Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަރުވެފައިވާ މީހެއްގެ ޝަރީއަތް

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

ސުއައިދު ސީރިއާ ހަނގުރާމަ އަށް ދިޔަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 2 ފެބުރުއަރީ 2017 | ބުރާސްފަތި 17:01
ފުލުހުން އާންމު ކުރި ވީޑިއޯގެ ސްކްރީންޝޮޓެއް: ރިލްވާނަށް ސުއައިދު ފާރަލަނި

ފުލުހުން އާންމު ކުރި ވީޑިއޯގެ ސްކްރީންޝޮޓެއް: ރިލްވާނަށް ސުއައިދު ފާރަލަނި

ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަށް ފާރަލުމުގައި އިސްކޮށް ހަރަކާތްތެރިވި މީހެއް ކަމަށް ފުލުހުން ބުނާ ސ. ހުޅުދޫ، އަތިރީއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ހިންގާ ޝަރީއަތެއްގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި އެވެ.

ސުއައިދުގެ މައްޗަށް އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރި މީހަކަށް ހަމަލާދިނުމުގެ ކުށުގެ ދައުވާ އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައި އޮތީ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އަށެވެ. ނަމަވެސް، ސުއައިދު ހާޒިރުވެފައިނުވާތީ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

Advertisement - newsAdvertisement

ސުއައިދުގެ މައްޗަށް އެ ދައުވާ ކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ.

ސުއައިދުގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ބާއްވަން މަސައްކަތް ކޮށްފައިވާއިރު، ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި އޭނާ މަރުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް ދެ ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހް ވިދާޅުވީ، ރިލްވާނަށް ފާރަލުމުގައި އިސްކޮށް ހަރަކާތްތެރިވީ ސުއައިދު ކަމަށެވެ. އަދި ތަހުގީގަށް ކުރިން އޭނާ ހައްޔަރު ވެސް ކުރި ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އޭގެ ފަހުން ކޯޓުން ސުއައިދު ދޫކޮށްލާފައިވާ ކަމަށާއި، އަދި އޭނާ މިހާރު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ޝަތީހު ވިދާޅުވެފައިވެ އެވެ. އަދި އޭނާ ދުނިޔޭގައި ހުރި ކަމެއް އަދި ނެތް ކަމެއް ވެސް ޔަގީންނުވާ ކަމަށް ޝަތީހު ވިދާޅުވެފައިވެ އެވެ.

ފުލުހުން އާންމުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި، ރިލްވާނުގެ ފަހަތުން މާލޭގެ އެކި މަގުތަކުގައި ސުއައިދު ދުއްވާފައިވެ އެވެ. އަދި ރިލްވާނަށް ފާރަލަމުން ހުޅުމާލޭ ޓާމިނަލަށް ވެސް ސުއައިދު ގޮސްފައިވާއިރު، އެއީ އެންމެ ފަހުން ރިލްވާނު ފެނުނު ސަރަހައްދެވެ.

ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރިލްވާނު ވަގަށް ނަގައިގެން އަރުވާފައިވަނީ ރަތް ކާރަކަށެވެ. އަދި އެ ކާރުން ފެނުނު އިސްތަށިތައް ރިލްވާނުގެ މަންމަގެ އެމްޓީ ޑީއެންއޭ ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ރިލްވާނު ވަގަށް ނެގިތާ ދެ އަަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެކަމުގައި ބައިވެރިވި ކަމަށް ފުލުހުން ބުނާ ގިނަ މީހުން މިހާރު ވަނީ ރާއްޖެ ދޫކޮށް ގޮސްފަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބަންދުގައި އެއްވެސް މީހަކު މިހާރު ނެތެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލްގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްތި ދުވަހު!

12 އެޕްރީލު 2017
ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލްގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްތި ދުވަހު!
10 އެޕްރީލު 2017

ޝުމްބާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި

10 އެޕްރީލު 2017
ޝުމްބާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި
09 އެޕްރީލު 2017

ރައީސް ނަޝީދުގެ ޝަރީއަތުގެ އަޑުއެހުމެއް އަނެއްކާވެސް ތާވަލުކޮށްފި

09 އެޕްރީލު 2017
ރައީސް ނަޝީދުގެ ޝަރީއަތުގެ އަޑުއެހުމެއް އަނެއްކާވެސް ތާވަލުކޮށްފި
19 މާރިޗު 2017

ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

19 މާރިޗު 2017
ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި
26 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު