Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ފިފްޕްރޯ އާއި ބައެއް ގައުމުތަކުން ފީފާއާ ދެކޮޅަށް ކޯޓަށް

ދަ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޕްރޮފެޝަނަލް ފުޓްބޯލާސް (ފިފްޕްރޯ) އާއި ޔޫރަޕުގެ ބައެއް ލީގުތަކުން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއާ ދެކޮޅަށް ޔޫރަޕިއަން ކޮމިޝަނުގައި މައްސަލަ ޖައްސައިފި އެވެ.

ރާއްޖެ އެމްވީ | 25 ޖުލައި 2024 | ބުރާސްފަތި 07:12
ފީފާގެ ރައީސް އިންފަންޓީނޯ

ފީފާގެ ރައީސް އިންފަންޓީނޯ

ދަ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޕްރޮފެޝަނަލް ފުޓްބޯލާސް (ފިފްޕްރޯ) އާއި ޔޫރަޕުގެ ބައެއް ލީގުތަކުން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއާ ދެކޮޅަށް ޔޫރަޕިއަން ކޮމިޝަނުގައި މައްސަލަ ޖައްސައިފި އެވެ.

1000 ކުލަބު ތަމްސީލުކުރާ 33 ގައުމެއް ވެސް ހިމެނޭގޮތަށް ހުށަހަޅާފައިވާ މައިގަނޑު މައްސަލައަކީ ފީފާއިން އިންތިޒާމްކުރާ މެޗުތަކާއި މުބާރާތްތަކުން އިންޓަނޭޝަނަލް ފުޓްބޯޅަ މެޗު ކަލަންޑަރު ތޮއްޖައްސާފައިވުމެވެ. ފިފްޕްރޯއިން ބުނީ ފީފާއިން މިކަން ކޮށްފައިވަނީ ކުޅުންތެރިންގެ ސިއްހަތާއި ސަލާމަތަށް ބެލުމެއްނެތި ހަމައެކަނި މާކެޓިން ވިސްނުމަކުން ކަމަށެވެ.

އަދި ކަލަންޑަރު އެކުލަވާލާއިރު ފީފާއިން ގައުމުތަކުގެ ފުޓްބޯޅަ ފެޑަރޭޝަންތަކާއި ފިފްޕްރޯ އަށް ހިޔާލުފާޅު ކުރުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ފީފާއިން ވަނީ ވަގުތުން ރައްދުދީފަ އެވެ. އެ ޖަމާއަތުން ބުނީ ދުނިޔޭގެ ފުޓްބޯޅަ ކަލަންޑަރަކީ ފީފާގެ ކައުންސިލުން ފާސްކޮށްފައިވާ އެއްޗެއް ކަމަށާއި އެ ކައުންސިލުން ނޫނީ ކަލަންޑަރަށް ބަދަލު ނުގެނެވޭނެ ކަމަށެވެ. އަދި ކަލަންޑަރު ފާސްކުރީ އެންމެންގެ ހިޔާލާއި ބައިވެރިވުން އޮވެގެން ކަމަށާއި އޭގެ ތެރޭގައި ފިފްޕްރޯ ވެސް ހިމެނޭ ކަމަށެވެ.

ނަމަވެސް ގައުމީ ޓީމުތަކާއި ފީފާއިން އިންތިޒާމްކުރާ ކުލަބު މެޗުތަކުގެ އަދަދު ގިނަވުމުން ޔޫރަޕުގެ މަޝްހޫރު ކޯޗުން ވެސް ވަނީ ފާޑުކިއުން އަމާޒުކޮށްފަ އެވެ. މި ގޮތުން އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވެފައިވަނީ 32 ޓީމު ބައިވެރިކޮށްގެން ބާއްވަން އުޅޭ ކުލަބު ވޯލްޑް ކަޕުގެ މައްސަލާގަ އެވެ.

ފީފާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު