Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުމަރު ނަސީރު

ރައީސް ޔާމީނާ ޚިޔާލުތަފާތުވުމަކީ ޖަލަށް ލާންޖެހޭ ސަބަބެއް ނޫން: އުމަރު

12 އޯގަސްޓު 2017 | ހޮނިހިރު 09:52

ގޮންޖެހުންތަކަށް އޮތް ހައްލަކީ މެންބަރުން ހައްޔަރުކުރުމެއް ނޫން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 12 އޯގަސްޓު 2017 | ހޮނިހިރު 09:52
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ހައްލަކީ މަޖިލިސް މެންބަރުން ހައްޔަރުކުރުމާއި މަޖިލިސް ހުއްޓުމަކަށް ގެނެއުން ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތައް ހައްޔަރުކުރަމުންދާ ދިއުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ރައީސް ޔާމީނުގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަޖިލިސް މެންބަރުން މިނިވަން ކުރުމަށް ގޮވާލައްވާފަ އެވެ. އެ ޕޯސްޓް ކުރައްވާފައި ވަނީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް އާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްގެ ފޮޓޯއަކާއެކު އެވެ.

Advertisement - newsAdvertisement

އުމަރު ވިދާޅުވީ އެ ބޭފުޅުންނަކީ ޕީޕީއެމް އަށް ނުހަނު ގިނަ ގުރުބާނީތަކެއް ވެލައްވާފައިވާ ޕާޓީގެ ބޮޑެތި ޚިދުމަތްތެރިން ކަމަށެވެ. އެގޮތުން ޕީޕީއެމް ވެރިކަމަށް ގެނެއުމަށާއި، ރައީސް ޔާމީންގެ ވެރިކަން ކުރިއެރުވުމަށް އެތަކެއް ގުރުބާނީތަކެއް އެބޭފުޅުން ވެލައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ ޚިޔާލުތަފާތުވުމަކީ އެފަދަ ބޭފުޅުންތަކެއް ޖަލުގައި ތިބެންޖެހޭ ސަބަބެއް ނޫނެވެ. އުމަރު ވަނީ އެ މެންބަރުންނާ މެދު އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ސަރުކާރާއި ޕްރޮސެކިއުޓަރ ޖެނެރަލްއަށް އިލްތިމާސް ކުރައްވާފަ އެވެ.

އިތުރަށް އުމަރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް މަޖިލީހުގެ ތެރެއިން ކުރިމަތިވެފައިވާ ސިޔާސީ ގޮންޖެހުންތަކުގެ ހައްލަކީ މަޖިލިސް މެންބަރުން ހައްޔަރު ކުރުން ނޫން ކަމަށާއި އަދި މަޖިލިސް ނުބޭއްވުމެއް ވެސް ނޫން ކަމަށެވެ. އުމަރު ވިދާޅުވީ އެކަމުގެ ސަބަބުން ރޫޅިގެންދަނީ ދުސްތޫރީ ނިޒާމު ކަމަށާއި އަދި ގެއްލިގެން ދަނީ ރައްޔިތުންގެ ފަރާތުން ވެރިކަމަށް އޮންނަން ޖެހޭ އިތުބާރާއި ޔަގީންކަން ކަމަށެވެ.

އުމަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް އޮތް އެންމެ ރަނގަޅު ހަތިޔާރަކީ އަދުލުވެރިކަމުގެ 'ދަންމަރު' ކަމަށާއި އެ "ދަންމަރު" އުފުލައިފި ވެރިއެއްގެ އަތުން ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ.

މިއީ ބަންދުކޮށްފައި ތިބި އިދިކޮޅު މެންބަރުންތައް ދޫކޮށްލުމަށް އުމަރު ގޮވާލެއްވި ފުރަތަމަ ފަހަރެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް