Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެޑްވޮކޭޓިންގެ ދަ ރައިޓްސް އޮފް ޗިލްޑްރެން

"ހޯޕް" ކެމްޕެއިންގެ ދަށުން 8000 ކުދިންނަށް އުއްމީދު އާވެއްޖެ

"ހޯޕް" ކެމްޕެއިންގެ ދަށުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ 16 އަތޮޅަކަށް ވަނީ ޒިޔާރަތްކޮށްފަ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 2 އޯގަސްޓު 2019 | ހުކުރު 09:11
ކުޑަކުދިންގެ ހާއްސަ ސެޝަންތަކުގެ އިތުރުން ބެލެނިވެރިންނާއި ޓީޗަރުންނަށް ހާއްސަކޮށް \"ހޯޕް\"ގެ ސެޝަންތައް އާކް އިން ކުރިއަށް ގެންދެއެވެ.

ކުޑަކުދިންގެ ހާއްސަ ސެޝަންތަކުގެ އިތުރުން ބެލެނިވެރިންނާއި ޓީޗަރުންނަށް ހާއްސަކޮށް \"ހޯޕް\"ގެ ސެޝަންތައް އާކް އިން ކުރިއަށް ގެންދެއެވެ.

އެޑްވޮކޭޓީންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)އިން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް 2009 ވަނަ އަހަރުން ފެށިގެން ތަފާތު ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެ ޖަމިއްޔާއިން 2010ވަނަ އަހރު އިފްތިތާހް ކުރި "ހޯޕް" ކެމްޕެއިންގެ ދަށުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ 16 އަތޮޅެއްގެ 74 ރަށެއްގައި 8000 އަށް ވުރެ ގިނަ ކުދިންނަށް ވަނީ ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އާކް އިން ވަނީ ފާއިތުވި ނުވަ އަހަރުގެ ތެރޭގައި ހއ، ހދ، ށ، ރ، ބ، އއ، ދ، ގއ، ވ، މ، ފ، ލ، ގދ، އައްޑޫ ސިޓީ އަދި މާލޭ ސިޓީ ގެ ހުރިހާ ރަށްތަކަކަށް ޒިޔާރަތްކޮށް "ހޯޕް"ގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

އާކްގެ މި ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ ސެޝަންތަކުގައި އަނިޔާގެ ބާވަތްތަކާ، އަނިޔާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާ، އަނިޔާ ލިބޭނަމަ އެކަން ރިޕޯރޓްކުރާނެ ގޮތްތަކުގެ އިތުރުން އަނިޔާ ލިބޭ ހާލަތެއްގައި ކަންތައް ކުރާނެ ގޮތް ސެޝަން ނިމިގެން ދާއިރު ކުދިންނަށް އިނގިގެން ދާނެއެވެ.

މި ސެޝަންތަކުގެ މެދު ތެރެއިން އަދި ސެޝަން ނިމުމުން ވަރަށް ގިނަ ކުދިން އެކުދިންނަށް ލިބޭ އަނިޔާތަކުގެ ވާހަކަ ހިއްސާ ކުރެއެވެ. އަދި ސެޝަންތަކުގެ ސަބަބުން ކުދިންނަށް މިފަދަ އަމަލުތައް ރިޕޯރޓްކުރުމަށް ހިތްވަރު ލިބިގެންދާކަންވެސް ފާހަގަ ކުރެވިފައިވެއެވެ. މީގެ އިތުރުން ސްކޫލްތަކުގެ ފަރާތުން ކުއްޖަކަށް އަނިޔާ ލިބޭކަމަށް ޝައްކު ކުރެވުމުން "ހޯޕް"ގެ ސެޝަންތައް އެސްކޫލަކަށްގޮސް ނަގައިދިނުމަށްވެސް ސްކޫލްތަކުންވެސް އެދެއެވެ. ބައެއް ހާލަތްތަކުގައި އާއިލާގެ މީހުން އަދި ޓީޗަރުންވެސް މި ސެޝަންތަކަށް ފަހު ވަނީ ހައްޔަރުކުރެވިފައެވެ.

ކުޑަކުދިންގެ ހާއްސަ ސެޝަންތަކުގެ އިތުރުން ބެލެނިވެރިންނާއި ޓީޗަރުންނަށް ހާއްސަކޮށް "ހޯޕް"ގެ ސެޝަންތައް އާކް އިން ކުރިއަށް ގެންދެއެވެ. މި ގޮތުން އަހަރުގެ މިހާތަނަށް 1200 ވުރެ ގިނަ ބެލެނިވެރިންނާއި 600 އަށްވުރެ ގިނަ ޓީޗަރުންނަށް ހާއްސަ ސެޝަންތަކާއި ތަމްރީން ޕްރޮގްރާމްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

"ހޯޕް" ކެމްޕެއިންގެ ދަށުން އާކް އިން ވަނީ ޓީޗަރުންނަށް ހާއްސަކޮށްގެން "ޗައިލްޑް އެބިއުޒް ޕްރިވެންޝަން" އަތްމަތީ ފޮތަކާ ކެމްޕެއިންގެ މެސެޖްތަކަށް ކަމަށްވާ "ސްޓްރޯންގ" އަދި "ޓޯކް"ގެ މައްޗަށް ބިނާކޮށް ޕޯސްޓަރާ ފްލަޔަރ ތައްޔާރުކޮށް ސްކޫލްތަކަށް ބަހާފައެވެ. އަދި "ހޯޕް" ކެމްޕެއިންއަށް ހާއްސަ ވެބްސައިޓެއް އިފްތިތާހްކޮށް ކުޑަކުދިންނަށް ކުރާ އަނިޔާތަކަށް ކުދިން ހޭލުންތެރިކޮށް ރިޕޯޓްކުރުމަށް ބާރުއެޅުމަށް ވީޑިއޯ ކްލިޕްތަކެއްވެސް އާކް އިން ވަނީ ތައްޔާރުކޮށްފައެވެ. ކުޑަ ކުދިންނަށް ހާއްސަ ޕޯސްޓަރ ކޮމްޕެޓިޝަން އެއްވެސް އާކް އިން "ހޯޕް"ގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.

މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުޑަ ކުދިންނަށާއި ބެލެނިވެރިންނަށް އަދި ޓީޗަރުންނަށް އަމާޒުކޮށްގެން މާލެއާއި އަތޮޅު ތެރޭގައި ހިންގާ ތަފާތު ޕްރޮގްރާމްތަކުގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒު ތަކުގައި ދިރިއުޅޭ ކުދިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒްކޮށްގެން ތަފާތު ޕްރޮގްރާމަތައް އާކް އިން ހިންގަމުންދެއެވެ.

ސްކޫލްތަކުގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ "ހޯޕް" ކެމްޕެއިންއަކީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ކެމްޕެއިނެއެކެވެ. އާކްގެ ކޯޕަރޭޓް އެމްބެސެޑަރުންގެ އިތުރުން ކޮންމެ އަހަރަކު ދިރާގުގެ ރޯޑް ރޭސްއިން އާކް އަށް ހަދިޔާ ކުރާ ފައިސާއަކީވެސް މި ކެމްފެއިނަށް ހަރަދުކުރާ ފައިސާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރޫތުގެ ގޮވުމަށް މަސްދުވަސް ފަހުން އިމާރާތެއްގެ ދަށުން ހިތުގެ ތެޅުމާއި ނޭވާލާ އަޑު

ބޭރޫތުގެ ގޮވުމަށް މަސްދުވަސް ފަހުން އިމާރާތެއްގެ ދަށުން ހިތުގެ ތެޅުމާއި ނޭވާލާ އަޑު

05 ސެޕްޓެމްބަރު 2020
ކޮވިޑް-19 ކުޑަކުދިންނަށް ކިޔައިދޭނީ ކިހިނެއް؟

ކޮވިޑް-19 ކުޑަކުދިންނަށް ކިޔައިދޭނީ ކިހިނެއް؟

08 މާރިޗު 2020
މެމްބަރުން ގޮވާލައްވަނީ ހުރިހާ ފަންނެއް އެއްފުރާޅެއްގެ ދަށުން ރެގިއުލޭޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް!

މެމްބަރުން ގޮވާލައްވަނީ ހުރިހާ ފަންނެއް އެއްފުރާޅެއްގެ ދަށުން ރެގިއުލޭޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް!

24 ފެބުރުއަރީ 2020
ފުޅަނދު ބުރުތަކާއެކު ކުޑަކުދިންނަށް އުފާވެރިކަން

ފުޅަނދު ބުރުތަކާއެކު ކުޑަކުދިންނަށް އުފާވެރިކަން

28 ޖުލައި 2019
އަނެއްކާވެސް އާރް.ކެލީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ވާހަކަތައް، އަދިވެސް ދާއިރާގައި ކާމިޔާބުކަމާއެކު!

އަނެއްކާވެސް އާރް.ކެލީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ވާހަކަތައް، އަދިވެސް ދާއިރާގައި ކާމިޔާބުކަމާއެކު!

12 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު