Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވާރލްޑްކަޕް ކޮލިފައިން

ވާރލްޑްކަޕް ކޮލިފައިން: ސްޕެއިން މޮޅުވިއިރު، ވޭލްސް އެއްވަރުވެއްޖެ

ސްޕެއިން މޮޅުވީ މެސެޑޯނިއާއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 12 ޖޫން 2017 | ހޯމަ 14:58
ސްޕެއިން ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާލުކުރަނީ

ސްޕެއިން ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާލުކުރަނީ

ވާރލްޑްކަޕް ކޮލިފައިންގައި ސްޕެއިން މޮޅުވިއިރު، ވޭލްސް އާއި ސާބިއާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ސްޕެއިން މޮޅުވީ މެސެޑޯނިއާއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

މެސެޑޯނިއާގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ސްޕެއިން އެވެ. އެގޮތުން 15 ވަނަ މިނެޓުގައި ސްޕެއިން އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް ސިލްވާ އެވެ.

މި ލަނޑަށްފަހުވެސް ސްޕެއިން އިން ދިޔައީ މެސެޑޯނިއާގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ހޯދަމުންނެވެ. ސްޕެއިން އަށް މެޗުގެ ލީޑު ފުޅާކޮށްދިނީ 27 ވަނަ މިނެޓުގައި ޑިއެގޯ ކޯސްޓާ އެވެ.

ފުރަތަމަ ހަފް ނިމުނީ 0-2 ގެ ނަތީޖާއިން މެސެޑޯނިއާގެ މައްޗަށް ސްޕެއިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މެސެޑޯނިއާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، އެޓީމުން ވަނީ މޮޅު ޑިފެންސެއްވެސް ކޮށްފައެވެ. އެގޮތުން ބައިކޮޅަށް އިތުރު ލަނޑެއް ވަނެ ނުދިނުމަށް މެސެޑޯނިއާ ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

މެޗުގައި މެސެޑޯނިއާ އަށް ފަރަގު ކުޑަކޮށްދިނީ 66 ރިސްޓޮވްސްކީ އެވެ. މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ ނަތީޖާ ހަމަހަމަކުރަން ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ސްޕެއިން އޮތީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި މެސެޑޯނިއާ އޮތީ ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ގްރޫޕްގެ ފަސްވަނައިގަ އެވެ.

ކޮލިފައިންގައި ސާބިއާ އާއި ވޭލްސް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ސާބިއާގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވޭލްސް އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 35 ވަނަ މިނެޓުގައި އާރޮން ރަމްސީ އެވެ.

މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ ލީޑު ފުޅާކުރަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ސާބިއާގެ މައްޗަށް ވޭލްސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސާބިއާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، ވޭލްސްގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ސާބިއާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 73 ވަނަ މިނެޓުގައި މިޓްރޮވިކް އެވެ.

މި ނަތީޖާއާއެކު ވޭލްސް އޮތީ ކުޅުނު ހަ މެޗުން ލިބުނު 8 ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގަ އެވެ. ސާބިއާ އޮތީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އަށް ފަސޭހަ ގްރޫޕެއް؟

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އަށް ފަސޭހަ ގްރޫޕެއް؟

22 އެޕްރީލު 2017
ޕްރެމިއާ ލީގު: އާސެނަލް އަދި ޓޮޓެންހަމް މޮޅުވިއިރު، ލިވަޕޫލް އެއްވަރުވެއްޖެ

ޕްރެމިއާ ލީގު: އާސެނަލް އަދި ޓޮޓެންހަމް މޮޅުވިއިރު، ލިވަޕޫލް އެއްވަރުވެއްޖެ

06 އެޕްރީލު 2017
އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން

އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން

29 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު