Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއިލް ހަނގުރާމަ

ގާޒާ ގައި ޔަހޫދީ ސިފައިން ހިންގަމުންދާ ޖަރީމާ ގައި މަރުވި ކުޑަކުދިންގެ އަދަދު 16،000ށް ވުރެ މައްޗަށް ހިނގައްޖެ

ގާޒާގެ ޖުމްލަ އާބާދީގެ 7.9 އިންސައްތަ ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި ވަނީ ޝަހީދު ވެފައެވެ.

ރާއްޖެ އެމްވީ | 24 ޖުލައި 2024 | ބުދަ 03:51
ފަލަސްތީނުގެ ކުޑަކުދިންތަކެއް ގާޒާގެ ދެކުނުގެ ޚާން ޔޫނިސްގެ ކައިރީގައި ހުރި ސަޕްލައި ޕޮއިންޓަކުން ފެން ނަގައިގެން ގެންދަނީ

ފަލަސްތީނުގެ ކުޑަކުދިންތަކެއް ގާޒާގެ ދެކުނުގެ ޚާން ޔޫނިސްގެ ކައިރީގައި ހުރި ސަޕްލައި ޕޮއިންޓަކުން ފެން ނަގައިގެން ގެންދަނީ

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ސިފައިން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން މަރުވި ކުޑަކުދިންގެ އަދަދު 16،000ށް ވުރެ މައްޗަށް ހިނގައްޖެ ކަމަށް ގާޒާގެ މީޑިއާ އޮފީހުން ހާމަ ކޮށްފިއެވެ.

އަންގާރަ ދުވަހު މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ޔަހޫދީ ސިފައިން ގާޒާ އިން މި މުއްދަތުގެ ތެރޭގައި 39،000ށް ވުރެ ގިނަ މީހުން ފަލަސްތީނުން ވަނީ ޝަހީދު ކޮށްލާފައެވެ.

މީގެ އިތުރުން 90،000 ފަލަސްތީން މީހުން ޒަޚަމްވެފައިވާ ކަމަށާއި، 10،000 މީހުން ވީ ނުވީ އެއް ނޭގި ގެއްލިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީޑިއާ އޮފީހުގެ ރެކޯޑްތަކުން ހާމަވާ ގޮތުގައި މިހާތަނަށް ބަނޑުހައިހޫނު ކަމުގައި މަރުވެފައިވާ ކުދިންގެ އަދަދު 34ށް އަރާފައިވާ އިރު، 17،000ށް ވުރެ ގިނަ ކުޑަކުދިންގެ މަންމަ ނުވަތަ ބައްޕަ ނުވަތަ މައިންބަފައިން އެކުގައި ހަނގުރާމައިގައި ވަނީ މަރުވެފައެވެ.

ދާދި ފަހުން އިނގިރޭސިވިލާތުގެ މަޝްހޫރު މެޑިކަލް ޖާނަލް ލެންސެޓް ގައި ޝާއިއު ކުރި ރިޕޯޓެއްގައި ވާ ގޮތުން، އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު 186،000ށް ވުރެ މައްޗަށް ދާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. އެއީ ގާޒާގެ ޖުމްލަ އާބާދީގެ 7.9 އިންސައްތަ އެވެ.

ގާޒާ ގައި އިޒްރޭލުން ހިންގަމުންދާ އުދުވާނަކީ މުޅި އެ ސިޓީ ފުނޑުފުނޑު ކޮށްލުމުގެ އިތުރުން ނަސްލެއް ނައްތާލުމަށް ހިންގާ އަނިޔާވެރި ޖަރީމާއެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށް އެތައް ރިޕޯޓްތަކެއްގައި ވަނީ ބުނެފައެވެ.

ފަލަސްތީނުއިސްރާއީލް އަސްކަރިއްޔާއިޒްރޭލްޚާން ޔޫނިސްފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު