Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮލިމްޕިކްސް

އޮލިމްޕިކްސްގައި ކޮވިޑް ފެތުރެނީ، ބައެއް ކުޅުންތެރިން އެކަހެރިކޮށްފި

ފްރާންސްގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ކޮވިޑް ފެތުރެން ފަށައި ބައެއް އެތްލީޓުން މުބާރާތް ދޫކޮށްލައިފި އެވެ.

ރާއްޖެ އެމްވީ | 31 ޖުލައި 2024 | ބުދަ 11:24
އޮސްޓްރޭކިޔާގެ ލާނީ ޕަލިސްޓާ ފަތަނީ

އޮސްޓްރޭކިޔާގެ ލާނީ ޕަލިސްޓާ ފަތަނީ

ފްރާންސްގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ކޮވިޑް ފެތުރެން ފަށައި ބައެއް އެތްލީޓުންނަށް މުހިންމު އިވެންޓްތައް ދޫކޮށްލަން ޖެހިއްޖެ އެވެ.

މި ފަހަރުގެ އޮލިމްޕިކްސް އަކީ 2020 ވަނަ އަހަރު ދުނިޔެ އަށް ކުރިމަތިވި ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން އެއް އަހަރަށް ފަސްކުރި ޓޯކިޔޯ އޮލިމްޕިކްސް އަށް ފަހު ބާއްވާ ފުރަތަމަ އޮލިމްޕިކްސް މުބާރާތެވެ. އެ މުބާރާތާ އަޅާ ބަލާއިރު ޕެރިސް އޮލިމްޕިކްސްގައި ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު މަދު ނަމަވެސް މުހިންމު އެތްލީޓުންނަށް މެޑަލް ނުލިބިދާނެ ކަމުގެ ބިރު ވަނީ ކުރިމަތިވެފަ އެވެ.

ޕެރިހުގައި ކޮވިޑް ޖެހިގެން އެންމެ ފުރަތަމަ މުބާރާތުން ވަކިވާން ޖެހުނީ އޮސްޓްރޭލިޔާގެ ފެތުންތެރިޔާ ލާނީ ޕައްލިސްޓާ އެވެ. 1500 މީޓަރުގެ ފްރީ ސްޓައިލުން މެޑަލް ހޯދާނެ ކަމަށް އުއްމީދުކުރި ފެތުންތެރިޔާ މިހާރު މާސްކް އަޅައި ރައްކާތެރިވެގެންނެވެ.

އޮސްޓްރޭލިޔާ ޓީމުގެ ސްޕޯކްސް ޕާސަން ވިދާޅުވީ ކޮވިޑް ރަނގަޅުވެ ޕައްލިސްޓާ ހަތަރެއް ނުގަ 200 މީޓަރު ރޭހުގައި ފަތާނެ ކަމަށެވެ.

އޭނާގެ އިތުރުން އޮސްޓްރޭލިޔާފެ އަންހެން ވޯތާ ޕޯލޯ ޓީމުގެ ގިނަ ކުޅުންތެރިން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މި ޓީމުގެ ގިނަ ކުޅުންތެރިން ޕޮޒިޓިވްވީ ކަމަށް ބެލެވެނީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތް ބޭއްވި ދުވަހު އެވެ. މިހާރު ހުރިހާ ކުޅުންތެރިން ތިބީ ވަކިން ބައިތިއްބާފަ އެވެ. ކެނެޑާގެ ގިނަ ކުޅުންތެރިން ވެސް ވަނީ ކޮވިޑް ޖެހިފަ އެވެ.

އިނގިރޭސި ފެތުންތެރިޔާ އާދަމް ޕީޓޭ 100 މީޓަރުގެ ބްރެސްޓްސްޓްރޯކް އިވެންޓް ދޫކޮށްލީ ވެސް ކޮވިޑް ޖެހުމުންނެވެ. ނަމަވެސް މި ހަފުތާގެ ފަހުކޮޅު އޮންނަ އިވެންޓްތަކަށް އޭނާ ފިޓްވާނެ އެވެ. ޕީޓޭ ޕޮޒިޓިވް ވުމާއެކު އިނގިރޭސި ކޮންޓިންޖެޓުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. މިހާރު އެންމެން ހެން އުޅެނީ ގިނަވަގުތު މާސްކް އަޅައިގެންނެވެ.

ފްރާންސްގެ އޮލިމްޕިކްސް އޮގަނައިޒިން ކޮމިޓީން ބުނީ ބައެއް އެތްލީތުން ޕޮޒިޓިވްވި ނަމަވެސް ހުރިހާ ކުޅުންތެރިން ޓެސްޓްކުރުމުގެ ވިސްނުމެއްނެތް ކަމަށެވެ. އޮލިމްޕިކްސް އަކީ ހުރިހާ ގައުމެއްގެ އެތެލީޓުން އެއްތަނެއްގައި (އޮލިމްޕިކް ވިލެޖް)ގައި ތިބޭ މުބާރާތެކެވެ. ކަން މިހެން އޮތް ނަމަވެސް މުބާރާތުގެ ޗީފް ކޮމިއުނިކޭޝަން ޑައިރެކްޓަރ އަންނޭ ޑެޝޯން ވިދާޅުވީ ފްރާންސްގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވުމުން މުބާރާތްތެރޭގައި ކޮވިޑުން ރައްކާތެރިވުމަށް ހާއްސަ އަދި ހަރުކަށި ގަވައިދުތަކެއް ނުގެންގުޅޭ ކަމަށެވެ. ނަމަވެސް ކުޅުންތެރިއަކު ޕޮޒިޓިވްވެއްޖެނަމަ ރައްކާތެރި ފިޔަވަޅުތައް އެޅޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.

ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އިނގިރޭސި ފެތުންތެރިޔާ ޖޭކޮބް ވިޓަލް ބުނީ އެމީހުން އެންމެ މިހާރު އުޅެނީ ވީވަރަކުން އަތްދޮވެގެން، ސެނިޓައިޒްކޮށްގެން، ގިނަވަގުތު މާސްކް އަޅައިގެން ކަމަށެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ވެސް ބެޑްމިންޓަނާއި ޓީޓީ އަދި ފެތުމުގައި ވާދަކުރެ އެވެ. ރާއްޖެއިން މި ތިން ކުޅިވަރުގައި ފަސް އެތްލީޓަކު ވާދަކުރާނެ އެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު