Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮލިމްޕިކްސް

ނަޑާލްގެ ފައިން ހަކަތަ ހުސްވެއްޖެ، ވިސްނަނީ ރިޓަޔާކުރަން

31 ޖުލައި 2024 | ބުދަ 06:09

މީގެ 20 އަހަރުކުރިން އޭނާގެ ފައިގައިހުރި ތާޒާ ކަމާއި އޭނާގެ ކިބާގައި ހުރި ވާދަވެރިކަން ނެތިއްޖެކަމަށް ބުނެ ދުނިޔެދުށް އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ސްޕޭނުގެ ރަފައެލް ނަޑާލް ކުޅުން ހުއްޓާލަން ވިސްނަން ފަށައިފި އެވެ.

ރާއްޖެ އެމްވީ | 31 ޖުލައި 2024 | ބުދަ 06:09
ރެފައެލް ނަޑާލް

ރެފައެލް ނަޑާލް

މީގެ 20 އަހަރުކުރިން އޭނާގެ ފައިގައިހުރި ތާޒާ ކަމާއި އޭނާގެ ކިބާގައި ހުރި ވާދަވެރިކަން ނެތިއްޖެކަމަށް ބުނެ ދުނިޔެދުށް އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ސްޕޭނުގެ ރަފައެލް ނަޑާލް ކުޅުން ހުއްޓާލަން ވިސްނަން ފަށައިފި އެވެ.

އޭނާ މިހެން ބުނީ އޮލިމްޕިކްސްގައި އެންމެ ބޮޑު ވާދަވެރިޔާ ނޮވަކް ޖޮކޮވިޗާ ބައްދަލުކޮށް، އެއްވެސް ވާދަވެރިކަމެއް ނުދެއްކި މުބާރާތުން ކެޓުމުންނެވެ. ނަޑާލްއާ ވާދަކޮށް ޖޮކޮވިޗް ސެޓްތައް ގެންދިޔައީ 6-1 އަދި 6-4 އިންނެވެ. މިއީ ރޮނާލްޑް ގްރޮސްގައި 118 މެޗު ކުޅެން ނަޑާލް ބަލިވި ފަސް ވަނަ މެޗެވެ. ފްރެންޗް އޯޕަން ޗެމްޕިއަންކަން 14 ފަހަރު ހޯދާފައިވާ ކުޅުންތެރިޔާ ބުނީ މެޗުން ބަލިވި މައިގަނޑު ސަބަބަކީ ލިބިފައިވާ އަނިޔާއިން މުޅިން އަރައިގަނެވިފައިނުވުން ކަމަށެވެ. ސިންގަލްސް އިވެންޓުން ކެޓި ނަމަވެސް ޑަބަލްސް މެޗުތަކުގައި ސްޕޭނުގެ ކާލޮސް އަލްކަރާޒްއާއެކު ނަޑާލް މުބާރާތުގައި އަދި ދެމިހުންނާނެ އެވެ.

ނަމަވެސް އޭނާ ބުނީ އޮލިމްޕިކްސް އަށް ފަހު ކުޅުން ހުއްޓާލުމަށް ވަރަށް ބޮޑަށް ވިސްނަމުންދާ ކަމަށެވެ.

އުމުރުން 38 އަހަރުގެ ކުޅުންތެރިޔާ ބުނީ ޖޮކޮވިޗް އޮލިމްޕިކްސްގައި އޭނާގެ މައްޗަށް ގަދަވެގަތީ އޭނާ އަށް މެޗު ކާމިޔާބު ކުރަން އެއްވެސް ކަމެއް ނުކުރެވުމުން ކަމަށެވެ.

އޭނާ ބުނީ މީގެ 20 އަހަރު ކުރިން އޭނާ ޓެނިސް ކުޅެން ފެށިއިރު ހަށިގަނޑުގައި ހުރި ތާޒާ ކަމާއި އޭނާގެ ކިބައިން ފެނުނު ވާދަވެރިކަމުގެ ރޫހު މިހާރު ނެތްކަން ގަބޫލުކުރެވޭ ކަމަށެވެ.

ޓެނިހުގެ ދުނިޔޭގައި ފާއިތުވެދިޔަ 20 އަހަރު އެންމެ ބޮޑު ވާދަވެރިކަމެއް ދެއްކީ ނަޑާލް އާއި ޖޮކޮވިޗެވެ. މިހެންވެ އޭނާގެ ކޯޓާ ވަކިވުމަކީ ގިނަ ބަޔަކު އަދިވެސް އެދޭ ކަމެއްނޫނެވެ. އިއްޔެ ޖޮކޮވިޗާއެކު އޭނާ ކުޅުނު މެޗާއި މުބާރާތުގައި އޭގެ ކުރިން ކުޅުނު މެޗުތައް ބަލަން ސްޕޭނުގެ ޝާހީ އާއިލާގެ މެމްބަރުން ވެސް ވަޑައިގެންނެވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

14 ޖޫން 2017

އޭޝިއަންކަޕް ކޮލިފައިން: އޮމާންގެ މައްޗަށް ފަލަސްތީން ކުރިހޯދިއިރު، ކެމްބޯޑިއާ އިން އަފްއާނިސްތާން ބަލިކޮށްފި

14 ޖޫން 2017
އޭޝިއަންކަޕް ކޮލިފައިން: އޮމާންގެ މައްޗަށް ފަލަސްތީން ކުރިހޯދިއިރު، ކެމްބޯޑިއާ އިން އަފްއާނިސްތާން ބަލިކޮށްފި
13 ޖޫން 2017

އޭޝިއަން ކަޕް ކޮލިފައިން: ބޫޓާން ބަލިކޮށް ރާއްޖެ ފުރަތަމަ ތިން ޕޮއިންޓް ހޯދައިފި

13 ޖޫން 2017
އޭޝިއަން ކަޕް ކޮލިފައިން: ބޫޓާން ބަލިކޮށް ރާއްޖެ ފުރަތަމަ ތިން ޕޮއިންޓް ހޯދައިފި
12 ޖޫން 2017

ވާރލްޑްކަޕް ކޮލިފައިން: ސްޕެއިން މޮޅުވިއިރު، ވޭލްސް އެއްވަރުވެއްޖެ

12 ޖޫން 2017
ވާރލްޑްކަޕް ކޮލިފައިން: ސްޕެއިން މޮޅުވިއިރު، ވޭލްސް އެއްވަރުވެއްޖެ
28 މެއި 2017

އަކޫ އާއި އައްމަޑޭ ހިމަނާ ކޮލިފައިން މެޗު އަދި ޓްރެއިނިން ކޭމްޕަށް ގައުމީ ސްކޮޑް އެކުލަވާލައިފި

28 މެއި 2017
އަކޫ އާއި އައްމަޑޭ ހިމަނާ ކޮލިފައިން މެޗު އަދި ޓްރެއިނިން ކޭމްޕަށް ގައުމީ ސްކޮޑް އެކުލަވާލައިފި
02 މެއި 2017

އަންހެން ބައިން، ފެނަކަ އަދި ދިވެހި ސިފައިންގެ ކްލަބް ފައިނަލަށް

02 މެއި 2017
އަންހެން ބައިން، ފެނަކަ އަދި ދިވެހި ސިފައިންގެ ކްލަބް ފައިނަލަށް
22 އެޕްރީލު 2017

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އަށް ފަސޭހަ ގްރޫޕެއް؟

22 އެޕްރީލު 2017
އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އަށް ފަސޭހަ ގްރޫޕެއް؟
26 މާރިޗު 2017

ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

26 މާރިޗު 2017
ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި
26 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް
25 މާރިޗު 2017

އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

25 މާރިޗު 2017
އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް