Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަމޯއާ އެގްރީމެންޓް

ސަމޯއާ އެގްރީމެންޓްގައި ލާދީނީ އެތައް ކަމެއް އެބަ ހުރި، މިއީ އެމްޑީއެންއަށް ވުރެ ބޮޑު މައްސަލަ އެއް - ކުރީގެ ރައީސް ޔާމީން

މީގެ ކުރިން ވެސް މަހުގެ ޑިއުޓީ ކުޑަކުރުމަށް މަސައްކަތް ކުރުމުން، އެއްޖިންސުން ގުޅުން ހިންގުން ފަދަ ލާދީނީ ކަންކަމަށް އެއްބަސް ނުވާތީ އެ މަޝްވަރާތައް ކާމިޔާބު ނުވާކަމަށް އެ މަނިކުފާނު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 އޯގަސްޓު 2024 | ބުރާސްފަތި 18:10
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ގާއިމުކޮށްފައިވާ "ސަމޯއާ އެގްރީމަންޓް" ގައި ރާއްޖެއިން ސޮއިކުރި އިރު ސަމޯއާ އެގްރީމެންޓްގައި ލާދީނީ އެތައް ކަމެއް އެބަ ހުރިކަމަށާއި މިއީ އިސްލާމްދީނަށް ފުރައްސާރަވާފަދަ ގޮތަަކަށް ރިޕޯޓު ނެރެފައިވާ މޯލްޑީވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަށް ވުރެ ބޮޑު މައްސަލަ އެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ބުރާސްފަތި ދުވަހުގެ ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ސަމޯއާ އެގްރީމެންޓާއި މެދުގައި ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ހާމަކުރައްވާފައެވެ. އަދިވެސް ސަމޯއާ އެގްރިމެންޓުގެ މައްސަލައިގައި ސަރުކާރުން ފުރިހަމައަށް ޖަވާބުދާރީވެފައި ނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަ މަޖިލީހުން ބަލާ، އޭގައި ހުރި ކަންކަން މަޖިލީހުން އާއްމުންނަށް ތިލަވާ މިންވަރަށް ކިޔާދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ދިވެހިން ޤަބޫލު ނުކުރާނެ އެތައް ކަމެއް އެ މުއާހަދާގައި ހުރި ކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރީ ލާދީނީ އަދި ގާނޫނުއަސާސީއާ ފުށުއަރާ މާއްދާތަކަށް ރިޒަވޭޝަން ހުށަހެޅުމަށްފަހު ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ވާހަކަތައް ސާފު ނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަމޯއާ އެގްރިމެންޓަކީ އޭޝިއާ، ކެރިބިއަން، ޕެސިފިކް ގައުމުތަކުގެ މެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަަމަށާއި އެއީ އާ އެއްބަސްވުމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ ކުރިން ކޮލޮނައިޒްކޮށްފައި އޮތް ގައުމުތަކަށް ޚާއްސަވެގެން އުފެދުނު އެއްބަސްވުމެއް ކަމަށާއި ސަމޯއާ އެގްރިމެންޓް އައީ އޭގެ ސަކްސެސަރ އެއް ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މިއީ ޔޫރަޕުން އޭރު އިސްތިއުމާރުކޮށްފައި ހުރި ގައުމުތަކަށް ވަކި ހިއްޕާފައި އޮންނަ އޮތުން ނިމުމަކަށް އަޔަ ނުދިނުމަށް ކުރި ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ ކުރިން ވެސް މަހުގެ ޑިއުޓީ ކުޑަކުރުމަށް މަސައްކަތް ކުރުމުން، އެއްޖިންސުން ގުޅުން ހިންގުން ފަދަ ލާދީނީ ކަންކަމަށް އެއްބަސް ނުވާތީ އެ މަޝްވަރާތައް ކާމިޔާބު ނުވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޔޫރަޕްގެ ޓްރޭޑިން ކޮމިޝަނަަރ އާއި އެ މަނިކުފާނުގެ ވެރިކަމުގައި ވާހަކަދެއްކެވި ކަމަށާއި އޭރު ވެސް ޔޫރަޕަށް އެކްސްޕޯޓް ކުރާ މަހުގެ ޑިއުޓީ ކުޑަ ނުވީ އެފަދަ ކަންކަމަށް ރާއްޖެއިން އެއްބަސް ނުވުމުން ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު