Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޤަތަރު 2022

ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުގައި ޤަތަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ޤަތަރުން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ހެކިދޭ ލިއުންތަކެއް ޖަރުމަނުގެ ބިލްޑް ނޫހުން ވަނީ އާންމު ކޮށްފައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 27 ޖޫން 2017 | އަންގާރަ 14:36
ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ

ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ

2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑްކަޕް މުބާރާތް ބާއްވަން ޤަތަރުން ބިޑް ކާމިޔާބުކުރުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ހެކިދޭ ލިއުންތަކެއް އާންމުވެއްޖެއެވެ.

ޖަރުމަނު ވިލާތުގެ "ބިލްޑް" ނޫހުން އާންމުކޮށްފައިވާ ހަބަރެއްގައި ވާގޮތުން، ޤަތަރުން ބިޑް ކާމިޔާބުކުރުމުގައި އެގައުމުން ވަނީ ވަރަށް ބޮޑަށް ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައެވެ. އެގޮތުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ ބިޑް ކޮމިޓީގެ އޮފިޝަލެއްގެ ދަރިއަކަށް ޤަތަރުން 2 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ހެކިދޭ ލިއުންތަކެއްވެސް ބިލްޑް އިން ވަނީ އާންމު ކޮށްފައެވެ. އަދި ބިޑް ކާމިޔާބުކުރާ ގައުމު އިއުލާން ކުރުމުގެ ކުރިން ފީފާގެ އޭރުގެ އެކްސްކޯގެ މެމްބަރުންތަކެއް، ޤަތަރުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ޕްރައިވެޓް ޖެޓެއްގައި ބްރެޒިލަށް ދަތުރުކޮށްފައިވާ ކަމަށް ހެކިދޭ ލިއުންތަކެއްވެސް ބިލްޑް އިން ވަނީ އާންމު ކޮށްފައެވެ.

މި ލިއުންތަކަކީ ފީފާގެ ކުރީގެ "އިންޑިޕެންޑެންޓް އެތިކްސް އިންވެސްޓިގޭޓާ" މައިކަލް ގާސިއާ، 2014 ވަނަ އަހަރު ތައްޔާރުކޮށްފައިވާ، 430 ސަފްހާގެ މައްޗަށް އެކުލެވޭ ބޮޑު ތަހުގީގީ ރިޕޯޓެއްގައިވާ ލިއުންތަކެއް ކަމަށްވެސް ބިލްޑް އިން ވަނީ ބުނެފައެވެ. އަދި މިއީ މިހާތަނަށް ދުނިޔޭގައި ތައްޔާރުކުރެވިފައިވާ، ކުޅިވަރާއި ބެހޭ މިފަދަ އެންމެ ބޮޑު އެއް ތަހުގީގީ ރިޕޯޓް ކަމަށްވެސް ބިލްޑް އިން ވަނީ ބުނެފައެވެ.

2022 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ބިޑް ޤަތަރުން ކާމިޔާބުކޮށްފައިވަނީ އުސޫލުތަކާއި ޚިލާފަށް ކަމަށް ބުނެ މީގެ ކުރިން ފީފާ އިންވެސް ވަނީ ރިޕޯޓެއް ނެރެފައެވެ. ރިޕޯޓަތަށް ބުނާގޮތުން ފީފާއިން ވަނީ މި މައްސަލަ ބަލައި ތަހުގީގު ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށްފަހު، ތަހުގީގުން ހާމަވި ކަންކަން ހާމަކޮށް، މި ހަފްތާގައި ރިޕޯޓެއް ނެރުމަށް އެ އެ ކޮމިޓީއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޤަތަރުން 2022 ވަނަ އަހަރު އެގައުމުގައި ވޯލްޑްކަޕް ބޭއްވުމުގެ ތައްޔާރީތަށް ވަމުންދާއިރު މީގެ ކުރިން އެކި ފަހަރުމަތިން ޤަތަރުން އުސޫލުތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ވަނީ ހަބަރު ފެތުރިފައެވެ. އެގޮތުން އެގައުމުގައި ވޯލްޑް ކަޕަށް އަޅަމުންދާ ސްޑޭޑިއަމްތަށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ލޭބަރުންނާއި ދޭތެރޭގައި އިންސާނިއްޔަތާއި ހިލާފަށް އަމަލު ކުރާކަމަށްވެސް މީގެ ކުރިން ވަނީ އަޑު ފެތުރިފައެވެ.

2022 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވާ ގައުމަކީ ޤަތަރު ކަމަށް ފީފާއިން އިއުލާން ކޮށްފައިވަނީ 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮރާޓާ ހޯދުމަށް ޔުނައިޓެޑުން ކުރި ބިޑް 60 މިލިއަން ޕައުންޑަށް ބޮޑުކޮށްފި

މޮރާޓާ ހޯދުމަށް ޔުނައިޓެޑުން ކުރި ބިޑް 60 މިލިއަން ޕައުންޑަށް ބޮޑުކޮށްފި

08 ޖޫން 2017
މޮރާޓާ ހޯދުމަށް ޔުނައިޓެޑުން ހުށައެޅި ބިޑް ރެއާލްއިން ރިޖެކްޓް ކޮށްފި

މޮރާޓާ ހޯދުމަށް ޔުނައިޓެޑުން ހުށައެޅި ބިޑް ރެއާލްއިން ރިޖެކްޓް ކޮށްފި

07 ޖޫން 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު