Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޒުވާން ކުޅުންތެރިންނާ މެދު ފްލިކްގެ އިތުބާރު ބޮޑު

8 އޯގަސްޓު 2024 | ބުރާސްފަތި 06:01

ސްޕެއިންގެ މީޑިއާއަކާ ވާހަކަ ދައްކަމުން ފްލިކް ބުނީ ބާސެލޯނާގައި ގިނަ ޒުވާން ކުޅުންތެރިންތަކެއް ތިބި ކަމަށާއި، އެ ކުޅުންތެރިންގެ ހުނަރު ވެސް ވަރަށް ގިނަ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޯގަސްޓު 2024 | ބުރާސްފަތި 06:01
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާގައި ތިބި ޒުވާން ކުޅުންތެރިންނާ މެދު އޭނާގެ އިތުބާރު ބޮޑު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ބާސެލޯނާގެ ކޯޗުކަމާ ފްލިކް ހަވާލުވީ މިއަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ބާސެލޯނާގެ ލެޖެންޑް، ޒަވީ ހެނާންޑޭޒް ކޯޗުކަމުގެ މަގާމުން ވަކި ކުރަން ކުލަބުން ނިންމުމުންނެވެ. ބާސެލޯނާއާ ހަވާލުވެ، ފްލިކް އަންނަނީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ފްލިކް ހަވާލުވީ ފަހުން ބާސެލޯނާ އިން ވަނީ މިހާތަނަށް ރަޙުމަތްތެރިކަމުގެ ތިން މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ބާސެލޯނާ އިން ވަނީ މެންޗެސްޓަރ ސިޓީގެ މައްޗަށް ކުރި ހޯދައިފަ އެވެ. ދެ ވަނަ މެޗުގައި ޥާދަވެރި ރެއާލް މެޑްރިޑު ބަލިކުރިއިރު، ތިން ވަނަ މެޗުގައި ވަނީ އޭސީ މިލާން އަތުން ބަލިވެފަ އެވެެ. އެ މެޗުން ބާސެލޯނާ ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

ސްޕެއިންގެ މީޑިއާއަކާ ވާހަކަ ދައްކަމުން ފްލިކް ބުނީ ބާސެލޯނާގައި ގިނަ ޒުވާން ކުޅުންތެރިންތަކެއް ތިބި ކަމަށާއި، އެ ކުޅުންތެރިންގެ ހުނަރު ވެސް ވަރަށް ގިނަ ކަމަށެވެ. ފާއިތުވި ދުވަސްތަކަށް ބަލާއިރު، ބައެއް ކުޅުންތެރިން ގިނަ ކަންކަން ރަނގަޅު ކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. ޚާއްސަކޮށް ބާސެލޯނާ އިން ބޭނުންވާ ވައްޓަފާޅި އަށް ކުޅުންތެރިން ހޭނެމުން އަންނަކަން ވެސް އޭނާ ފާހަގަ ކުރި އެވެ.

ބާސެލޯނާ އިން ޕޮޒިޓިވް ގިނަ ކަންތައްތަކެއް ފެންނަ ކަމަށާއި، އޭނާގެ ޚިޔާލަށް ޓީމު ފައްތަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފްލިކް ބުންޏެވެ. ފްލިކް ބޭނުން ވަނީ ބާސެލޯނާގެ ކުޅުންތެރިން މެޗު ފެށުނީއްސުރެ، އެންމެ ފަހު ވަގުތާ ހަމަ އަށް ވެސް ގަދަ އަޅާ މަސައްކަތްކޮށް، ނަތީޖާ ނެރުމެވެ. އެމަގުން ކުރިއަށް ގޮސްފި ނަމަ، ބާސެލޯނާ އަށް އެންމެ ފުރިހަމަ ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން ވެސް ފްލިކް އަށް އޮވެ އެވެ.

ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ދެން ކުޅޭނީ ޖޯން ގެމްބާ ޓްރޮފީ މެޗެވެ. އޯގަސްޓު މަހުގެ 12 ވަނަ ދުވަހު އެ މެޗުގައި ބާސެލޯނާ ނިކުންނާނީ މޮނާކޯއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
19 މާރިޗު 2017

ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

19 މާރިޗު 2017
ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި
17 މާރިޗު 2017

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ
17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް