވެސް ވަނީ ހިމަނާފައެވެ.

ޔޫނުސް އިސްވެ ހުންނަވާ އެކުލަވާލާ ވަގުތީ ސަރުކާރުގެ ކެބިނެޓް ގައި ހިމެނޭ ފަރާތްތައް ކަނޑައަޅާފައިވަނީ ސްޓޭކްހޯލްޑަރުންނާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ބަންގްލަދޭޝްގެ މިސްކިތަކަށް ހަމަލާ ދިން ތިން މީހަކު މަރާލައިފި

13 އެޕްރީލު 2017
ބަންގްލަދޭޝްގެ މިސްކިތަކަށް ހަމަލާ ދިން ތިން މީހަކު މަރާލައިފި
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
07 މާރިޗު 2017

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި

07 މާރިޗު 2017
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި
25 ފެބުރުއަރީ 2017

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
18 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
09 ފެބުރުއަރީ 2017

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް