Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ އިޤްތިޞާދު

ސަރުކާރަށް މިއުޒިކަލް ޗެއަރ ކުޅެގެން އިޤްތިޞާދު ހިފެހެއްޓޭނީ ކިހާދުވަހަކުތޯ؟ - ކުރީގެ ރައީސް ޔާމީން

100 އެތައް ރަށެއްގައި މަޝްރޫޢު ހިނގާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ޤަބޫލު ނުކުރެވޭ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 އޯގަސްޓު 2024 | ހޯމަ 19:59
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ސަރުކާރަށް މިއުޒިކަލް ޗެއަރ ކުޅެގެން އިޤްތިޞާދު ހިފެހެއްޓޭނީ ކިހާދުވަހަކުތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ސުވާލު އުފައްދަވައިފިއެވެ.

ހޯމަ ދުވަހު ޕީއެންއެފް އިން ބޭއްވި ޖަލްސާގައި އޯޑިއަންސްގައި އިންނަވާ ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

Advertisement - newsAdvertisement

އެގޮތުން ޚަރަދު ކުޑަކުރުމުން އެކަނި ރާއްޖޭގެ އިގްތިސާދު ރަނގަޅު ނުވާނެ ކަމަށާއި ރާއްޖެ އަށް ބޭރުގެ ފައިސާ ހޯދަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަށް ބޭރުގެ ކަމާއި ގުޅުން ހުރި ފަރާތްތަކުގެ ލަފާ ހޯދިދާނެ ކަަމަށް ވެސް ކުރީގެ ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ވަރަށް ބޮޑަށް އިޤްތިޞާދު ހީނަރުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު 100 އެތައް ރަށެއްގައި މަޝްރޫޢުތައް ހިނގާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއީ ޤަބޫލު ކުރަން އުނދަނގޫ ވާހަކައެއް ކަމަށް ޔާމިން ވިދާޅުވިއެވެ. މި ސަރުކާރުގެ ވަޒީރުން މަޖިލީހުގައި ބަޖެޓު މިހާރު މިންވަރަކީ މޮބިލޭޒައިޝަން ކޮސްޓް ކަވަރކުރުމަށް ވެސް ނުފުދޭ މިންވަރެއް ކަަމަށް ބުނެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަޝްރޫޢުތައް ފެށުމަށް އިތުރަށް 7000 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވަޒީރުން ވިދާޅުވާ ކަމަށާއި އެ ވާހަކަ އާއި ރައީސްގެ ވާހަކަ އާއި ދިމާ ނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ނަމަވެސް ތަންތަން މަރާމާތުކުރުމުގެ ކަންކަން ހިނގާފާނެ ކަމަށާއި ސަރުކާރުގެ ނަޒަރުގައި ނަންބޯޑު ބަދަލުވުމަކީ ވެސް މަޝްރޫޢުތައް ކަމަށް ބަލަނީތޯ ކުރީގެ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ. މީގެ އިތުރުން އެމްޓީސީސީ އިން ފަށަން އޮތް 17 މަޝްރޫޢު ވެސް ފައިސާ ނެތް ކަމަށް ބުނެ ހުއްޓުވާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިޔާސީ ގޮތުން މީހުންނަށް ވަޒީފާ ލިބިގެން ލިބޭ އުފާވެރިކަމަށް ވުރެ ރަށްރަށުގެ ހާލަތު ގޯސްވުމުން ލިބޭ މާޔޫސްކަން މާ ބޮޑު ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ ރާއްޖެ އިޤްތިޞާދީ ގޮތުން ކުރިއެރުވުމަށް ކުރާނެ ކަމަށް ސަރުކާރުން ބުނާ ބައެއް ވާހަކަތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ތިލަމާލެ ބްރިޖްގެ މަސައްކަތާއި، ރަސްމާލެ ޓަނެލްގެ ވާހަކަ ސަރުކާރުން ފާހަގަކުރާ އިރު އެކަންކަމުގައި ބުރަދަނެއް ނެތް ކަމަށް އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

ސައުދީއަރަބިޔާގައި ލީނިއަރ ސިޓީ އެއް ޤާއިމްކޮށްފައިވާ ކަމަށާއި ސައުދީއަރަބިޔާ އަކީ ފަތުރުވެރިކަމުގައި ރާއްޖެ އާއި ވާދަކުރާ މަންޒިލެއް ކަމަށް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ރަސްމާލެ ޓަނެލް ވެގެން ދާނީ އެތަނާއި ވާދަކުރާ ތަނަކަށްތޯ ސުވާލުކުރައްވާ، ސަމާސާ މޭރުމަކުން ވާހަކަދައްކަވާފައެވެ.

މީގެ އިތުރުން ތިލަމާލެ ބްރިޖް އެކްސްޓެންޑް ކުރަނީ ކެރެޓްކޮޅަކާއި މިރުސްކޮޅެއް ގެންނަން ކަމަށް ރައީސް މުއިއްޒުގެ ވާހަކަފުޅުން ދޭހަވާ ކަމަށާއި އެ މޭރުމުން ބަލާއިރު މިރުހެއްގެ ބަރުދަން ރަނަށް ވުރެ އަގުބޮޑުވާނެ ކަމަށް ޔާމީން ވަނީ ސަމާސާ ގޮތެއްގައި ވިދާޅުވެފައެވެ. "މިސާލަކަށް ރާއްޖޭގައި ފީވަށް މިއީ ތަރުކާރީ އާއި މޭވާ ގެންނަ ތަނެއް. އެހެންވީމަ ފީވަކުން ވެސް ބްރިޖެއް އަންނަން ވާނެތާ؟" މިފަދައިން ވިދާޅުވެ ކުރީގެ ރައީސް ޔާމީން ވަނީ އެ ސިޔާސަތުތަކުން ވާ އިޤްތިޞާދީ ފައިސާ އާއި މެދު ސުވާލު އުފައްދަވާފައެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ

25 މާރިޗު 2017
ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ
24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
23 މާރިޗު 2017

ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު

23 މާރިޗު 2017
ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު
20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު