Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް

ބައެއް ދިވެހިން ސުނިލް ކޮޕީ ކުރެވޭތޯ އުޅޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2017 | ހޮނިހިރު 06:33
ސުނިލް ޝެޓީ: ދިވެހިންނަށް ކަމުދާ ސްޓާރެއް

ސުނިލް ޝެޓީ: ދިވެހިންނަށް ކަމުދާ ސްޓާރެއް

ދިވެހިންގެ ހިތްތައް ފަތަހަ ކޮށްފައިވާ ދިވެހިންގެ ސުނިލް ސެޓީއަށް

ހެޔޮ ދުއާ ސަލާމެވެ.

ކެތްތެރިކަމެއް ނެތި އަހަރެންނާއި އަހަރެންގެ އައުލާދުން ސުނިލްއަށް މި ފޮނުވާލަނީ އާދޭހުގެ ފަންވަތެކެވެ. ތިޔަހަރަ ހިތްގައިމު ކަމަކާއި ތިޔަހަރަ ކެރޭ ކަމަކާ ހުރެ އަހަރެން ހަމަ އާޝޯކް ވެއްޖެއެވެ.

އަހަރެންގެ ހިތުގެ ހިމަ ނާރުތަކަށް ވެސް ކުޅެލާ ފަދަ ސުނިލްއެވެ. ސުނިލްގެ ފިލްމުތައް އަހަރެން އިންތިހާއަށް ބެލީމެވެ. އޭގެން ރަނގަޅު ފިލާވަޅެއް ލިބޭތޯ ހާދަ މަސައްކަތެއް ކުރީމެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. އެފިލްމުތައް ބަލަން އަހަރެންނަށް ހޭދަ ކޮށްލެވެނީ އެންމެ ދިހަ ވަރަކަށް މިނެޓެވެ. އަހަރެންނަށް އޮންނަނީ ނިދިފައެވެ. ރައްޓެހިން ބުނާތީ އަޑު އަހަމެވެ. ތިޔައީ މީހުން އެކްޓް ކުރާތީ ކުރާ މީހެކެވެ. އަހަރެން ކޮންމެހެން އެކަން ޤަބޫލް ކުރާކަށް ނެތީމެވެ. ހިތްވަރު ކޮށްފައި އަނެއްކާ ވެސް އަނެއް ފިލްމު އަޅުވަނީ ހަމަ ތަންކޮޅެއް ވެސް ބަލާ ލެވޭތޯއެވެ. ކިހާ ދެރަ ކަމެއް ހެއްޔެވެ. ކޮންމެ މީހަކު ވެސް ބުނީ އެއީ ބޮޑު ފްލޮޕެއް ކަމަށެވެ. އަދި ފްލޮޕްވީ ސުނިލްގެ އެކްޓިން ކަމުނުދާތީ ކަމަށެވެ. ކިތަންމެ ވަރަކަށް ކޮޕީކޮށްފައި އޭގެ އަސްލު ދައްކަން އުޅުނަސް އޭގެ އަސަރެއް ނުހުންނަ ކަމަށެވެ. އެފަދަ ވަގުތު ތަކުގައި އަހަރެންގެ ހިތަށް ހީވަނީ ހޫނުގަދަ ދުވަހަކު މެޔަށް އައިސްކިއުބު އެއްޗެއް އޮއްސާލާހެންނެވެ.

އަހަރެންގެ ހިތުގެ ރަސްގެފާނެވެ. ބުނަން ހެއްޔެވެ. ހަޔާތުގައި ވެސް އައި އެންމެ ހިތްދަތި ދުވަހަކީ ފިލްމުކުޅުން ހުއްޓާލާފައި ސިޔާސީ ދާއިރާއަށް ނިކުތީތީއެވެ. އޭރު މަވެސް އުޅުނު ޕާޓީ ޑީއާރުޕީއަށް ވަނަސް މަށަކަށް ހަމަ އެއްގޮތަކަށް ވެސް އެކަމެއް ކަމަކު ނުދިޔައެވެ. އެރޭ ހަމަ ގިނަ ވަގުތު އަހަރެން ނިދީއެވެ. ތިޔަ ޚިޔާލު ތަކުގައި ނޯންނަން ވެގެންނެވެ. ސިޔާސީ ގޮތުން އަރާ ކުރިބޯށީގައި ނުހިފިދާނެތީ އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެހެން ފިލްމުސްޓާރުން އަރާ ކާމިޔާބު ކުރާހެން ސުނިލްއަށް ނުވެދާނެތީއެވެ. ސޮހޮލުންނަށް އެކަން ނުވާހެން ސުނިލައަށް ނުވީއޭ ބުނާކަށް އަހަރެންނެއް ނޫޅެމެވެ.

ލޯބިވާ ސުނިލްއެވެ. އަހަރެން މިހެން ވެސް ނުބުނަން ލައްކަ މަސައްކަތް ކޮށްފީމެވެ. އެކަމަކު މިހެންވެސް ނުބުނެ ކެތްކޮށް ނުލެވުނީމައެވެ. ޕާޓީގެ ހައިބަތާއި ބާރު ހުރިއިރު ޕާޓީ ތެރެއިން ރަނގަޅު ޕޮލިޓީޝަނަކަށް ހެދޭތޯ މަވެސް އުޅުނީ ހަމަ އަރުވާ ޖަހާލައިގެންނެވެ. ސުނިލްއަށް ރަނގަޅު ގޮތެއް ހެދޭތޯއެވެ. ފުރަތަމަ އުޅުނީ ޕާޓީ ތެރެއިން އެކަން ކުރެވޭތޯއެވެ. ޕާޓީގެ ނަގާ ކިޔާ މީހުންނަށް ފެން ފުޅި ބަހައްޓާލަދޭ މީހަކަށް ހެދޭތޯވެސް އަހަރެން ނުކުރަނީ ކޮންކަމެއް ހެއްޔެވެ. އެކަމަކު ޕާޓީ ހުސްވެ ދެންވާ ކައުންސިލަށް ލާނޭ މީހަކު ނުލިބުނީމާ ވެސް ސުނިލް އޭގެ ތެރެއަށް ކޮއްޕާލީ އަހަރެންގެ މަސައްކަތުންނެވެ. ހަމަ ސުނިލްއަށް ދެވިފައިވާ ގަދަރެއްގެ ސަބަބުންނެވެ.

ސުނިލްއެވެ. އަހަރެން މިހުރީ ސުނިލްއަށްޓަކައި ހަމަ މަރުދޭށެވެ. އެތައް ފަހަރަކު މަޖިލިސް ތެރެއަށް ސުނިލް ވެއްދޭތޯ އަހަރެން އުޅުނީ ހަމަ އެހެން ވެގެންނެވެ. އެމަޖިލީހުގެ މެންބަރަކަށްވާން ސުނިލް އުޅޭލެއް ބޮޑު ކަމުންނެވެ. އެކަމަކު ކޮންމެ ފަހަރަކު ވެސް ދަނީ ހަމަ ޗޮކުންނެވެ. މީހުން ސުނިލް ބަލައި ނުގަތީމާ ހާދަހާވާ އަހަރެން ދެރަވެއެވެ.

ސުނިލްއެވެ. އެކަމުން ވެސް ކަމެއް ނުވީމާ ދެންތިޔަ ބޯކޮއްޕާލީ މުޅިން ތަފާތު ކަމަކަށެވެ. އަނެއްކާވެސް މުޅިން ސުނިލްއާ ނުވެސް ގުޅޭ ދާއިރާ އަކަށެވެ. މިއުޅޭ ނޫސްވެރިންގެ ކަންކަން ބަލާ ކޮމެޓީއަށް ވަން ވަނުމަކީ މަށަށް ވެސް ސިހުން ލިބުނު ކަމެކެވެ. ސުނިލް ފަދަ އެކަމަށް އަރާ އަރަފޯދިގެން ނުވާ މީހަކު އެކަމަށް ފައި ނެގީތީއެވެ. އެކަމަކު މިފަހަރު ވެސް ރުޅި މޫނު ދައްކާކަށް ނެތީމެވެ. ހަމަ ސުނިލްގެ ޙައްޤުގައެވެ.

އެކަމަކުވާ ސުނިލްއެވެ. މިފަހަރު ތިޔަ ކުރީކީވާ އާދައިގެ ކަމެއް ނޫނެވެ. މަވެސް މިފަހަރު ލަދުން ބޯފަޅައިގެން ހިނގައްޖެއެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅޭކަށް މަށަކަށްވާ ދެން ލާހިކެއް ނޫނެވެ. މިފަހަރު ތިކުޅުނީ މުޅި އެންމެހާ ދިވެހިންގެ ލެޔާއެވެ. މުޅި ރާއްޖެ އެއޮންނަނީ އެޓީވީއާ ހެދި ބަނޑުކެނޑިފައެވެ. އެޓީވީއާ ހެދި މަރުދޭ ވަރުގައެވެ. އެމީހުން ކޮށްލާ ކޮންމެ ކަމަކަށް ދިވެހިން އެތިބެނީ ހަމަ އަތްޖަހާލަ ޖަހާލައެވެ. އެމީހުން ނައްތާލަން ބަޔަކު އުޅޭތީ އެއޮންނަ ރީތި ގޮތަކަށް ކޮށްލި އިހުތިޖާޖަކާ ސުނިލްއަކާ ދެންވާ ކީއްހެއްޔެވެ. ކަންކަމާވެސް އުޅެންވާނީ އޭގެ އެކޮޅު މިކޮޅު ބަލާފައެވެ. މިފަހަރު ތިޔައެޅީ ބޮޑު ސިންގާ ޅައެއްޗެކެވެ. އެމީހުން އެކުރި އިހުތިޖާޖެއް ނުބަލައިގެން ތިޔަ ބުނާ ކޮމެޓީ ގޮވައިގެން ކޯޓަށްދާން ސުނިލް ދެން ތީ ކާކުހެއްޔެވެ.

ސުނިލްއެވެ. އަހަރެން ހަމަ ބޯފަޅައިގެންދާވަރުވެއެވެ. ސުނިލްފަދަ ބޮޑު ސިންގާ ފިރިހެނަކު ތިޔަހެން އުޅޭތީއެވެ. ފިލްމު ކުޅެ ނުލިބުނު މަޝްހޫރުކަން ހޯދާން ވެސް ތިޔަ ކުރީކީ މީހުން ކުރާ ޒާތުގެ ކަންކަމެއް ނޫނެވެ.

ކުރާނީ ކީއްހެއްޔެވެ. ތިޔަ ގަނޑުވެސް ތިޔަ އޮތީ ގަނެފައެވެ. އެކަމަކު މަވާ ސަލާމެވެ. ސުނިލްގެ އަސްލު ބޭނުން މަށެއްވާ މީހަކު ގާތަކު ނުބުނާނަމެވެ. އެކަމަކު ތިޔަ ކުޅެން އުޅޭ ޓީވީގެ މީހުންނަށް އެކަން އެނގެއެވެ. ތިޔަ އުޅެނީ މީޑިއާ ކައުންސިލް އުވާލައި ހަދަން އުޅޭ މީޑިއާ ކޮމިޝަންގެ ތެރެއަށް ދެމިގަންނަން ކަން މަ ނުބުންޏަސް އެމީހުންނަށް އޮތީ އެނގިފައެވެ. އެކަމަކު އަދިވެސް ބުނަމެވެ. އުލު ބޭންދިއަސް މަށެއްވާ އެވާހަކައެއް ނުބުނާނަމެވެ.

ލޯބިވާ ސުނިލްއެވެ. އަހަރެން ދެން މި ވަކިވެލަނީއެވެ. އަހަރެން މިސިޓީ މި ފޮނުވާލީ ހަމަ ސުނިލް ތިޔަ ގަތް ގަނޑަކުން މަށަށް ކެތް ނުވެގެންނެވެ. މަވެސް ލޭފަދަ އެ ޓީވީއާ ކުޅެން ސުނިލް ތިޔަ ހުރި ފޯރިއެއް ފެނިފައެވެ. އެކަމަކު މަވާ ސަލާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު