Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލިސް ކުރެހި މީހަކު ޖޫރިމަނާކޮށްފި

13 އޯގަސްޓު 2017 | އާދީއްތަ 11:10

ޝަރީއަތުގެ ނިޒާމާ ޚިލާފު ކަމެއް ކަމަށް ބުނެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 13 އޯގަސްޓު 2017 | އާދީއްތަ 11:10
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ އަޑުއެހުމެއްގައި އިނދެން ފަނޑިޔާރުންގެ ބެންޗުގެ ސްކެޗެއް ކުރެހި މީހަކު ޖޫރިމަނާ ކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ހެނދުނު ސުޕްރީމް ކޯޓުގައި ބޭއްވި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ އަޑުއެހުމަށް ވަން، ފުނަމާ އާދަމް މަނިކު ފަނޑިޔާރުންގެ ބެންޗު ކުރަހަމުން ދަނިކޮށް ކޯޓް އޮފިޝަލުން ވަނީ އޭނާގެ އަތުން ކަރުދާސްގަނޑާއި ފަންސުރު އަތުލާފަ އެވެ.

Advertisement - newsAdvertisement

އަޑުއެހުން ނިމުމުން ކޯޓް އޮފިޝަލުން ވަނީ އޭނާ ހުއްޓުވައި 2500 ރުފިޔާ އިން ޖޫރިމަނާ ކުރިކަމުގެ ޗިޓް ހަވާލުކޮށްފަ އެވެ.

އޭނާ ކުރެހި ކުރެހުމުގައި ވަނީ ޝަރުއީ ދާއިރާގެ ލޯގޯއާއި، ފަސް ފަނޑިޔާރުންނާއި، ފަނޑިޔާރުންގެ ބެންޗުގެ ފަހަތުގައި ލިޔެފައިވާ ނިސާ ސޫރަތުގެ 58 ވަނަ އާޔަތުގެ ބައެކެވެ. އެ އާޔަތުގައި ވަނީ "މީސްތަކުން މެދުގައި ތިޔަބައި މީހުން ހުކުމް ކުރާނަމަ އަދުލަށް ހުކުމް ކުރުމަށް ވެސް އަމުރު ކުރައްވަތެވެ." މިފަދައިންނެވެ.

ސްކެޗް ކުރެހުމާ ގުޅިގެން އޭނާ ޖޫރިމަނާ ކޮށްފައިވަނީ އެއީ ޝަރީއަތުގެ ނިޒާމާ ޚިލާފު ކަމެއް ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އޭނާ ޖޫރިމަނާ ކޮށްފައިވަނީ ކޯޓުތަކާ ބެހޭ ގާނޫނުގެ 76 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ. ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނަނީ ޝަރީއަތުގެ މަޖިލިސް ހިނގަމުން ދަނިކޮށް ކޯޓުގެ އިޒުނަ ނެތި ޝަރީއަތުގެ މަޖިލީހުން ނިކުމެ ނުވަތަ މަޖިލީހުގެ ނިޒާމާ ހިލާފު އަމަލެއް މީހަކު ހިންގައިފި ނަމަ ނުވަތަ ޝަރީއަތުގެ މަޖިލީހުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވެއްޖެ ނަމަ އެކަމުގެ ކުޑަބޮޑު މިނަށް ބަލައި ވަގުތުން އަދަބު ކަނޑައެޅޭނެ ކަމަށެވެ. އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން 10،000 ރުފިޔާ އިން ޖޫރިމަނާ ކުރުން ނުވަތަ 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ އެއް މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.

މީގެ ކުރިން 2013 ވަނަ އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލިސް ކުރެހި ގާނޫނީ ވަކީލަކު 5000 ރުފިޔާ އިން ވެސް ޖުރިމަނާ ކޮށްފައިވެއެވެ.

ޝަރީއަތުގެ މަޖިލިސް ސްކެޗް ކުރުން ރާއްޖޭގައި މަނާކޮށްފައިވާއިރު، ކޯޓުތަކުގެ ޝަރީއަތުގެ މަޖިލިސްތައް ސްކެޗް ކުރުމަކީ ތަހުޒީބީ ބައެއް ގައުމުތަކުގައި ހުއްދަ ކަމެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް