Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބޭރޫތުގެ ގޮވުން

ބޭރޫތުގެ ގޮވުމަށް މަސްދުވަސް ފަހުން އިމާރާތެއްގެ ދަށުން ހިތުގެ ތެޅުމާއި ނޭވާލާ އަޑު

ސްކޭނިންގ މެޝިންގެ ޒަރީޢާއިން އިމާރާތުގެ ދަށުން އިންސާނުންގެ ހިތުގެ ވިންދާއި ނޭވާ ދެނެގަނެވިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2020 | ހޮނިހިރު 02:35
ވެއްޓިފައިވާ އިމާރާތުގެ ދަށުން އިންސާނެއް ދިރިހުރިކަމުގެ ނިޝާން ދެނެގަނެވިފައިވާތީ ރެސްކިޔު ޓީމުން ހަރަކާތްތެރިވަނީ

ވެއްޓިފައިވާ އިމާރާތުގެ ދަށުން އިންސާނެއް ދިރިހުރިކަމުގެ ނިޝާން ދެނެގަނެވިފައިވާތީ ރެސްކިޔު ޓީމުން ހަރަކާތްތެރިވަނީ

ލުބުނާންގެ ވެރިރަށް ބޭރޫތުގެ ޕޯޓުގައި ގޮވި ބާރު ގަދަ ގޮވުމަށް މަސްދުވަސް ވެފައިވާއިރު ވެއްޓިފައިވާ އިމާރާތެއްގެ ދަށުން ދިރިހުރި މީހެއްގެ ނިޝާންތައް ދެނެގަނެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޮގަސްޓްމަހުގެ 4 ވަނަ ދުވަހު ބޭރޫތުގެ ޕޯޓެއްގައި ރައްކާކޮށްފައިހުރި އެމޯނިއަމް ނައިޓްރޭޓް ގޮވާ ބާރުގަދަ ގުޑުންތަކާއެކު މުޅި ސިޓީހެން ވަނީ ބިމާ ހަމަވެފައެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހެއްގެ ހިލަމެއްވޭތޯ އަދިވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. މިމަސައްކަތުގައި ހަރަކާތްތެރިވަމުންދާ ޗިލީގެ ރެސްކިޔުޓީމަށް ވަނީ އިމާރާތެއްގެ ދަށުން އިންސާނެއްގެ ހިތުގެ ތެޅުމުގެ އަޑާއި ނޭވާލާ އަޑު ދެނެގަނެވިފައެވެ.

މިޓީމުގައި އިސްކޮށް ހަރަކާތްތެރިވާ މެމްބަރަކު އަލް ޖަޒީރާ އާ ވާހަކަދައްކަމުން ބުނެފައިވަނީ ސްކޭނިންގ މެޝިންގެ ޒަރީޢާއިން އިމާރާތުގެ ދަށުން އިންސާނުންގެ ހިތުގެ ވިންދާއި ނޭވާ ދެނެގަނެވިފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނީ ބޮޑަށް ގަބޫލުކުރެވެނީ އެއީ ކުޑަކުއްޖެއް ކަމަށާއި ޓީމަށް ބޮޑަށް ބެލެވެނީ އިމާރާތުގެ ދަށުގައި ވަނީ އެންމެ މީހެއް ކަމަށެވެ.

މިގޮވުމުގައި މަރުވި މީހުންގެ އަދަދު 191ށް އަރާފައިވާއިރު އަދިވެސް 7 މީހަކު ނުފެންނަ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.

ޗިލީގެ ޓީމުން އަންނަނީ ބޭރޫތުގައި ވެއްޓިފައިވާ އިމާރާތްތައް އަލުން އިމާރާތްކުރުމަށް ފެށުމުގެ ކުރިން ވެއްޓިފައިވާ އިމާރާތްތައް ބަލާ ތަންތަނުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އެމަސައްކަތުގެ ތެރޭގައި އުޅެނިކޮށް އެމީހުން ގެންގުޅުނު ކުއްތާއެއް އިމާރާތެއްގެ ކައިރިއަށް ގޮސް އިންސާނެއްގެ ހިލަމެއް އިމާރާތުގެ ދަށުގައިވާ ކަމުގެ އިޝާރާތެއް ދީފައިވާ ކަމަށް ޗިލީގެ ޓީމު ބޭރޫތަށް ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވި އަކްރަމް ނެމް ވަނީ އަލްޖަޒީރާއަށް މައުލޫމާތު ދީފައެވެ.

ލިވްލަވް ލެބަނަން އެންޖީއޯގެ މެމްބަރެއް ކަމުގައިވާ އެޑްވަރޑް ބިތަރް އަކީ ޗިލީގެ މިޓީމާއެކު މަސައްކަތްކުރަމުން އަންނަ މީހެކެވެ. އޭނާ ބުނާގޮތުންނަމަ ސްކޭނިންގ މެޝިނަށް އެއިމާރާތުގެ ދަށުން އިންސާނެއް މިނެޓަކު 18 ފަހަރު ނޭވާލާކަން ދެނެގަނެވިފައިވާ ވެއެވެ.

"އަހަރުމެން މިމަސައްކަތް ކުރަނީ އެހާ ބޮޑަށް މިކަމަށް އުންމީދުނުކޮށް މަސައްކަތްކުރުމަށް. މީހަކު އިމާރާތުގެ ދަށުން ފެނިއްޖެކަމަށްވާނަމަ އެއީ ހަމަ މުއުޖިޒާތެއް." ބިތަރް ބުންޏެވެ.

ޗިލީގެ މި ޓީމަކީ މިފަދަ ހާދިސާތައް ހިނގާ ސަރަހައްދުތަކުގައި މީގެކުރިންވެސް ހަރަކާތްތެރިވެފައިވާ ޓީމެކެވެ. އެގޮތުން 2011 ވަނަ އަހަރު ޖަޕާނުގެ ފުކުޝީމާ ނިއުކްލިޔަރ ރިއެކްޓަރ ގޮވުމާ ގުޅިގެންވެސް މިޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެ އެވެ. އަދި 2010 ވަނަ އަހަރު ހައިޓީ އަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތެއްގެ ދަށުން 27 ދުވަސް ފަހުން މީހަކު ވަނީ މިޓީމުން ސަލާމަތްކޮށްފައެވެ.

ދިރިހުރި މީހެއް ފެނޭތޯ ބެލުމުގެ މަސައްކަތް:

ބިތަރް ބުނާގޮތުން އިމާރާތުގެ ވެރި މީހާ ވަނީ އިމާރާތުގެ ތެރޭގައި އެއްވެސް މީހަކު ނެތް ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެސަރަހައްދަށް އެއްވެފައިވާ މީހުން ބުނާގޮތުގައި އެމީހުން ވަނީ ބާރުގަދަ ގޮވުން ގޮވިތާ ދުވަސްތަކެއް ފަހުން އެސަރަހައްދުން ކުނިވަސްދުވާތީ އެކަމުގެ މައުލޫމާތު ސަލާމަތީ ބާރުތަކަށް ދީފައެވެ. ނަމަވެސް ސަލާމަތީ ބާރުތަކުން އިމާރާތުގެ ދަށުގައި ހުރިތަކެތި ބަލާ އެސަރަހައްދުން މީހަކު ފެނޭތޯ ބަލާފައިނުވާ ކަމަށް އެމީހުން ބުނެއެވެ.

މީހަކު ފެނޭތޯ ބެލުމުގެ ކަންކަން ރަސްމީކޮށް މިހާރު ބޭރޫތްގައި ކުރަމުންނެއްނުދެ އެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ހެނދުނާ ހަމައަށް ޓީމުން ވަނީ ލުބުނާންގެ ކަމާބެހޭ އެކި އިދާރާތަކުގެ އެހީތެރިކަމާއެކު އިމާރާތުގެ ވެއްޓިފައިވާ ބައިތައް ވަކިވަކިން ނަގާ އޭގެ ދަށުގައި އިންސާނެއް ވޭތޯ ބަލާފައެވެ.

އަދި އިމާރާތުގެ ދަށުން ފާހަގަކުރެވޭ އިންސާނެއްގެ ހިތުގެ ވިންދު ރަނގަޅަށް ދެނެގަތުމަށް އެތައް ފަހަރަކު އެސަރަހައްދަށް ކުޅި ބަލަން އެއްވެފައިވާ މީހުން އަޑުމަޑުކުރުމަށް ރެސްކިޔުޓީމުން ވަނީ އެދިފައެވެ.

ލުބުނާންގެ ގިނަ ރައްޔިތުން ދެކޭގޮތުގައި މިކަމަކީވެސް އެގައުމުގެ ސަރުކާރުން ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ފެއިލް ވެފައިވާ ކަމުގެ މިސާލެކެވެ. ބޭރޫތްގެ ޕޯޓުގައި ހަތް އަހަރު ވަންދެން ރައްކާކޮށްފައިވާ 2750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ގޮވި ހާދިސާއަކީ މިފަހުގެ ތާރީޚުގައި ދުނިޔެ ނުދެކޭފަދަ ވަރުގަދަ ގޮވުމެކެވެ. މިގޮވުމާއެކު ބޭރޫތްގެ ތިން ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާއިރު ސީދާގޮތުން ލިބުނު ގެއްލުމުގެ އަދަދު 15 ބިލިއަން ޑޮލަރަށް އަރައެވެ.

އަނެއްކޮޅުން ބުރާސްފަތި ދުވަހު އެގައުމުގެ އަސްކަރިއްޔާ އަށް ވަނީ ބޭރޫތުގެ ޕޯޓަށް ވަންނަ ސަރަހައްދުން 4.35 ޓަނުގެ ކެމިކަލް ފެނިފައެވެ. އަސްކަރިއްޔާ އިން ބުނާގޮތުގައި ޕޯޓުގެ ތެރޭގައި ކުރިޔަށް ގެންދެވޭ އިންސްޕެކްޝަނެއްގެ ދަށުން ނުރައްކާތެރި ކެމިކަލް އަޅާފައިވާ ހަތަރު ކޮންޓެއިނަރ ވަނީ ފެނިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ތިބީ ރަނގަޅު ނިޒާމެއްގެ ދަށުން ކުނި މެނޭޖް ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި!

ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ތިބީ ރަނގަޅު ނިޒާމެއްގެ ދަށުން ކުނި މެނޭޖް ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި!

11 ނޮވެމްބަރު 2021
ރައީސް ނަޝީދަށް ދިން ހަމަލާއަށް މަސްދުވަސް: އަދިވެސް މިއޮތީ ބިރުވެރިކަމާއި ބަނަކަން

ރައީސް ނަޝީދަށް ދިން ހަމަލާއަށް މަސްދުވަސް: އަދިވެސް މިއޮތީ ބިރުވެރިކަމާއި ބަނަކަން

05 ޖޫން 2021
އާ ގާނޫނުގެ ދަށުން ފުލުހުން ކުރި ހުވަޔާއެކު، ފާހަގަކޮށްލެވޭ ހެޔޮ ބަދަލެއް އަންނާނެތަ؟

އާ ގާނޫނުގެ ދަށުން ފުލުހުން ކުރި ހުވަޔާއެކު، ފާހަގަކޮށްލެވޭ ހެޔޮ ބަދަލެއް އަންނާނެތަ؟

27 މާރިޗު 2021
ކޮވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ލިބުނު ފުރަތަމަ ގައުމަކަށް ގާނާ

ކޮވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ލިބުނު ފުރަތަމަ ގައުމަކަށް ގާނާ

24 ފެބުރުއަރީ 2021
ހުށިޔާރު މާލިމީއެއްގެ މޭސްތިރިކަމުގެ ދަށުން ފެނަކަ އަމާން އައްސޭރިއަކަށް ވާސިލްވަނީ!

ހުށިޔާރު މާލިމީއެއްގެ މޭސްތިރިކަމުގެ ދަށުން ފެނަކަ އަމާން އައްސޭރިއަކަށް ވާސިލްވަނީ!

15 ސެޕްޓެމްބަރު 2020

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު