Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަނިއްޔާ އަވަހާރަކޮށްލުން

ހަމާސްގެ ވެރިޔާ ހަނިއްޔާ އަވަހާރަކޮށްލުމުގެ ފުރިހަމަ ޒިންމާ އިޒްރޭލުން އުފުލަން ޖެހޭނެ: އޯއައިސީ

އީރާނުން އިޒްރޭލަށް ހަމަލާ ދިނުން ނޫން އިތުރު ގޮތެއް ނެތް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

ރާއްޖެ އެމްވީ | 8 އޯގަސްޓު 2024 | ބުރާސްފަތި 03:44
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމުގައި އީރާންގެ އެކްޓިން ޚާރިޖީ ވަޒީރު އަލީ ބަގޭރީ

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމުގައި އީރާންގެ އެކްޓިން ޚާރިޖީ ވަޒީރު އަލީ ބަގޭރީ

ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ފުރިހަމަ ޒިންމާ އިޒްރޭލުން އުފުލަން ޖެހޭނެ ކަމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބުނެފިއެވެ.

ބުދަ ދުވަހު ބޭއްވި އޯއައިސީގެ ޚާއްސަ ބައްދަލުވުމުގައި 57 މެމްބަރުގެ ގައުމުގެ މައްޗަށް އެކުލެވޭ މި ޖަމްއިއްޔާ އިން ނެރުނު ބަޔާނުގައި ހަނިއްޔާ އަވަހާރަކޮށްލަން އިޒްރޭލުން ދިން ނުރައްކާތެރި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.

ބައްދަލުވުމުގައި ސައުދީ އަރަބިއްޔާ އިން ބުނެފައިވަނީ އެ ހަމަލާގެ ފުރިހަމަ ޒިންމާ އިޒްރޭލުން އުފުލަން ޖެހޭނެ ކަމަށާއި އަދި އެ ދިން ހަމަލާ އަކީ އީރާނުގެ މިނިވަން ކަމާއި އިސްތިގްލާލަށް އަރައިގަތުން ކަމުގައެވެ.

އޯއައިސީގެ މިދައުރުގެ ރިޔާސަތު ބަލަހައްޓަވާ ގެމްބިއާގެ ޚާރިޖީ ވަޒީރު މަމާދޫ ތަންގާރާ ވިދާޅުވީ ހަނިއްޔާ އަވަހާރަ ކޮށްލަން ދިން ނުބައި ހަމަލާ އާއި ގާޒާ ގައި ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ހަމަ ނުޖެހުމެއް އުފެދިދާނެ ކަމުގައެވެ.

ގެމްބިއާގެ ޚާރިޖީ ވަޒީރުވެސް ވިދާޅުވީ އީރާނުގެ ފަސްގަނޑުގައި ހުންނަވަނިކޮށް ހަނިއްޔާ އަވަހާރަކޮށްލަން ދިން ހަމަލާ އަކީ އީރާނުގެ އިސްތިގްލާލާއި މިނިވަންކަމަށް އަރައިތުން ކަމުގައެވެ.

ދުނިޔޭގެ މުސްލިމުންގެ އަޑުގެ ގޮތުގައި ބެލޭ އޯއައިސީގެ މި ބައްދަލުވުމަކީ އީރާން އާއި ފަލަސްތީނުގެ ގޮވާލުމަކަށް ބޭއްވުނު ކުށްލި ޚާއްސަ ބައްދަލުވުމެކެވެ. ބައްދަލުވުން ބޭއްވީ ސައުދީ އަރަބިއްޔާގެ ޖިއްދާގައެވެ.

ބައްދަލުވުމުގެ މެހްމާންދާރީ އަދާކުރި ސައުދީ އަރަބިއްޔާގެ ޚާރިޖިއްޔާގެ ނައިބު ވަލީދު އަލް-ޚަރާޖީ ވިދާޅުވީ އެހެން ގައުމުތަކުގެ އިސްތިގްލާލަށް އަރައިގަތުމާއި ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހުމަކީ ސައުދީ އަރަބިއްޔާ އިން ތާއީދު ކުރާނެ ކަންކަމެއް ނޫން ކަމަށެވެ.

ހުސްވި ހަފްތާގައި ހަނިއްޔާ އަވަހާރަ ކޮށްލީ އީރާނުގައި އޭނާ ހުންނަވަނިކޮށް އޭނާ ހުންނެވި ގެސްޓް ހައުސް އަށް ދިން ހަމަލާއެއްގައެވެ. މި ހަމަލާގެ ޒިންމާ އީރާނުންނާއި ހަމާސް އިން އަޅުވާފައިވަނީ އިޒްރޭލުގެ ބޮލުގައެވެ. މި ހަމަލާ ދިން ކަމަކަށްވެސް ނުވަތަ ނުދޭ ކަމަކަށްވެސް އިޒްރޭލުން މިހާތަނަށް ބުނެފައެއް ނުވެއެވެ.

އީރާނުން ބުނެފައިވަނީ މި ހަމަލާގެ ބަދަލު ހިފުމަށް ހަރުކަށި އަދަބު އިޒްރޭލަށް ދޭނެ ކަމަށެވެ. އެކަމާ ގުޅިގެން އެމެރިކާ އިން ނާއި ހުޅަނގުގެ ގައުމުތަކުން ސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދޭން އީރާނަށް ވަނީ ގޮވާލާފައެވެ.

ހަނިއްޔާ އަވަހާރަ ކޮށްލުމަށް ދިން ހަމަލާގެ ސަބަބުން އީރާން އާއި އިޒްރޭލާ ދެމެދު ހަނގުރާމަ އެއް ފެށި ސަރަހައްދުގެ ހަމަ ނުޖެހުން އިތުރުވެދާނެ ކަމަށް ބުނެ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ކަންބޮޑުވުން ފާޅު ކޮށްފައި ވާއިރު، ފަލަސްތީނުގެ ހަމަ ނުޖެހުންތަކަށް ސުލްހަ ގެނެވޭތޯ ކުރެވެމުންދާ މަސައްކަތުގައި ހަމާސްގެ ފަރާތުން އިސްކޮށް މަސައްކަތް ކުރެއްވި އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުން އެމެރިކާ އަކުން ވެސް ހުޅަނގުގެ ގައުމަކުންވެސް މިހާތަނަށް އެކަން ކުށްވެރި ކޮށްފައެއް ނުވެއެވެ.

އޯއައިސީގެ ޚާއްސަ ބައްދަލުވުމުގައި އީރާން ތަމްސީލް ކުރެއްވި އެ ގައުމުގެ ޚާރިޖީ ވަޒީރު އަލީ ބަގޭރީ ވިދާޅުވީ، ސަރަހައްދުގެ ހަމަ ނުޖެހުން އިތުރަށް ފުޅާވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އީރާނުން މިހާތަނަށް ކޮށްފައިވާނެ ކަމަށާއި އެހެން ނަމަވެސް އިޒްރޭލުގެ އިތުރު ހަމަލާތައް ހުއްޓުވުމަށް އީރާނުން އިޒްރޭލަށް ހަމަލާ ދިނުން ނޫން އިތުރު ގޮތެއް ނެތް ކަމުގައެވެ.

އީރާނުން ފާހަގަ ކޮށްފައިވާ ގޮތުގައި އިޒްރޭލުން ކިތަންމެ ބޮޑު ޖަރީމާ އެއް ހިންގި ނަމަވެސް އދ ގެ ސެކިއުރިޓީ ކައުންސިލުން އެކަމާ ގުޅިގެން އިޒްރޭލާ ދެކޮޅަށް އަޅާނެ ފިޔަވަޅެއް ނޯންނަ ކަމަށާއި އެހެން ކަމުން އިޒްރޭލް އާ ދެކޮޅަށް އީރާނަށް ފިޔަވަޅު އެޅުން ނޫން އެހެން ގޮތެއް ނެތް ކަމަށެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ޕެނަމާގެ ކުރީގެ ވެރިޔާ މެނުއެލް ނޮރިއެގާ އަވަހާރަވެއްޖެ

30 މެއި 2017
ޕެނަމާގެ ކުރީގެ ވެރިޔާ މެނުއެލް ނޮރިއެގާ އަވަހާރަވެއްޖެ
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
18 މެއި 2017

ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ

18 މެއި 2017
ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ
08 މެއި 2017

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ގެ އިސްވެރިޔާ އަބްދުލް ހާސިބް މަރާލައިފި

08 މެއި 2017
އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ގެ އިސްވެރިޔާ އަބްދުލް ހާސިބް މަރާލައިފި
24 އެޕްރީލު 2017

އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު