Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން އިސްރާއިލް ހަނގުރާމަ

ޔަހޫދީ ސިފައިން ގާޒާ ގެ އެކި ސަރަހައްދު ތަކަށް ބޮން އަޅައިފި، ޚާން ޔޫނިސްގައި ފެންނަ ކޮންމެ މީހެއްގެ ގަޔަށް ބަޑިޖަހަނީ

މިދިޔަ ދެދުވަހު ގާޒާ ސިޓީން 129 މީހުން ވަނީ ޝަހީދު ކޮށްލާފައިވެއެވެ.

ރާއްޖެ އެމްވީ | 26 ޖުލައި 2024 | ހުކުރު 04:25
ޚާއްސަ އެހީއަށް ބޭނުންވާ އަދި ބީރު ޒުވާނެއް ކަމަށްވާ ލޫއޭ ބަރަކާ މިއަދު ހެނދުނު، ދެކުނު ގާޒާގެ ޚާން ޔޫނިސް، ބަނީ ސުހައިލާ ވަށައިގެންވާ މަގު ކައިރީގައި އައިއޯއެފް ސްނައިޕަރެއްގެ އަތުން ޝަހީދުވެފައި

ޚާއްސަ އެހީއަށް ބޭނުންވާ އަދި ބީރު ޒުވާނެއް ކަމަށްވާ ލޫއޭ ބަރަކާ މިއަދު ހެނދުނު، ދެކުނު ގާޒާގެ ޚާން ޔޫނިސް، ބަނީ ސުހައިލާ ވަށައިގެންވާ މަގު ކައިރީގައި އައިއޯއެފް ސްނައިޕަރެއްގެ އަތުން ޝަހީދުވެފައި

ގާޒާ ގެ އުތުރަށާއި މެދުތެރޭ ސަރަހައްދު ތަކަށާއި ދެކުނަށް ޔަހޫދީ ސިފައިން ބޮން އަޅާ ބޮޑެތި ގެއްލުން ތަކެއް ބުރާސްފަތި ދުވަހު ދީފިއެވެ.

ޔަހޫދީ ސިފައިން ހަނގުރާމަމަތީ ބޯޓު ފަހަރުގައި ބޮން އެޅި ތަންތަނުގެ ތެރޭގައި ގާޒާ ސްޓްރިޕް ގެ ޚާން ޔޫނިސް އާއި ބުރެއިޖް ރެފިއުޖީ ކޭމްޕް އާއި ގާޒާ ސިޓީ ހިމެނޭ ކަމަށް އަލް ޖަޒީރާގެ ނޫސްވެރިން ބުނެފައިވެއެވެ.

ގާޒާ ސިޓީގެ ދެކުނު ސަރަހައްދަށް އެއްގަމު މަގުން ޔަހޫދީ ސިފައިން އަލުން އަރާ ދެމުންދާ ހަމަލާތަކުގައި މިދިޔަ ދެ ދުވަހު އެކަނި 129 މީހުން މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޚާން ޔޫނިސް ހިސޯރު ކޮށްގެން ތިބި ޔަހޫދީ ސިފައިން ގެންދަނީ އާންމު ރައްޔިތުންގެ ގަޔަށް ބަޑި ޖަހާ މަރަމުންނެވެ. ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފައިވާ ގޮތުގައި ބުރާސްފަތި ޔަހޫދީ ސިފައިން ބަޑި ޖެހުމުގެ ސަބަބުން މަދުވެގެން 25 މީހުން ވަނީ މަރުވެފައެވެ. އެތަނުގައި ގާއިމްވެ ތިބި ޔަހޫދީ ސިފައިން ގެންދަނީ ފެންނަ ކޮންމެ މީހެއްގެ ގަޔަށް ބަޑި ޖަހަމުން ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޒަޚަމްވާ މީހުން ގެންނަމުންދާ ނާސިރު ހޮސްޕިޓަލުން ބުނެފައިވަނީ ޒަޚަމްވެފައިވާ މީހުންތައް ހުއްޓުމެއް ނެތި ގެންނަމުންދާ ކަމަށާއި، ހޮސްޕިޓަލަށް ގެނައި އެތައް ބައެއްގެ ހާލު ސީރިއަސް ކަމުގައެވެ. ޚާން ޔޫނިސްގައި ޔަހޫދީ ސިފައިންގެ ހަމަލާ އެއްގައި ޒަޚަމްވީ ފަލަސްތީން މީހަކު ހޮސްޕިޓަލަށް ގެންދިޔަ އެމްބިއުލާންސަށް ބަޑިޖަހާ ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލް-މަވާސީ ރެފިއުޖީ ކޭމްޕަށް، ޚާން ޔޫނިސް އިން ގަދަކަމުން ނެރެ ފޮނުވާލާ އެތައް ހާސް ފަލަސްތީން މީހުން އައިސް ޖަމާވުމުގެ ސަބަބުން އެ ތަނުގައި އިތުރަށް އެންމެ ޓެންޓެއް ވެސް އިތުރަށް ޖަހާނެ ޖާގަ ނެތް ކަމަށް ފަލަސްތީނުގެ ރެޑްކްރެސެންޓުން ވަނީ ބުނެފައެވެ.

އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްގެން ގެންގުޅޭ ފަލަސްތީނު މީހުންގެ ތެރެއިން އެގާރަ މީހަކު ބުރާސްފަތި ދުވަހު ވަނީ ދޫކޮށްލާފައެވެ. އޭގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ކުއްޖަކު ނޫސްވެރިންނަށް ކިޔައިދިން ގޮތުގައި ހަމާސް އާ ބެހޭ މައުލޫމާތާއި ހަމާސް އިން ރަހީނު ކޮށްފައިވާ އިޒްރޭލު މީހުންނާ ބެހޭ މައުލޫމާތު ހޯދުމަށް އޭނާ އަށް ޔަހޫދީ ސިފައިން ވަނީ ބޮޑެތި އަނިޔާ ކޮށްފައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގާޒާ ގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގައި މިހާތަނަށް 39،175 ފަލަސްތީން މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވީ މީހުންގެ އަދަދު 90،403 ށް ވަނީ އަރާފައެވެ.

އިސްރާއީލް އަސްކަރިއްޔާއިޒްރޭލްޚާން ޔޫނިސްފަލަސްތީން - އިސްރާއީލް ހަމަނުޖެހުންފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު