Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީސީބީގެ ނައިބު ރައީސް ފިރާޒު ވަކި ކުރުން

ދައުރު ހަމަނުވަނީސް ޕީސީބީގެ ނައިބު ރައީސް ފިރާޒު ވަކިކޮށްފި

28 ޖުލައި 2024 | އާދީއްތަ 12:35

ފިރާޒް މަގާމުން ވަކިކުރެއްވީ ދައުރު ހަމަނުވަނީސް، ބާކީ 2 އަހަރު އެބައޮތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ޖުލައި 2024 | އާދީއްތަ 12:35
ޕީސީބީގެ ނައިބު ރައީސް ފިރާޒު އަށް އެ އޮފީހުގެ މުވައްޒަފުން ދިން ފެއަރވެލްގެ ތެރެއިން

ޕީސީބީގެ ނައިބު ރައީސް ފިރާޒު އަށް އެ އޮފީހުގެ މުވައްޒަފުން ދިން ފެއަރވެލްގެ ތެރެއިން

ދައުރު ހަމަނުވަނީސް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ނައިބުރައީސް މުހައްމަދު ފިރާޒު ވަކިކޮށްފިއެވެ.

ފިރާޒު މަގާމުން ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް ދައުރުގެ ބާކީ 2 އަހަރު އޮއްވާ އޭނާ މަގާމުން ވަކިކުރި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ. އަދި ޕީސީބީން ވެސް އެކަން ހާމައެއް ނުކުރެއެވެ.

Advertisement - newsAdvertisement

ޕީސީބީން ވަކިކުރެއްވިކަން ހާމަކުރައްވާ އެކްސްގައި ފިރާޒް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޕީސީބީ އިން ވަކިވެވަޑައިގަންނަވާއިރު، މަސައްކަތުގެ ލަނޑުދަނޑިތައް ފުރިހަމަވެފައިވާ ކަމުގެ އިހުސާސް ކުރައްވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ.

ފިރާޒް ވިދާޅުވީ ޕީސީބީގައި ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރު، މުޅި އެސްއޯއީތަކުގެ ދާއިރާ އިސްލާހު ކުރުމަށް ނަޒާހަތްތެރިކަމާއި ތެދުވެރިކަމާއެކު، ގައުމާއި، އާންމުންނާއި ސަރުކާރާ މެދު އޭނާގެ ޒިންމާތަކާއި ވާޖިބުތައް ފުރިހަމަކޮށްފައިވަނީ އެންމެ އިތުބާރާއެކު އަދި ހަގީގީ ރޫހުގައި ކަމަށެވެ.

މީގެ އިތުރުން ޕީސީބީގެ ޓީމާއެކު އެސްއޯއީތަކަށް ހެޔޮބަދަލުތަކެއް ގެނެވުނު ކަމަށާއި، އޭނާ ލީޑް ކުރި ގިނަ ދާއިރާތަކަކީ ތަންފީޒު ކުރެވެމުންދާ ދާއިރާތަކެއް ކަަމަށާއި، ބައެއް ދާއިރާތައް ބައެއް ގޮތްގޮތުން ތަންފީޒު ކުރެވިފައިވާ އަދި މަސައްކަތް ކުރަމުންދާ ދާއިރާތައްވެސް ހިމެނޭ ކަމަށެވެ. ފިރާޒު ނައިބުރައީސްގެ މަގާމުގައި ހުންނަވައިގެން އެސްއޯއީ ދާއިރާގެ ވިސްލްބްލޯވަރ މެކޭނިޒަމް ހަރުދަނާ ކުރުމާއި، ޑިރެކްޓަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ސިޔާސަތަށް ބަދަލު ގެނައުން ފަދަ ކަންކަން ހިމެނެއެވެ.

ޕީސީބީގެ މެންބަރެއްގެ ދައުރަކީ 5 އަހަރެވެ. އަދި ފިރާޒު ޕީސީގެ ނައިބުރައީސްގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އެ ބޯޑުގެ ކުރީގެ ރައީސް ހަސަން ވަހީދު، އިސްތިއުފާ ދެއްވުމުން، ނައިބު ރައީސް ކަމުގައި ހުންނެވި އާސިމް މުހައްމަދު ރައީސްކަމަށް އައްޔަންކުރެއްވުމާއެކު ނައިބު ރައީސްގެ މަގާމު ހުސްވުމުންނެވެ.

މި ސަރުކާރުން ވަނީ އާސިމްވެސް ފަހުން އެ މަގާމުން ވަކިކޮށްފައެވެ. އަދި އެ މަގާމަށް އައްޔަންކުރީ ހަމްދީ އަގީލްއެވެ. އަދި އިތުރު 6 މެންބަރަކު އެ ބޯޑަށް މި ސަރުކާރުން އައްޔަންކުރިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް