Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ ފްލެޓު ކުއްޔަށް ދޫކުރާ މައްސަލަ

ހިޔާ ފްލެޓު ކުށްޔަށްދޭ ކަމަށްވާނަމަ ފިޔަވަޅު އަޅަން މަސައްކަތް ކުރާނަން: މިނިސްޓަރު ހައިދަރު

ހިޔާ ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ އެހައި ބޮޑަށް ފާހަގަކުރެވެނީ އެފްލެޓުތައް ދޫކޮށްފައިވަނީ ހައްގުވެރިންނަށް ނޫން ކަމަށްވާތީ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖުލައި 2024 | ހޯމަ 10:06
ހިޔާ ފްލެޓުތައް - ހިޔާ ފްލެޓު ކުއްޔަށް ދީ ނުވަތަ ފްލެޓުގެ ވެރިފަރާތުން އެތަނުގައި ދިރިނުޅޭ ކަމަށްވާނަމަ އެއީ ބޯހިޔާވަހިކަން ބޭނުންވާ ބައެއް ނޫން ކަމަށް ވަނީ ވިދާލުވެފަ

ހިޔާ ފްލެޓުތައް - ހިޔާ ފްލެޓު ކުއްޔަށް ދީ ނުވަތަ ފްލެޓުގެ ވެރިފަރާތުން އެތަނުގައި ދިރިނުޅޭ ކަމަށްވާނަމަ އެއީ ބޯހިޔާވަހިކަން ބޭނުންވާ ބައެއް ނޫން ކަމަށް ވަނީ ވިދާލުވެފަ

ހިޔާ ފްލެޓު ކުއްޔަށްދޭ ކަމަށްވާނަމަ ފިޔަވަޅު އަޅަން މަސައްކަތް ކުރާނެ ކަމަށް ހައުސިންގ މިިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ކުރިއަށް ދިޔަ ޕެޓިޝަން ކޮމެޓީގައި ފްލެޓުތައް ކުއްޔަށް ދޫކުރާ މައްސަލާގައި ފިޔަވަޅު އަޅާނެތޯ އެކަންތައްތައް ބަލަނީ ކިހިނެތްތޯ މެމްބަރުން ވަނީ ސުވާލު ކުރައްވާފައެވެ. އެސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ދައުލަތަށް ކުޑަ ކުލި ދައްކައިގެން ދިރިއުޅުމަށް ދޫކޮށްފައިވާ ހިޔާ ފްލެޓު ބޮޑު އަގުގައި ކުއްޔަށްދޭނަމަ އަދި އެކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާނަމަ ފިޔަވަޅު އަޅަން މަސައްކަތް ކުރާނެ ކަމަށެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ ހިޔާ ފްލެޓު ކުއްޔަށް ދީ ނުވަތަ ފްލެޓުގެ ވެރިފަރާތުން އެތަނުގައި ދިރިނުޅޭ ކަމަށްވާނަމަ އެއީ ބޯހިޔާވަހިކަން ބޭނުންވާ ބައެއް ނޫން ކަމަށެވެ. އަދި ހިޔާ ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ އެހައި ބޮޑަށް ފާހަގަކުރެވެނީ އެފްލެޓުތައް ދޫކޮށްފައިވަނީ ހައްގުވެރިންނަށް ނޫން ކަމަށްވާތީ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ހައިދަރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ފްލެޓުތައް ދޫކުރާއިރު، މިމައްސަލަތައް ދިމާނުވާނެ ގޮތަކަށް ކަންކަން ކުރާނެ ކަމަށާއި، ފްލެޓުތައް ދޫކުރާނީ ބޯހިޔާވަހިކަން އެންމެ ބޭނުންވާ މީހުންނަށް ކަމަށެވެ. އެގޮތުން އޮޅުވާނުލެވޭ މިންވަރަށް އިވެލުއޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

11 މެއި 2023 ގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި 5300 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ. އަދި މެއިންޓެނެންސް ފީއަށް 1000 ރުފިޔާ ދައްކަންޖެހެއެވެ.

25 ބުރީގެ 16 ޓަވަރުގެ ފްލެޓުތަކުގެ ކުއްޔަށް މީގެ ކުރިން މަހަކަށް ދެއްކީ 7،500 ރުފިޔާ އަދި މެއިންޓެނެސް ފީއަށް 1،000 ރުފިޔާއެވެ.

ނަމަވެސް ހިޔާ ފްލެޓުގެ ބައެއް ފްލެޓުތަކެއް ވަނީ 12،000 ރުފިޔާއަށް އަދި 8000 ރުފިޔާއަށް ކުއްޔަށް ދޫކޮށްފައެވެ. އަދި ބައެއް ފްލެޓުތައް ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގޮތަށް ކުއްޔަށް ދޫކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވެއެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

23 މާރިޗު 2017
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް
20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
16 މާރިޗު 2017

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

16 މާރިޗު 2017
އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް
13 މާރިޗު 2017

ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ

13 މާރިޗު 2017
ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު