Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒު އިތުރުފުޅު ހެއްދެވުން

އާރު.ޓީ.އައި އަކަށް ޖަވާބު ނުދީ މިހާރު ނޯންނާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ބޮޑު އިތުރުފުޅެއް ހައްދަވައިފި

ރާއްޖެއެމްވީގެ ފަރާތުން ހުށަހަޅާފައިވާ ގިނަ އާރު.ޓީ.އައި ތަކަކަށް ޖަވާބު ދީފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 ޖުލައި 2024 | ހޮނިހިރު 11:11
ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން، ރައީސް އޮފީހާއި ވުޒާރާތަކަށް މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް އާރު.ޓީ.އައި އަކަށް ޖަވާބު ނުދީ މިހާރު ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެ ބޮޑު އިތުރުފުޅެއް ހައްދަވައިފިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ރައީސް އޮފީސް ހިމެނޭހެން ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް އާރު.ޓީ.އައި އަކަށް ސަރުކާރުން ޖަވާބު ނުދީ ނޯންނާނެ ކަމަށާއި، މި ސަރުކާރު ހިންގާނީ ހާމަކަންބޮޑު ޖަވާބުދާރީވަނިވި ގޮތެއްގައި ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ރާއްޖެއެމްވީގެ ފަރާތުން ހުށަހަޅާފައިވާ ގިނަ އާރު.ޓީ.އައި ތަކަކަށް ޖަވާބު ދީފައިނުވެއެވެ. މީގެ އިތުރުން މައުލޫމާތު ނުދީގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށަހަޅާ މައްސަލަތައް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 58 އިންސައްތަ ވަނީ އިތުރުވެފައެވެ.

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ މައުލޫމާތު ހާމަކުރުމަށް އެދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުށަހަޅާފައިވަނީ 139 ކޭސް ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 58 އިންސައްތަ އިތުރުވުމެއްކަމަށް އާހިދު ވިދާޅުވިއެވެ.

އާހިދު ވިދާޅުވީ ހުށަހެޅިފައިވާ މައްސަަލަތަކުގެ ތެރެއިން 90 އިންސައްތަ މައްސަލައަކީ ދައުލަތުގެ އިދާރާތަކުން ދޭންޖެހޭ މައުލޫމާތު ހިފަހައްޓައިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަ ކަމަށެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރ ގައި 581 އާރްޓީއައި މަހޯލި ޕޯޓަލް މެދުވެރިކޮށް އެކި ފަރާތްތަކުން ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އިދާރަތަކުން ބަލައިގަނެފައިވަނީ އެންމެ 48 އިންސައްތަ އާރްޓީއައިކަމަށް ވެސް އާހިދު ވިދާޅުވިއެވެ. އާހިދު ވިދާޅުވި ގޮތުގައި މަހޯލި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އާރްޓީއައިތަކަށް އެއްގޮތަކަށް ވެސް ޖަވާބުނުދޭ އިދާރާތައް އަދިވެސް އެބަހުއްޓެވެ.

އާހިދު ވިދާޅުވީ، ޕޯޓަލް މެދުވެރިކޮށް އެންމެ ގިނަ އާރްޓީއައި ލިބިފައިވަނީ ރައީސް އޮފީހަށް ކަމަށެވެ. އެގޮތުން 69 ރިކުއެސްޓް ލިބިފައިވާއިރު، އޭގެ ތެރެއިން 60 އިންސައްތަ އާރްޓީއައި ރިކުއެސްޓް ރައީސް އޮފީހުން މިހާތަނަށް އަދި ބަލައިގެންފައި ވެސް ނުވާކަމަށް އާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން މުލިއާގެ ހަދަން ދިޔަ ހަރަދުގެ ތަފްސީލު ދިނުމަށް ސަރުކާރުން ވަނީ ފުރަތަމަ ދެކޮޅު ހަދާފައެވެ. އެ މައުލޫމާތު ހިއްސާކުރުމަށް އައިކޮމްގެ ފަރާތުން ރައީސް އޮފީހަށް އަންގާފައިވަނީ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. ތިން ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށް އެންގި ނަމަވެސް އެއަށް އަމަލުކޮށްފައިނުވެއެވެ. އެ މައުލޫމާތު މީޑިއާތަކަށް ދީފައިވަނީ 26 ޖުލައި 2024 ގައެވެ.

މީގެ ކުރިން ރައީސް މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އާރުޓީއައިއަށް ލާންޖެހޭ ހިސާބަކަށް ނުދާނެ ކަމަށާއި، މި ސަރުކާރުގައި ހުރިހާ މައުލޫމާތެއް ލިބެމުންދާނެ ކަމަށެވެ.

މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް އާރު.ޓީ.އައި އަކަށް ޖަވާބު ނުދީ މިހާރު ނޯންނާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އިތުރުފުޅު ހައްދަވާފައިވާއިރު، މި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ހަގީގީ މާނާގައި ރާއްޖޭން ކޮރަޕްޝަން ނައްތާލުމަށް މިހާތަނަށް ރާއްޖޭގައި މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.

އެގޮތުން ދައުލަތުގެ ޚަރަދުތައް ރައްޔިތުންނަށް ހާމަކުރުމަށް ގެންގުޅުއްވާނެ މުހިންމު ބައެއް ސިޔާސަތުތައް އެމަނިކުފާނު މި ޖަލްސާގައި ހިއްސާ ކުރެއްވިއެވެ. ދައުލަތުގެ އެކި މަޝްރޫއުތަކާ މަސައްކަތްތައް ކޮށްދޭ ފަރާތްތަކުން ފައިސާ ހޯދުމަށް ހުށަހަޅާ ބިލްތައް އާންމުކުރެވޭނެ އުސޫލެއް ތައާރަފްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިގޮތަށް މިކަން ހިނގަން ފެށުމުން، އެކި ކަންކަމަށް ކުރާ ހޭދަ ރައްޔިތުންނަށް އޮޅުންފިލުމުގެ އިތުރަށް، ބިލްތައް ލިބެމުންދާ ތަރުތީބުން ފައިސާ ދައްކަމުން ދިޔުމަށް މަގުފަހިވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ ކުރީގެ ސަރުކާރުތަކާ ޚިލާފަށް، މި ސަރުކާރުން މުޅިން އަލަށް ރައީސްއާ އަދި ރައީސްގެ ނައިބު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުތައް އާންމުކުރަމުންދާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމަ އެއާއެކު އަހާ ފޯރަމްގައި ރައްޔިތުންނަށް ލައިވްކޮށް ރައީސްއާ އަދި ވަޒީރުންނާ ސުވާލުކުރުމަށް ފުރުސަތު ފަހިކޮށްދެއްވަމުންދާކަމަށާ، ރައްޔިތުން ބޭނުންވާ ކަންކަން އަހާ އޮޅުންފިލުވުމަށް ގިނަ ދޮރުތައް ހުޅުވާދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ބޭނުމަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންގެ ޝަކުވާތަކާ ޚިޔާލު ސީދާ ރައީސަށް ހުށަހެޅުމަށް ހުޅުވާލާފައިވާ ޕޯޓަލްއަށް ލިބޭ ހުށަހެޅުންތަކަށްވެސް ޖަވާބުދެމުން ގެންދަވާކަން ރައީސްގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ.

މީގެ އިތުރުން، މީޑިއާތަކުން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ފަސޭހަ ކޮށްދެއްވާނެކަމަށާ، މީޑިއާތައް ފުރިހަމައަށް ހަރުދަނާ ގޮތެއްގައި ހިންގުމަށް މި ސަރުކާރުން މީޑިއާ ވިލެޖް ގާއިމުކުރުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުގެ އަދާހަމަ މި ޖަލްސާގައި ރައީސް ވަނީ ޙިއްޞާކުރައްވާފައެވެ. މި ވިލެޖް ގާއިމުކުރައްވާނެ ތަން ހަމަޖައްސަވައިފިކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި މީޑިއާ ވިލެޖްގެ ޚިދުމަތް ލިބެން ފަށާނެކަމަށެވެ. އަދި ނޫސްމީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި މިންވަރެއްގެ އެހީއެއް ދެއްވުމަށް ވެވަޑައިގަތް ވައުދުގެ ދަށުން، އަންނަ އަހަރު ނޫސްމީޑިއާތަކަށް ފައިސާ ދެއްވަން ފަށްޓަވާނެކަން ވެސް މި ޖަލްސާގައި ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

ނަމަވެސް ސީދާ ރައީސް މުއިއްޒުގެ ނުފޫޒުން މިނިވަން މީޑިއާތަކަށް ލިބޭ ސްޕޮންސަރ ކަނޑާލާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ތުހުމަތުކުރައްވާފައެވެ. އަދި ރައްޔިތުންގެ ޝަކުވާތަކަށް ޖަވާބުދެއްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ކޮންމެ ދުވަހަކު ގެނެސްދޭން ބުނީ ރައީސްގެ ޖަވާބު ސިލްސިލާ ހުއްޓިފައި އޮންނަތާ ވަނީ ދެމަހަށް ވުރެ ވެސް ގިނަ ދުވަސްވެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު