Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިންފޮމޭޝަން ކޮމިޝަނަރު

އިންފޮމޭޝަން ކޮމިޝަނަރަށް ދެން ސިޓީއެއް ފޮނުވޭނެތަ؟!

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ދިވެހިން ބަހުން ލިޔެފައި ހުންނަ ލިޔުން ނޫނީ ބަލައި ނުގަންނަން ނިންމާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 19 އެޕްރީލު 2017 | ބުދަ 07:00
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުން: ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރަނީ

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުން: ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރަނީ

ދިވެހި ބަހުން ލިޔެފައިވާ ލިޔުންތައް ފިޔަވާ އިތުރު ބަހަކުން ލިޔެފައިވާ ލިޔުންތައް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބަލައި ނުގަންނަން ނިންމާފައިވާ ކަމަށް، ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވި އެވެ. ދިވެހި ބަހަށް އިސްކަން ދިނުމުގެ މަގުސަދުގައި ނިންމި މި ނިންމުމަށް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

އެންމެ ބޮޑަށް ފާޑު ކިޔަނީ އެނިންމުން ނިންމި އޮފީހުގެ ނަމާއި އެ އޮފީހުގެ ވެރިޔާއަށް ނިސްބަތްވާ ނަމާ މެދުގައެވެ.

"އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް" އަދި "އިންފޮމޭޝަން ކޮމިޝަނަރ" އަކީ އިނގިރޭސި ބަހުން ދީފައިވާ ނަންތަކެކެވެ. މި ކޮމިޝަން ވުޖޫދުވީ، މައުލޫމާތު ހޯދައި ލިބިގަތުގެ ހައްގުގެ ގާނޫނުގެ ދަށުންނެވެ. މިއީ މިފަދަ ފުރަތަމަ ގާނޫނެއް ވެސް ނޫނެވެ. ޕަބްލިކް ސާރވިސް މީޑީއާގެ ގާނޫނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ގާނޫނާއި ޖެންޑަރ އިކުއަލިޓީގެ ގާނޫނުތައް ފަދަ ގާނޫނުތަކަށް އިނގިރޭސި ބަހުން ނަން ދީފައިވެ އެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި ޕްރޮސިކިއުޓަ ޖެނެރަލް އޮފީހާއި މިހެން ގޮސް އެތައް މުއައްސަސާއެއް އެބަ ހުއްޓެވެ.

މީގެ ކުރިން ޝަރުއީ ދާއިރާއަށް ބަލާއިރު، ކޯޓްތަކުގެ ނަންތައް ހުންނަނީ ދިވެހި ބަހުންނެވެ. ނަމަވެސ މިހާރު، ޖިނާއި ކޯޓަށް، ކްރިމިނަލް ކޯޓެވެ. މަދަނީ ކޯޓަށް، ސިވިލް ކޯޓެވެ. މިފަދަ ބަދަލުތައް ގެނެސްފައި ވަނީ ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން ދިވެހި ބަހަށް އިސްކަން ނުދެއްވާތީބާއޭ ސުވާލު އުފެދެ އެވެ. ހާއްސަކޮށް މިފަދަ ގާނޫނުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ ސަރުކާރުންނެވެ. ސަރުކާރުން ދިވެހި ބަހަށް އިސްކަން ނުދެނީ ހެއްޔެވެ؟

ދިވެހި ބަހަށް އިސްކަން ދިނުމުގެ ގޮތުން ދިވެހި ބަހުން ލިޔެފައިވާ ލިޔުންތައް ފިޔަވާ އެހެން ބަހަކުން ލިޔެފައިވާ ލިޔުންތައް ބަލައި ނުގަންނަ ގޮތަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި މިނިންމުމަކީ ދައުލަތުގެ އިދާރާއަކުން މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ.

މިއީ ތަންފީޒު ކުރެވިދާނެ ކަމެއް ހެއްޔެވެ؟

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ވަރަށް ގިނަ ބަޔަކާއި ގުޅިފައިވާ އޮފީހެއްކަން އެނގިހުރެ، އެފަދަ ނިންމުމެއް ނިންމީތީ ހައިރާންވެ އެވެ. ރާއްޖޭގައި ބޭރު ގައުމުތަކުގެ ހައިކޮމިޝަންތަކާއި ބޭރު ގައުމުތަކުގެ ވިޔަފާރިކުންފުނިތައް ވެސް އެބަ ހުއްޓެވެ. އެ ފަރާތްތަކުން ވެސް މައުލޫމާތެއް ހޯދަން ބޭނުން ނަމަ ނުވަތަ އެ ނޫން ވެސް ކަމެއްގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ސިޓީ ފޮނުވަން މި ޖެހެނީ ދިވެހި ބަހުންނެވެ. ނުވަތަ ބޭރުގެ އިއްޒަތްތެރިއަކު ކޮމިޝަނަރާ ބައްދަލުކުރައްވަން ދައުވަތެއް ދެއްވަން ބެއްލެވިޔަސް މިޖެހެނީ އެ ދައުވަތެއް ދިވެހި ބަހަށް ތަރުޖަމާ ކުރަންށެވެ.

މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދައުލަތުގެ އެކި މުއައްސަސާތަކުން މައުލޫމާތު ފޯރުކޮށްދޭ މައި އިދާރާ ކަމަށްވުމުން ފަހަރުގައި ބައެއް މައުލޫމާތުތަކަކީ އިނގިރޭސި ބަހުން ކޮންމެހެން ބޭނުންވާ މައުލޫމާތުތަކަކަށް ވެސް ވެދާނެ އެވެ. އެހެން ކަމަށް ވާ ނަމަ އެ މައުލޫމާތު ހޯދުމަށް ވެސް އެދެން މިޖެހެނީ ދިވެހި ބަހުން ލިޔާ ސިޓީއަކުންނެވެ. އެހެން ކަމަށް ވާ ނަމަ އެއަށް ދޭ ޖަވާބު ވެސް އޮންނަން ވާނީ ދިވެހި ބަހުންނެވެ. މާނައަކީ އިނގިރޭސިން ހިމެނޭ މައުލޫމާތު ދޭ ނަމަ އެ މައުލޫމާތު ދޭންޖެހޭނީ ދިވެހި ބަހަށް ތަރުޖަމާކޮށްގެންނެވެ.

އެހެންވެ، މިއީ ތަންފީޒުކުރަން އުނދަގޫ ނިންމުމަކަށް ވާނެ އެވެ. އޭގެ އިތުރުން ދިވެހި ބަހުން ފޮނުވާ ސިޓީއެއް ވެސް ފުރިހަމަ ދިވެހި ބަހަކުން ނުފޮނުވާނެ އެވެ. ތާނަ އަކުރުން އެކުލަވާލި ނަމަވެސް، ކޮންމެ ސިޓީއެއްގައި ވެސް އިންފޮމޭޝަން ކޮމިޝަނަރު މި ނަމާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މި ނަން ބޭނުންކުރަން ޖެހޭނެ އެވެ. އެހެންވެ، އެއްވެސް ސިޓީއެއް ބަލައި ގަންނާނެތޯ ސުވާލު އުފެދެ އެވެ. ދިވެހި ބަހަށް އިސްކަން ދިނުމުގެ ގޮތުން ފުރަތަމަ ކުރަންވީ ކަމަކީ "އިންފޮމޭޝަން ކޮމިޝަނަރ"ގެ ނަން ބަދަލުކުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަހީމްގެ "ވާޖިބާ" ގުޅިގެން، ފެންމަތިވި ސިޓީއެއް.....

ޝަހީމްގެ "ވާޖިބާ" ގުޅިގެން، ފެންމަތިވި ސިޓީއެއް.....

03 އޯގަސްޓު 2024
ބާރަށުން ތުއްތު މިޝްޔާގެ ޝުކުރުގެ ސިޓީއެއް ރައީސަށް، އުންމީދަކީ ގްރޭޑު ދޭކުން ވެސް ނާސްތާ ޕްރޮގްރާމް ލިބުން!

ބާރަށުން ތުއްތު މިޝްޔާގެ ޝުކުރުގެ ސިޓީއެއް ރައީސަށް، އުންމީދަކީ ގްރޭޑު ދޭކުން ވެސް ނާސްތާ ޕްރޮގްރާމް ލިބުން!

02 އޯގަސްޓު 2023
އިންފޮމޭޝަން އާއި ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް ކާމިޔާބު ހޯދިފައިވޭތަ؟

އިންފޮމޭޝަން އާއި ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް ކާމިޔާބު ހޯދިފައިވޭތަ؟

19 މެއި 2023
ސިޓީއެއްގެ ދަރަޖައާއެކު، ފުރިހަމަ ހިދުމަތް ވެސް ކުޅުދުއްފުށީގެ ރައްޔިތުން ބޭނުންވޭ!

ސިޓީއެއްގެ ދަރަޖައާއެކު، ފުރިހަމަ ހިދުމަތް ވެސް ކުޅުދުއްފުށީގެ ރައްޔިތުން ބޭނުންވޭ!

16 ޖެނުއަރީ 2020
ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް

ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް

25 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު