Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑްކަޕް

ސައޫދީ ވޯލްޑްކަޕް ބިޑަށް 140 ގައުމަކުން ތާއީދު ކުރަނީ

4 އޯގަސްޓު 2024 | އާދީއްތަ 13:08

މިއީ ވޯލްޑްކަޕުގެ ތާރީހުގައި މިހާ ގިނަ އަދަދެއްގެ ގައުމުތަކުން އެއް ބިޑަކަށް ތާއީދު ކުރަން ނިންމި ފުރަތަމަ ފަހަރު ވެސްމެ އެވެ.

ރާއްޖެ އެމްވީ | 4 އޯގަސްޓު 2024 | އާދީއްތަ 13:08
ސައޫދީ ވޯލްޑްކަޕް ބިޑްގެ އިސްތިހާރެއް

ސައޫދީ ވޯލްޑްކަޕް ބިޑްގެ އިސްތިހާރެއް

ވޯލްޑްކަޕް 2034 ގައި ބޭއްވުމަށް ސައޫދީ އަރަބިއާއިން ކުރި ބިޑަށް ދުނިޔޭގެ 140 ގައުމަކުން ތާއީދު ކުރާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

ސައޫދީ އަރަބިއާ އަކީ ވޯލްޑްކަޕް 2034 ވަނަ އަހަރު ބޭއްވުމަށް ރަސްމީކޮށް ހުޅުވާލުމުން ބިޑްކުރި ހަމައެކަނި ގައުމެވެ. ދުނިޔޭގެ މީޑިޔާތަކުން ބުނަނީ އެހެން ގައުމުތަކުން ކުރިމަތިނުލީ ސައޫދީގެ މުއްސަނދިކަމުގެ ކުރިމަތީގައި ވާދަނުކުރެވޭނެ ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ. އަދި މިއީ ވޯލްޑްކަޕުގެ ތާރީހުގައި މިހާ ގިނަ އަދަދެއްގެ ގައުމުތަކުން އެއް ބިޑަކަށް ތާއީދު ކުރަން ނިންމި ފުރަތަމަ ފަހަރު ވެސްމެ އެވެ.

ސައޫދީ އަރަބިއާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޔާސިރު އަލް މިޝޭލް ވިދާޅުވީ 48 ގައުމު ބައިވެރިގެން ދުނިޔޭގެ އެންމެ ގައުމަކުން ބާއްވާ އެންމެ ފުރިހަމަ މުބާރާތް ބާއްވާނީ އެ ގައުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ސައޫދީ އަރަބިއާގެ ވިޝަން 2030 އަކީ ވޯލްޑްކަޕަށް ވަރަށް މުހިންމު ޕްރޮޖެކްޓަކަށްވާނެ ކަމަށާއި ސައޫދީގެ މުޅި ސަރުކާރު އޮތީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު މުބާރާތަށް އެންމެ ފުރިހަމަ އަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ކަމަށެވެ. އޭނާ އަދި ވިދާޅުވީ މި މުބާރާތަށް ތައްޔާރުވާން ފަށައިގަތުމާއެކު ސައޫދީގައި އެތައް ހާސް ވަޒީފާއެއް އިތުރުވެގެންދާނެ ކަމަށާއި މިއީ އަވައްޓެރިންނާއި ދުރުތިބީންނަށް ވެސް ލިބޭ ރަނުގެ ފުރުސަތަކަށްވާނެ ކަމަށެވެ.

އަދި 2034 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ވާދަކުރާނެ މޮޅު ގައުމީ ޓީމެއް އުފެއްދުމަކީ ވެސް ބޮޑު އަމާޒެއް ކަމަށާއި އެކަމަށްޓަކައި މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ. މި ގޮތުން އިޓަލީ އާއި ސްޕޭނުުގެ ކުލަބުތަކުގެ ސުޕަކަޕް ބޭއްވުމުގެ އިތުރަށް ޔޫރަޕުގެ ފުޓްބޯޅައިގެ ހަރަކާތްތައް އިތުރުކުރަން މިހާރު ވިސްނާފައިވާ ކަމަށެވެ.

ސައޫދީން ވަނީ ވޯލްޑްކަޕަށް 11 ސްޓޭޑިއަމް ތައްޔާރު ކުރަން ނިންމައިފަ އެވެ.

އިތުރަށް ކިޔާލަން

27 ޖޫން 2017

ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުގައި ޤަތަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

27 ޖޫން 2017
ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުގައި ޤަތަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
12 ޖޫން 2017

20 އަހަރުން ދަށުގެ ވޯލްޑްކަޕް: 51 އަހަރު ފަހުން އިންގްލޭންޑަށް ބޮޑު ތަށްޓެއް

12 ޖޫން 2017
20 އަހަރުން ދަށުގެ ވޯލްޑްކަޕް: 51 އަހަރު ފަހުން އިންގްލޭންޑަށް ބޮޑު ތަށްޓެއް
26 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް