Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހީނާ ނޫސްވެރިންނަށް ފިއްލެވުން

މައުލޫމާތު ހާމަކުރުމުގެ ސިޔާސަތުގެ ދަށުން ހީނާ ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވާތާ 2 މަހަށް ވުރެ ގިނަ ދުވަސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމަށް ނުވަތަ ތަރުޖަމާނަކަށް ހީނާ ވަލީދު އައްޔަން ކުރައްވާފައިވަނީ 23 އޭޕްރީލް 2024 ވަނަ ދުވަހުއެވެ. އެއީ ވެސް އެ މަގާމު ހުސްކޮށް އޮންނަތާ 4 މަހަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އެންމެފަހުން ތަރުޖަމާން ހީނާ ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ 29 މެއި 2024 ގައެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 އޯގަސްޓު 2024 | ހޮނިހިރު 14:12
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމަށް ނުވަތަ ތަރުޖަމާނަކަށް ހީނާ ވަލީދު އައްޔަން ކުރައްވާފައިވަނީ 23 އޭޕްރީލް 2024 ވަނަ ދުވަހުއެވެ. އެއީ ވެސް އެ މަގާމު ހުސްކޮށް އޮންނަތާ 4 މަހަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. ތަރުޖަމާނެއް އައްޔަން ކުރެއްވީ ނޫސްވެރިން ކުރާ ސުވާލުތަކާ މީޑީއާތަކުން ބޭނުންވާ މައުލޫމާތު ހާމަ ކޮށްދިނުމަށެވެ. ނަމަވެސް މިސަރުކާރުގެ ތަރުޖަމާން ހިނާ ފެނިގެންދަނީ ނޫސްވެރިންނާ މީޑިއާތަކާ ދުރު ބޭކަނބެލެއްގެ ގޮތުގައެވެ.

މައުލޫމާތު ހާމަކުރުމުގެ ސިޔާސަތާއެކު ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނު ވެސް އަދި ތަރުޖަމާނު ވެސް ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ ވަރަށް ގިނަ ދުވަސް ވަނީ ވެފައެވެ. އެންމެފަހުން ތަރުޖަމާން ހީނާ ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ 29 މެއި 2024 ގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު 5 ޑިސެންބަރު 2023 ގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު، ނޫސްވެރިންނާ ބައްދަލުނުކުރައްވާތީ މައުލޫމާތު ހާމަކުރުމުގެ ސިޔާސަތަށް ބަދަލުތަކެއް އައިތޯ ނޫސްވެރިން ސުވާލުކޮށްފައިވެއެވެ. އެދުވަހު ވެސް ތަކުރާރުކޮށް ތަރުޖަމާން ހީނާ ވިދާޅުވީ މި ސަރުކާރުން މައުލޫމާތު ހާމަކުރުމާ ދެކޮޅު އެންގުމެއް ނާންގާނެ ކަމަށާއި ސިޔާސަތަކީ ވީހާ ވެސް ބޮޑަށް މައުލޫމާތު ހާމަކުރުން ކަމަށެވެ. ނަމަވެސް އޭގެފަހުން ހީނާ ވެސް ނޫސްވެރިންނާ ބައްދަލުކުރައްވާފައިނުވެއެވެ.

މީގެ އިތުރުން ތަރުޖަމާން ހީނާއަށް ސުވާލު ވަޓްސްއެޕް މެދުވެރިކޮށް ފޮނުވުމުން ވެސް ކުރަނީ ސީންއެވެ. ގުޅިއަސް ފޯނެއް ނުނަންގަވައެވެ. ތަރުޖަމާނަކީ ސަރުކާރުގެ މޫނު މައްޗަށްވާއިރު، މިގޮތަށް އަމަލުކުރުމުން ސަރުކާރުގެ މޫނުމަތި ހަޑިވުން ނޫން ކަމެއްނުވާނެއެވެ.

ހިނާއަކީ މުޅި ސަރުކާރުގެ ތަރުޖަމާނުގެ އިތުރުން، ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ތަރުޖަމާނެވެ. އަދި އެންސްޕާގެ ސީއީއޯއެވެ. ގިނަ މަގާމުތަކެއް ފުރުއްވާއިރު، އެކަމަނާ ވަރަށް ބުރަވާނެކަން ޔަގީނެވެ. އެހެންކަމުން ފަސޭހަކޮށްދިނުމަށް ރާއްޖެއެމްވީގެ ފަރާތުން ސުވާލު ލިޔެފައި ވެސް ވާނީ ފޮނުވާފައެވެ. ނަމަވެސް މަހަކަށް ވުރެ ގިނަ ދުވަސްވީއިރު މިއިން އެއްވެސް ސުވާލަކަށް ހީނާގެ ފަރާތުން ޖަވާބެއް ދެއްވާފައިނުއެވެ.

ރާއްޖެއެމްވީއިން ކުރި ބައެއް ސުވާލުތަކަކީ ސަރުކާރުގެ އެކި މިނިސްޓްރީތަކަށް ރައީސް އޮފީހުން ފޮނުވި ސިޓީއެއްގައި އެ ވުޒާރާ މެދުވެރިކޮށް ރައްޔިތުންގެ އަތުން ޚިދުމަތްތަކަށް އިތުރު ފީއެއް ނެގޭނެ ގޮތެއް އޮތްތޯ ބެލުމަށްފަހު އަންގައިދިނުމަށް ދަންނަވާފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއީ ތެދުވާހަކައެއްތޯއެވެ. ނަމަވެސް ހީނާ މެސެޖް ވަނީ ސީން ކޮށްލާފައެވެ. މީގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް ދިން ޙަމަލާ އެ ދުވަހު ރައީސް ޑރ މުއިއްޒު ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި އިންޑިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތައުޒިޔާ ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ހަމާސް ގެ އެންމެ އިސް ސިޔާސީ ލީޑަރު އިސްމާއީލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް އިޒްރޭލުން ހަމަލާ ދީ އަަވަހާރަ ކޮށްލުމާއި ގުޅިގެން ރައީސް އެއްޗެއް ވިދާޅެއް ނުވެއެވެ. އެކަމާ ކުރީގެ އިސްލާމިކް މިނިސްޓަރުވެސް އެބަވޭ ފާޑު ވިދާޅުވެފައިވާއިރު، އެކަމުގައި ރައޯސް އޮފީހުގެ ބަހަކީ ކޮބައިތޯ ވެސް ތަކުރާރުކޮށް ވާނީ އަހާފައެވެ. ނަމަވެސް މި މެސެޖް ވެސް ހީނާ ސީން ކޮށްލީއެވެ.

މައުލޫމާތު ހާމަކުރުމުގެ ސިޔާސަތުގެ ދަށުން ތަރުޖަމާނު ހިނާ ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވާތާ މިވަނީ 2 މަހަށް ވުރެ ގިނަ ދުވަސްވެފައެވެ. ރައްޔިތުންނާ ގައުމާ ގުޅުންހުރި ގިނަ ކަންކަމުގައި ސުވާލު ކުރުމުން ސީން ޒޯން ކުރުމުން ގައުމުދާ މިސްރާބާމެދު ގިނަ ރައްޔިތުން ސުވާލު އުފައްދާނެ ކަމާމެދު ޝައްކަތްނެތެވެ. ސީން ޒޯން ކުރުމުން އިތުބާރު ގެއްލުން ނޫން ކަމެއް ނުވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލެޓާ ގުޅޭގޮތުން އަދުރޭ އޭސީސީއަށް ދެއްވީ ދޮގު މައުލޫމާތު، ފަޅާއެރީ ވާރުތަ މުދަލުގެ މައްސަލައެއްގެ ތެރެއިން!

ފްލެޓާ ގުޅޭގޮތުން އަދުރޭ އޭސީސީއަށް ދެއްވީ ދޮގު މައުލޫމާތު، ފަޅާއެރީ ވާރުތަ މުދަލުގެ މައްސަލައެއްގެ ތެރެއިން!

10 ސެޕްޓެމްބަރު 2020
ބޭރޫތުގެ ގޮވުމަށް މަސްދުވަސް ފަހުން އިމާރާތެއްގެ ދަށުން ހިތުގެ ތެޅުމާއި ނޭވާލާ އަޑު

ބޭރޫތުގެ ގޮވުމަށް މަސްދުވަސް ފަހުން އިމާރާތެއްގެ ދަށުން ހިތުގެ ތެޅުމާއި ނޭވާލާ އަޑު

05 ސެޕްޓެމްބަރު 2020
ބޮޑެތި މަރުތަކުގައި ހެކިބަސް ދޭން އިންކާރު ކުރަނީ ސިއްރު ހެކިވެރިންގެ މައުލޫމާތު ލީކު ވާތީ، މަރުގެ އިންޒާރު ދޭތީ!

ބޮޑެތި މަރުތަކުގައި ހެކިބަސް ދޭން އިންކާރު ކުރަނީ ސިއްރު ހެކިވެރިންގެ މައުލޫމާތު ލީކު ވާތީ، މަރުގެ އިންޒާރު ދޭތީ!

06 ޖުލައި 2020
މެމްބަރުން ގޮވާލައްވަނީ ހުރިހާ ފަންނެއް އެއްފުރާޅެއްގެ ދަށުން ރެގިއުލޭޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް!

މެމްބަރުން ގޮވާލައްވަނީ ހުރިހާ ފަންނެއް އެއްފުރާޅެއްގެ ދަށުން ރެގިއުލޭޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް!

24 ފެބުރުއަރީ 2020
ރިލްވާންގެ މަރުގެ މައުލޫމާތުތައް އެނގިތިބެ، އެކަން ހާމަނުކުރީ ކީއްވެ!

ރިލްވާންގެ މަރުގެ މައުލޫމާތުތައް އެނގިތިބެ، އެކަން ހާމަނުކުރީ ކީއްވެ!

03 ސެޕްޓެމްބަރު 2019

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު