Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހީނާފަތް އެޅުން

އާމަ: ހީނާފަތް އެޅުމުގެ ހުނަރުވެރިއެއް

2 މެއި 2017 | އަންގާރަ 07:55

އާމަގެ ހީނާފަތް އެޅުމަށް ތަރުހީބު ދަނީ އިތުރުވަމުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 މެއި 2017 | އަންގާރަ 07:55
އާމަ ހީނާފަތް އަޅާލަނީ. ފޮޓޯ: ފޭސްބުކް

އާމަ ހީނާފަތް އަޅާލަނީ. ފޮޓޯ: ފޭސްބުކް

ހީނާފަތް އެޅުމަކީ ދިވެހިން ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ހާއްސަކޮށް އީދު ފަދަ މުނާސަބަތާއި ގުޅުވައިގެން ހީނާފަތް އެޅުމަކީ ދިވެހިން ކޮށްއުޅުނު ގަދީމީ ކަމެކެވެ.

އެހެން ނަމެވެސް ޒަމާނަށް އައި ބަދަލާއެކީގައި ހީނާފަތުގެ "ޓްރެންޑް" ވެސް ވަނީ ބަދަލުވެފައެވެ.

ކުރިން އަތާއި ފައިގައި ބަނދެގެން އެޅި ހީނާފަތުގެ ޒަމާން މިވަނީ ގޮށީގައި ޑެކަރޭޓް ކުރާ އެއްޗަކަށް ވެފައެވެ.

ދިވެހިންގެ ތެރޭގައި ހީނާ އަޅައިދޭ މީހުން މިހާރު ދަނީ އިތުރު ވަމުންނެވެ.

އޭގެ ތެރެއިން އައިޝަތު ޝަހުމާ ހަމީދު(އާމަ) އަކީ ފާހަގަކޮށްލެވޭ މީހެކެވެ.

އެންމެ ފުރަތަމަ އޭނާ ހީނާފަތުގައި އަތްލީވެސް ގޭގައި ހުރި ގަހަކުން ނެވެ. ހީނާފަތް އަޅާހިތްވީ އެ ހިސާބުންނެވެ. ހީނާފަތް އެޅުމަށްފަހު ފޭސްބުކާއި އިންސްޓަގްރާމަށް ފޮޓޯތައް ލާން ފެށި ހިސާބުން އާމަގެ މަސައްކަތް ފެށުނީއެވެ. މީހުންގެ ތާއީދު ދިޔައީ އޭނާގެ ފޮޓޯތަކަށް އޮހެމުންނެވެ. ޔޫޓިއުބުން ހީނާގެ "ޓިއުޓޯރިއަލްތައް" ބަލާ ގޭގައި އުޅޭ ކުދިންގެ އަތުގައި ހީނާ އަޅާ އިތުރަށް ދަސްކުރިއެވެ.

"އެންމެ ފުރަތަމަ އަޅުގަނޑަށް އެޕްރޯޗް ލިބުނީ އަނަންތަރާ ރިސޯޓުން. އެއީ އެމީހުންގެ ނިއު އިޔާ އިވެންޓެއްގައި ހީނާ އަޅާދިނުމަށް ދިޔައީ"، އާމަ ރާއްޖެ އެމްވިއަށް ކިޔައިދިނެވެ.

އާމަ ބުނިގޮތުގައި އެފަހަރު ރިސޯޓުން އައިފަހުން އޭނާ އަށް އާއިލާގެ ފަރާތުންނާއި ރައްޓެހިންގެ ފަރާތުން މިދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބުނެވެ. އެހިސާބުން "ނޭޗާސް އިންކް" ކިޔާ ފޭސްބުކް ޕޭޖެއް ، 26 ޖެނުއަރީ 2015 ވަނަ އަހަރު ހެދީ މިދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށެވެ. އޭނާ ހެދި ފޭސްބުކް ޕޭޖަށް ހީނާ އަޅަންވީ ދުވަހަކާއި ތަނެއް ލިޔެފައި މެސެޖް ކޮށްލުމުން އެޕޮއިންޓްމަންޓް ހެދުނީއެވެ.

" ފެއްޓިއިރުގައި އުއްމީދެއް ނުކުރަން މިހާ ސަޕޯޓެއް އޮންނާނެކަމަކަށް. ވަރަށް ތަރުހީބު ލިބޭ މިހާރު"، އާމަ ބުންޏެވެ.

އާމަ ބުނި ގޮތުގައި ހީނާގެ ރަނގަޅު ޕްރޮޑަކްޓްސް ރާއްޖެއިން ލިބޭކަށް ނުހުރެއެވެ. އެއީ އެންމެ އުނދަގޫވާ ކަންތައްތައް ކަމަށާއި މާލޭގައި ހުންނަ ހީނާގެ ޕްރޮޑަކްޓްސް ވަރަށް ތަފާތުވެފައި އަސްލު ހީނާގެ ކުލަ ނާރާކަމަށް އާމަ ބުންޏެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މިކަންތައް ކުރަން ވިސްނާ އާމަ ބުނީ ރާއްޖެއިން ބޭރަށް ހީނާ ކޯސްހަދަން ދާން ވިސްނާކަމަށެވެ.

މިހާރުވެސް އޭނާ ދަނީ އުފަންދުވަހުގެ ހަފްލާތަކާއި ކައިވެނީގެ ހަފްލާތަކުގެ އިތުރުން އެކި އިވެންޓުތަކުގައި ހީނާ އަޅައިދެމުންނެވެ.

އާމަ ބުނީ އޭނާ އިވެންޓްތަކުގައި ހީނާ އަޅާއިރު ބައެއް މީހުން "ތީދެން ކޮންކަމެއް ހޭ، އެންމެނަށްވެސް ކުރެވިދާނެ ކަމެއް ނޫންހޭ" ކިޔާ އެއްޗެހި ބުނެލާ ހަދާކަމަށެވެ. އެހެން ނަމަވެސް އެއީ އެހާ ފަސޭހަ ކަމެއް ނޫންކަމަށާއި ވަރަށް ގިނަ ވަގުތު އެކަމަށް ބޭނުވާ ކަމަށް އާމަ ބުންޏެވެ.

އާމަ އުންމީދަތީ މި ދާއިރާއިން ކުރިއަށް ދިއުމެވެ. ތަފާތު ދައްކައިދިނުމެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

17 ޖޫން 2025

ކުށް މަދު ޒައާމަތެއް ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތައް ދިމާނުވޭ!

17 ޖޫން 2025
ކުށް މަދު ޒައާމަތެއް ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތައް ދިމާނުވޭ!
20 އޮކްޓޯބަރު 2024

ދުލާާއި ޤަލަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ބާބެއް ފެށުނީ؟

20 އޮކްޓޯބަރު 2024
ދުލާާއި ޤަލަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ބާބެއް ފެށުނީ؟
30 ޖެނުއަރީ 2024

ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމުގެ ނިޒާމު އަދިވެސް ދޯހަޅި

30 ޖެނުއަރީ 2024
ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމުގެ ނިޒާމު އަދިވެސް ދޯހަޅި
24 ފެބުރުއަރީ 2021

ރައީސް ޔާމީނާއި ޕީޕީއެމް ސަރުކާރުން އިންޑިޔާއަށް ހުށައެޅި ހުށައެޅުމުގެ ކްރެޑިޓް އަލިފުން ޔާއަށް ހައްގުވަނީ އެބޭފުޅުންނަށެވެ.

24 ފެބުރުއަރީ 2021
ރައީސް ޔާމީނާއި ޕީޕީއެމް ސަރުކާރުން އިންޑިޔާއަށް ހުށައެޅި ހުށައެޅުމުގެ ކްރެޑިޓް އަލިފުން ޔާއަށް ހައްގުވަނީ އެބޭފުޅުންނަށެވެ.
10 ފެބުރުއަރީ 2020

އަނެއްކާވެސް ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުންގެ ގޮނޑިގެއްލޭ ގޮތަށް ކަނޑައެޅުމުގެ ވާހަކަތަކެއް

10 ފެބުރުއަރީ 2020
އަނެއްކާވެސް ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުންގެ ގޮނޑިގެއްލޭ ގޮތަށް ކަނޑައެޅުމުގެ ވާހަކަތަކެއް
31 އޮކްޓޯބަރު 2019

ޗައިނާއާއިއެކު މުއާމަލާތުކުރުން: ވިސްނަން ޖެހޭ ކަމެއް!

31 އޮކްޓޯބަރު 2019
ޗައިނާއާއިއެކު މުއާމަލާތުކުރުން: ވިސްނަން ޖެހޭ ކަމެއް!
26 ނޮވެމްބަރު 2018

އުމްރާގެ އަޅުކަމަށް ގެންދިޔުމަށް ހިންގި ވިޔަފާރީގެ މުއާމަލާތުން ބިކަވީ ދަތުރުވެރިން!

26 ނޮވެމްބަރު 2018
އުމްރާގެ އަޅުކަމަށް ގެންދިޔުމަށް ހިންގި ވިޔަފާރީގެ މުއާމަލާތުން ބިކަވީ ދަތުރުވެރިން!
01 މާރިޗު 2018

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

01 މާރިޗު 2018
އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް