Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގާޒާ ހަނގުރާމަ

ގާޒާ ސިޓީގެ ކައިރޯ ސްކޫލަށް އިޒްރޭލުން ބޮން އަޅައިފި، މިއީ ބޮން އެޅި 9 ވަނަ ސްކޫލް

19 ޖުލައި 2024 | ހުކުރު 01:48

އިޒްރޭލުން މިހާރު މުޅިންހެން ކަހަލަ ގޮތަކަށް ހަމަލާތައް ދެމުން ގެންދަނީ ގެދޮރު ގެއްލިފައިވާ ފަލަސްތީން މީހުން ދިރިއުޅޭ ރެފިއުޖީ ކޭމްޕް ތަކަށެވެ.

ރާއްޖެ އެމްވީ | 19 ޖުލައި 2024 | ހުކުރު 01:48
ގާޒާ ސްޓްރިޕްގެ މެދުތެރޭގައި ހުންނަ ދާރުލް ބަލާހް ރެފިއުޖީ ކޭމްޕަށް ބޮން އެޅުމުގެ ސަބަބުން މަރުވެފައިވާ ކުޑަކުދިންތަކެއްގެ ހަށިގަނޑު ގެންދަނީ

ގާޒާ ސްޓްރިޕްގެ މެދުތެރޭގައި ހުންނަ ދާރުލް ބަލާހް ރެފިއުޖީ ކޭމްޕަށް ބޮން އެޅުމުގެ ސަބަބުން މަރުވެފައިވާ ކުޑަކުދިންތަކެއްގެ ހަށިގަނޑު ގެންދަނީ

އިޒްރޭލުން ގާޒާ ސިޓީގެ ގެ ކައިރޯ ސްކޫލަށް ބޮން އަޅައިފިއެވެ.

މިއީ މިދިޔަ ދެތިން ދުވަސްތެރޭގައި އިޒްރޭލުން ބޮން އެޅި ނުވަ ވަނަ ސްކޫލެވެ.

މި ހަމަލާގައި 10 މީހުން މަރުވި ކަމަށާއި އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މަރުވީ، ސްކޫލް އިމާރާތުގެ ތެރޭގައި ވަގުތީ ހިޔާވަހިކަން ހޯދަމުންދާ މީހުންގެ ތެރޭގައި ހިމެނޭ މީހުން ކަމަށް ޚަބަރުތައް ބުނެއެވެ.

މީގެ އިތުރުން ގާޒާ ސްޓްރިޕްގެ މެދުތެރޭގައި ހުންނަ ބުރެއިޖް ރެފިއުޖީ ކޭމްޕުގެ ގެއަކަށް ހަމަލާ ދިނުމުގެ ސަބަބުން މަދުވެގެން ފަސް މީހުން މަރުވެފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

އަލް-އަގްސާ މާޓިއާރސް ހޮސްޕިޓަލުގެ ތަޅުންގަނޑުގެ މަތީގައި އިޒްރޭލުގެ ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ ހަށިތައް ހުންނަ މަންޒަރުތައް ވަނީ އާންމު ވެފައެވެ. އޭގެ ތެރޭގައި މަރުވެފައި ތިބި ތުއްތު ކުދިންގެ މަންޒަރުތައް ވެސް ހިމެނެއެވެ.

ޚާން ޔޫނިސްގައި ހުންނަ އަލް-އާމާލް ހޮސްޕިޓަލްގެ ގޯތި ތެރޭގައި ވަޅުލާފައި ވަނިކޮށް ފެނުނު 12 މީހެއްގެ ހަށިގަނޑު ސިއްހީ އޮފިޝަލުން ވަނީ ނަގައިގެން ގެންގޮސް އެހެން ތަނެއްގައި ވަޅުލާފައެވެ.

އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އިން ބުރާސްފަތި ދުވަހު ހާމަ ކޮށްފައިވާ ގޮތުގައި އިޒްރޭލްގެ ހަމަލާތަކުގެ ޒަޚަމްވާ މީހުންގެ އަދަދު ގިނަކަމުން އެ ޖަމާއަތުން ހިންގާ 60 އެނދުގެ ފީލްޑް ހޮސްޕިޓަލް ގެ ފުލް ކެޕޭސިޓީ އަށް ވުރެ މައްޗަށް ފަރުވާދޭން ޖެހިފައިވާކަމަށެވެ.

ހަނގުރާމަ ހިނގަމުންދާތާ ނުވަ މަސްދުވަހަށް ވުރެ އިތުރުވެފައިވާއިރު، ޔަހޫދީ ސިފައިންނާ ކުރިމަތިލަމުންދާ ހަނގުރާމަވެރިން އަދިވެސް ގެންދަނީ ހިތްވަރު ކޮށް ދޭތެރެދޭތެރެއިން ޔަހޫދީ ސިފައިންނަށް ހަމަލާތައް ދެމުންކަން ފާހަގަ ކުރެވެއެވެ. އިސްލާމިކް ޖިހާދުން ބުނެފައިވާ ގޮތުގައި ބުރާސްފަތި ދުވަހު އެ ޖަމާއަތުން ވަނީ މިސައިލް ހަމަލާތަކެއް ޔަހޫދީ ވަޒަންވެރިންނަށް އަމާޒުކޮށް ދީފައެވެ. ހަމާސްގެ އަސްކަރީ ގޮފިން ބޮމުގެ ހަމަލާތަކެއް ރަފަހްގެ ދެކުނުގައި ތިބި އިޒްރޭލުގެ ފައުޖަކަށް ދީފައިވާ ކަމަށް އެޖަމާއަތުން ވަނީ ބުނެފައެވެ.

އިޒްރޭލުން މިހާރު މުޅިންހެން ކަހަލަ ގޮތަކަށް ހަމަލާތައް ދެމުން ގެންދަނީ ގެދޮރު ގެއްލިފައިވާ ފަލަސްތީން މީހުން ދިރިއުޅޭ ރެފިއުޖީ ކޭމްޕް ތަކަށެވެ. އިޒްރޭލުން އޭގެ ސަބަބަކަށް ދައްކަނީ އެތަންތަނަކީ ހަނގުރާމަވެރިން އުޅޭ ތަންތަން ކަމަށެވެ. އެހެން ނަމަވެސް ހަމާސް އިން ގެންދަނީ އެކަން ދޮގު ކުރަމުންނެވެ. މި މަހުގެ 13 ވަނަ ދުވަހު އަލް-މަވާސީ ކޭމްޕަށް ބޮން އެޅުމުގެ ސަބަބުން މަދުވެގެން 90 ފަލަސްތީން މީހުން ވަނީ މަރުވެފައެވެ.

ގާޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި އޮކްޓޯބަރު 7 ގެ ފަހުން ފަލަސްތީނުން މަރުވި މީހުންގެ އަދަދު 38،848ށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ. ޒަޚަމްވި މީހުންގެ އަދަދު 89،459ށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2017

ކޮލޮމްބޯ ޕޯޓް ސިޓީގެ 50 އިންސައްތަ ހިއްކައިފި

25 އޮކްޓޯބަރު 2017
ކޮލޮމްބޯ ޕޯޓް ސިޓީގެ 50 އިންސައްތަ ހިއްކައިފި
19 އޮކްޓޯބަރު 2017

އިޒްރޭލުން ފަލަސްތީނުގެ ބައެއް މީޑިއާތައް ބަންދުކޮށްފި

19 އޮކްޓޯބަރު 2017
އިޒްރޭލުން ފަލަސްތީނުގެ ބައެއް މީޑިއާތައް ބަންދުކޮށްފި
03 އޮކްޓޯބަރު 2017

ފަލަސްތީނުގެ ބޮޑު ވަޒީރު ތާރީޚީ ދަތުރުފުޅެއްގައި ގާޒާ އަށް ވަޑައިގެންފި

03 އޮކްޓޯބަރު 2017
ފަލަސްތީނުގެ ބޮޑު ވަޒީރު ތާރީޚީ ދަތުރުފުޅެއްގައި ގާޒާ އަށް ވަޑައިގެންފި
29 އޯގަސްޓު 2017

ތޫފާން ހާވީ: ޓެކްސަސް ސިޓީގެ ހާލަތު ބެއްލެވުމަށް ރައީސް ޓްރަމްޕް ވަޑައިގަންނަވަނީ

29 އޯގަސްޓު 2017
ތޫފާން ހާވީ: ޓެކްސަސް ސިޓީގެ ހާލަތު ބެއްލެވުމަށް ރައީސް ޓްރަމްޕް ވަޑައިގަންނަވަނީ
23 އޯގަސްޓު 2017

"ބާސެލޯނާގައި ހަމަލާ ދިން މީހުން ސިޓީގެ އެކި މޮނިއުމެންޓްތަކަށް ހަމަލާ ދޭން ރާވާފައިވޭ"

23 އޯގަސްޓު 2017
 "ބާސެލޯނާގައި ހަމަލާ ދިން މީހުން ސިޓީގެ އެކި މޮނިއުމެންޓްތަކަށް ހަމަލާ ދޭން ރާވާފައިވޭ"
17 ޖުލައި 2017

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލައިފި

17 ޖުލައި 2017
އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލައިފި
06 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި

06 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް