Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލުން ދީފާނެ ހަމަލާ އަކަށް ޔަމަނު ތައްޔާރު

އިޒްރޭލުން ދީފާނެ ކޮންމެ ހަމަލާ އަކަށް ޔަމަނުން އޮތީ ތައްޔާރަށް: އަންސަރުﷲ

މިހެން ބުނެފައި ވަނީ އިޒްރޭލުގެ އެއަރ ޑިފެންސް ސިސްޓަމް ފޫއަޅުވާލުމަށް ފަހު ހުކުރު ދުވަހު ޔަމަނުން ތެލް އަވީވް ގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް އޮފީހާ 100 ވަރަކަށް މީޓަރު ކައިރީގައި ހުންނަ އިމާރަތަކަށް ދިން ޑްރޯން ހަމަލާއެއްގައި އިޒްރޭލު ރައްޔިތަކު މަރުވެ، ދިހަ މީހުންނަށް އަނިޔާ ލިބުނު ފަހުންނެވެ.

ރާއްޖެ އެމްވީ | 19 ޖުލައި 2024 | ހުކުރު 17:48
އަންސަރުﷲ ޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު މުހައްމަދު އަލް-ބުޚައިތީ

އަންސަރުﷲ ޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު މުހައްމަދު އަލް-ބުޚައިތީ

އިޒްރޭލުން ދީފާނެ ކޮންމެ ހަމަލާ އަކަށް ޔަމަންގެ އަސްކަރީ ފައުޖުތަކުން އޮތީ ތައްޔާރަށް ކަމަށް އަންސަރުﷲ ޖަމާއަތުން ބުނެފިއެވެ.

ހުކުރު ދުވަހު އެ ޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު މުހައްމަދު އަލް-ބުޚައިތީ ގަތަރުގެ އަލް-އަރަބީ ޓީވީ އަށް ދިން ބަސްދީގަތުމެއްގައި ބުނީ ޔަމަނުން އިޒްރޭލުގެ ވެރިރަށް ތެލް އަވީވް އަށް ހުކުރު ދުވަހު ދިން ހަމަލާ އާ ގުޅިގެން "އިޒްރޭލުން ދޭ ކޮންމެ ރައްދަކަށް ތިބީ ފުރިހަމަ އަށް ތައްޔާރަށް،" ކަމަށެވެ.

އިޒްރޭލުގެ އެއަރ ޑިފެންސް ސިސްޓަމް ފޫއަޅުވާލުމަށް ފަހު ހުކުރު ދުވަހު ޔަމަނުން ދިން ޑްރޯން ހަމަލާ އަމާޒުވީ ތެލް އަވީވް ގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް އޮފީހާ 100 ވަރަކަށް މީޓަރު ކައިރީގައި ހުންނަ އިމާރަތަކަށެވެ.

މި ހަމަލާގައި އިޒްރޭލު ރައްޔިތަކު މަރުވެ، ދިހަ މީހުންނަށް އަނިޔާ ލިބިފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ހަމަލާ އާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޔަމަންގެ އަސްކަރިއްޔާ އިން ގެންދަނީ އޮކްޓޯބަރު 7 ގައި އިޒްރޭލުން ގާޒާ އަށް އަރާ ހިންގަމުންދާ އަނިޔާވެރި ހަނގުރާމަ އާ ދެކޮޅު ހެދުމުގެ ގޮތުން ދޭތެރެ ދޭތެރެއިން އިޒްރޭލުގެ އަސްކަރިއްޔާ އާ ދެކޮޅަށް ހަމަލާ ދެމުންނެވެ.

ޔަމަނުން ބުނެފައިވަނީ ތެލް އަވީވަށް ހަމަލާ ދިނުމަށް ބޭނުން ކުރީ ރާޑަރަށް ނާރާ ޓެކްނޮލޮޖީ ބޭނުން ކޮށްފައިވާ 'ޔަފާ" ޑްރޯން ކަމަށެވެ.

ޔަމަނުން ގެންދަނީ އިޒްރޭލާ އެމެރިކާ އާ ގުޅުން ހުރި ކަނޑުބޯޓު ފަހަރަށް ވެސް ހަމަލާ ދެމުންނެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު