Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރުންގެ އަދަދު މަދުކުރުން

ހަމައެކަނި ޚަރަދުކުޑަކުރުމުގެ ވިސްނުމުގައި މެމްބަރުންގެ އަދަދު 65 އަށް މަދުކުރިއަސް ހަގީގީ ފައިދާ އެއް ނުވާނެ - މަހްފޫޒް

ވެރިކަން ހިންގާ ފަރާތުން އެއްވެސް އިމެއް ނެތި މީހުން އައްޔަން ކުރާ އިރު ޚަރަދު ކުޑަކުރުމަށް އިންތިޚާބު ކުރާ އިދާރާތަކުގެ މީހުން އަދަދު މަދުކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް އަނަސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 ޖުލައި 2024 | އާދީއްތަ 11:13
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން

ހަމައެކަނި ޚަރަދުކުޑަކުރުމުގެ ވިސްނުމުގައި މެމްބަރުންގެ އަދަދު 65 އަށް މަދުކުރި އަސް ހަގީގީ ފައިދާ އެއް ނުވާނެކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ މަހްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. އެ ކޮމިޓީ ބައްދަލުވުމަކީ މަޖިލިސް މެމްބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާއި މެދު 20 ވަނަ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ މައްސަލަ އާއި ގުޅިގެން ޕީޕީއެމް، ޕީއެންސީ އަދި އެމްޑީޕީ އާއި މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

Advertisement - newsAdvertisement

މަހްފޫޒް ވިދާޅުވީ 77ށް މެމްބަރުންގެ އަދަދު ތިރިކުރި ނަމަވެސް އެކަން ކުރާ ހަމައެކަނި މަޤްސަދަކީ ދައުލަތުގެ ޚަރަދުކުޑަކުރުންކަމަށް ވެގެން ނުވާނެ ކަމަށެވެ. ބަދަލުގެންނަންވީ ޚަރަދުތައް މެނޭޖްކުރުމުގެ ވިސްނުމުން ނޫންކަމަށާއި ރަނގަޅު ބަދަލެއް ގެނެވޭނީ އިންތިޚާބު ކުރާ މީހާއަކީ ޤާބިލް މީހަކަށް ހެދުމުގެ ވިސްނުމެއްގައި މަސައްކަތްކޮށްގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މެމްބަރުން އިންތިޚާބު ކުރެވޭ ގޮތް ބަދަލުކުރެވިއްޖެ ނަމަ ޤާނޫނު އަސާސީން ތަސައްވުރުކުރާ ފަދަ ގާބިލް މެމްމަބަރުން އިންތިޚާބުކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވެސް މަހުފޫޒް ވިދާޅުވިއެވެ. މަހްފޫޒް ވަނީ މަޖިލީހަށް މިހާރު ހޮވެނީ އެންމެ ނުފޫޒު ގަދަ ދާއިރާގެ މީހުންނާއި އެންމެ ގުޅުން ރަނގަޅު މީހާ އެންމެ ތާއީދު ބޮޑު މީހާކަަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ މީހާއަކީ ޤާނޫނު ހެދުމުގައި ރައްޔިތުން ތަމްސީލްކުރުމަށް އެންމެ ޤާބިލް މީހާ ކަމަށް ނުވާކަމަށް މަހްފޫޒް ވިދާޅުވިއެވެ. ރަނގަޅަށް ނިޒާމް ބަދަލުކުރެވިއްޖެ ނަމަ ރައްޔިތުންގެ ތާއީދު ވެސް ބިނާވެގެންދާނީ ޤާބިލް މީހާ ހޮވޭ ގޮތަށް ކަމަށް މަހްފޫޒް ވިދާޅުވިއެވެ.

މަހްފޫޒް ވަނީ މިފަދަ ބަދަލެއް ގެންނަ އިރު ޤާނޫނު އަސާސީއަށް ބޮޑު ބަދަލެއް ގެންނާނެތޯ ނުވަތަ ނޫންތޯ ވެސް ވިސްނާލަންޖެހޭ ކަމަށެވެ. މި މަރުހަލާގައި މަޝްވަރާކުރާ އިރު ވީހާވެސް ގިނަ ބަޔަކާއި މަޝްވަރާކޮށް ގިނަ ބައެއްގެ ޚިޔާލު ހޯދުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. މަހްފޫޒް ވަނީ ޑިމޮކްރަޓިކް އެހެނިހެން ޤައުމުތަކުގައި ވެސް މެމްބަރުންގެ އަދަދު ވަނީ ވަކި މިންގަނޑެއްގައި ހިމެނިފައިކަން ފާހަގަކުރައްވާފައެވެ. އަދި މެމްބަރުންގެ އަދަދު މަދުކުރި ނަމަވެސް ރައްޔިތުން ތަމްސީލުކުރުން ކުޑަ ނުވާނެ ގޮތަކަށް އެކަން ކުރުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު އެ ކޮމިޓީގައި ވިދާޅުވީ ޚަރަދު ކުޑަކުރަން އެ ބަދަލު ގެނައުން އެންމެ ރަނގަޅު ނޫން ކަމަށެވެ. އެގޮތުން ހުށަހަޅާފައިވާ ގަރާރުގައި ވެސް މާލީ ބުރަ އޮތްކަން ފާހަގަކުރެއްވި ނަމަވެސް ޚަރަދުކުޑަކުރުމަށް ކުރެވިދާނެ އެހެނިހެންކަންކަން ހުރި ކަމަށާއި އެ ބަދަލުތަކަކީ ވަގުތުން ވަގުތަށް ގެނެވިދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޚަރަދުގެ ގޮތުން ބަލާ ނަމަ މާލީ ބުރަ ހުރިހާ ދިމާލަކުން އުފުލަން ޖެހޭނެ ކަމަށާއި އޭގެ ބުރަ އަންނަންވާނީ ހަމައެކަނި ރައްޔިތުން އައްޔަންކުރާ މީހުންނާއި ހަމައަށް އެކަނި ނޫންކަމަށް ވެސް އަނަސް ވިދާޅުވިއެވެ. ވެރިކަން ހިންގާ ފަރާތުން އެއްވެސް އިމެއް ނެތި މީހުން އައްޔަން ކުރާ އިރު ޚަރަދު ކުޑަކުރުމަށް އިންތިޚާބު ކުރާ އިދާރާތަކުގެ މީހުން އަދަދު މަދުކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް އަނަސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލާ، މެމްބަރުންގެ އަދަދު މަދުކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުވެސް ވަނީ ހާމަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަކީ ކުޑަ މުޖުތަމައު އެއް ކަމަށާއި ރާއްޖޭގެ ކަންކަން ބައްޓަންކުރަންވާނީ ރާއްޖެ އަށް ހެޔޮވަރު ގޮތަކަށް ކަމަށެވެ. އެކި ރަށްތަކަކަށް ބެހިފައި އޮތް ނަމަވެސް ރާއްޖޭގެ ނިޒާމް ބައްޓަންކުރަންވާނީ ޚަރަދުގެ ގޮތުން ކަތާނެ ގޮތަކަށް ބަލައިގެން ކަަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. ރާއްޖޭގެ ސިޔާސީ ދުސްތޫރީ ނިޒާމް ރޭވިފައި އޮތީ ވަރަށް ގިނަ އިންތިޚާބުތައް ބާއްވާ ގޮތަށް ކަމަށާއި އެކަން ކުރަން ޖެހޭނީ ޚަރަދު ދެކޮޅު ޖެހޭ ގޮތަކަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދައުލަތް ހިންގުމުގައި ޚަރަދުކުރަންވާނީ ޒިންމާދާރު ގޮތަކަށް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު