Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރީކޯ މޫސަ

ޕީޕީއެމްގެ ހަރަކާތައް ދެން ދައްކާލާނީ މަގުމަތިން: ރީކޯ މޫސަ

13 އޯގަސްޓު 2017 | އާދީއްތަ 03:03

މަގުމަތީ ހަރަކާތަކީ ވަކި ވައްޓަފާޅިއަކަށް ކުރިއަށް ގެންދަންޖެހެ ހަރަކާތެއް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 13 އޯގަސްޓު 2017 | އާދީއްތަ 03:03
ޕީޕީއެމުން ރައްޔިތުން ތަރައްޤީ އާއި އެކު ބޭއްވި ހަރަކާތުގެ ތެރެއިން

ޕީޕީއެމުން ރައްޔިތުން ތަރައްޤީ އާއި އެކު ބޭއްވި ހަރަކާތުގެ ތެރެއިން

ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި މަގުމަތިން ދައްކާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މޫސާ މަނިކު ( ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ތަރައްޤީއާއި އެކު ރައްޔިތުން މި ނަމުގައި ހޮނިހިރު ދުވަހު ހަވީރު ލ. އަތޮޅު ފޮނަދޫގައި ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރުން ހީކުރައްވަނީ ޕީޕީއެމަށް މަގުމައްޗަށް ނުކުންނަން ނުކުރޭނެ ކަމަށެވެ. މަގުމަތީ ހަރަކާތަކީ ވަކި ވައްޓަފާޅިއެއްގައި ކުރިއަށް ގެންދަން ޖެހޭ ހަރަކާތެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިދިކޮޅު ފަރާތަކަށް ޕީޕީއެމްގެ މަގުމަތީ ހަރަކާތް ދައްކާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"ސިޔާސީ ކަންކަމަކީ ވަރަށް ފާނޑަކަށް ހިނގާ ކަންކަން، ސިޔާސީ ކަންކަން ކުރަނީ ސިޔާސީ ކަންކަން ކުރަން ދަންނަ މީހުން، ތަންތަނަން މީހުން އެއްވަނީ، މީހުން އެއްކުރަނީ، ސިޔާސީ ހަރަކާތް ކުރެވެނީ، ވަކި ވައްޓަފާޅިއަކަށް ކުރާ ކަމެއް އެއީ، އަޅުގަނޑުމެނަން އެކަން އެނގިގެން ﷲ އިރާދަކުރެއްވިއްޔާ މި ކުރަނީ، މިއަދުން ފެށިގެން 2018 ގެ އިންތިހާބާއި ހަމައަށް އަޅުގަނޑުމެން، ޕީޕީއެމް އަބަދުވެސް މަގުމަތިން ދައްކާނަން" ރީކޯ މޫސަ ވިދާޅުވިއެވެ.

އެހެންނަމެވެސް ޕީޕީއެމަކީ ވެރިކަން ކުރާ ޕާޓީއަށް ވުމުން މަގުމަތީ ހަރަކާތް ކުރިއަށް ގެންދަނީ އުފާފާޅުކުރާ ހަރަކާތެއްގެ ގޮތުގައި ކަމަށާއި އެ ހަރަކާތްތައް ވެގެންދަނީ ގާނޫނާއި ގަވައިދާއި އެއްގޮތަށް ކުރިއަށް ގެންދާ ހަރަކާތްތަކަށް ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

" އަޅުޑުމެންގެ ހަރަކާތްތައް ކުރިއަށް ގެންދާނީ އަދަބުވެރިކަމާއި، އިހްލާސްތެރިކަމާއި އެކީގައި، ރައްޔިތުންނަން ދުއްތުރާ ކުރާ ބައެއްގެ ގޮތުގައެއް ނޫން އިނގޭތޯ، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ރާއްޖޭގެ ރައްޔިތުންނަން ޓަކައި" ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ހަރަކާތައް އިޝަރާތް ކުރައްވާ މޫސަ ވިދާޅުވިއެވެ.

ޕީޕީއެމަށް ތާއިދު ކުރާ ބައެއް މެމްބަރުން އިދިކޮޅު ޕާޓީތަކަށް ތާއިދު ކުރުމުން އެކަމަށް އިޝާރަތް ކުރައްވާ މޫސަ ވިދާޅުވީ ޕީޕީއެމަށް ތާއިދު ކުރާ މީހުން އެޕާޓީއާއި އިދިކޮޅު ވަނީ ކީއްވެގެންކަން ނުވިސްނޭ ކަމަށެވެ. ތަރައްޤީގެ މައްސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާއިރު، ބައެއް މީހުން އިދިކޮޅު ވަނީ ޕީޕީއެމާއި ތޯ ނުވަތަ ސަރުކާރާއިތޯ އަދި ގައުމާތޯ ވެސް ނޭނގޭ ކަމަށް ޕީޕީއެމާއި ގުޅިވަޑައިގަތުމަށް ފަހު ބޭއްވި އެޕާޓީގެ ފުރަތަމަ ހަރަކާތުގައި ބައިވެރިވެ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވިއެވެ.

" ރައީސް ޔާމީން ނުބައްލަވާ އިނގޭތޯ ބޭބެ އަކަށް ، ކޮއްކޮއަކަށް، ގާނޫނު ތަންފީޒު ކުރައްވަނީ، އެއީ ޑިމޮކްރަސީ އަކީ، އެއީ ހަގީގަތަކީ، ޑިމޮކްރަސީގެ މާނައަކީ ތިމާއަށް މޮޅުވާގޮތަށް، ތިމާއާއިލާއަށް މޮޅުވާ ގޮތަށް ކަންކުރުމެއް ނޫން" މޫސަ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް