Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަރިޔަންދީ ނިޔާވުން

މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް ދީދީ ނިޔާވެއްޖެ

އޭނާގެ އަގު ވަޒަންކުރުމުގެ ގޮތުން 1982 ވަނަ އަހަރު އޭރުގެ ސަރުކާރުން ވަނީ ލަވަކިޔުމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމު ދީފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 އޮކްޓޯބަރު 2023 | އާދީއްތަ 19:01
މަރިޔަމް އަހުމަދު ދީދީ

މަރިޔަމް އަހުމަދު ދީދީ

"ފެންމީރުވި ރީތި ރަށޭމީ ރޫހުވަނީ ތިނަދޫގައޭ" ފަދަ ލަވަތަކުން މަޝްހޫރުވި ރަން އަޑުގެ ވެރިޔާ ގދ. ތިނަދޫ މަރިޔަމް އަހުމަދު ދީދީ (މަރިޔަންދީ) ނިޔާވެއްޖެއެވެ.

މަރިޔަންދީ ނިޔާވެފައިވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ ގޭގައެވެ.

Advertisement - newsAdvertisement

މަރިޔަންދީ ނިޔާވިއިރު އޭނާގެ އުމުރަކީ 73 އަހަރެވެ. އާދީއްތަ ދުވަހުވެސް މަރިޔަންދީ އެ ރަށުގެ ބައެއް މީހުންނާ ބައްދަލުވެ ވާހަކަދެއްކި ކަމަށާއި، ހާލު ރަނގަޅުކަމަށް މީހުން ވަނީ ބުނެފައެވެ.

އާންމުންގެ މެދުގައި މަރިޔަންދީ މަޝްހޫރުވެގެން ގޮސްފައިވަނީ "ފެންމީރުވި ރީތި ރަށޭ މީ، ރޫހުވަނީ ތިނަދޫގައޭ" އަދި "ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން" ފަދަ ލަވަތަކުންނެވެ. ތިނަދޫގެ ރަން އަޑުގެ ވެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ މަރިޔަންދީ ނިޔާވިއިރު އޭނާގެ އަންހެން ދަރިއަކު ދުނިޔޭގައި އެބަހުއްޓެވެ.

އުފަންވިއިރުވެސް ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މަރިޔަންދީ ލަވަކިޔަން ފެށީ އުމުރުން އެންމެ 7 އަހަރުގައެވެ. ލަވައިގެ އިތުރުން މަދަހަވެސް ކިޔާފައިވެއެވެ.

އޭނާގެ އަގު ވަޒަންކުރުމުގެ ގޮތުން 1982 ވަނަ އަހަރު އޭރުގެ ސަރުކާރުން ވަނީ، ލަވަކިޔުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު ދީފައެވެ.

މަރިޔަމް އަހުމަދު ދީދީގދ. ތިނަދޫ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

30 ނޮވެމްބަރު 2025
ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި
22 ސެޕްޓެމްބަރު 2025

ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި

22 ސެޕްޓެމްބަރު 2025
ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި
05 ސެޕްޓެމްބަރު 2025

ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް

05 ސެޕްޓެމްބަރު 2025
ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް
04 ސެޕްޓެމްބަރު 2025

އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ

04 ސެޕްޓެމްބަރު 2025
 އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ
16 ޖުލައި 2025

ހުޅުމާލޭގައި ބާއްވަން އުޅުނު "ރަންރީނދޫ" ދުވުން ބޭއްވުމަށް ހުއްދަ ނުދިނުމުން ޖުލައި 25ގައި މާލޭގައި މި ހަރަކާތް ބާއްވަނީ

16 ޖުލައި 2025
ހުޅުމާލޭގައި ބާއްވަން އުޅުނު "ރަންރީނދޫ" ދުވުން ބޭއްވުމަށް ހުއްދަ ނުދިނުމުން ޖުލައި 25ގައި މާލޭގައި މި ހަރަކާތް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު