Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއިލް ހަނގުރާމަ

ފަލަސްތީނުގައި އިޒްރޭލުން ގަތުލުއާންމު ހިންގަނީ އެމެރިކާގެ ފުރިހަމަ ސަޕޯޓް އާ އެކު: ދަ ޖުވިޝް ވޮއިސް ފޯ ޕީސް

އިޒްރޭލް ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް މި ޖަމްއިއްޔާއިން ގޮވާލާފައިވެއެވެ.

ރާއްޖެ އެމްވީ | 17 ޖުލައި 2024 | ބުދަ 14:33
އދ.ގައި ހުންނަވާ އެމެރިކާގެ ކުރީގެ ސަފީރު ނިކީ ހޭލީ

އދ.ގައި ހުންނަވާ އެމެރިކާގެ ކުރީގެ ސަފީރު ނިކީ ހޭލީ

ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލުއާންމަކީ އެމެރިކާގެ ފުރިހަމަ ސަޕޯޓާ އެކު ހިންގާ ޖަރީމާތަކެއް ކަމުގައި ސުލްހައަށް މަސައްކަތް ކުރާ ޔަހޫދީންގެ ޖަމްއިއްޔާ އަކުން ބުނެފިއެވެ.

އެމެރިކާގައި ގާއިމް ވެފައިވާ ދަ ޖުވިޝް ވޮއިސް ފޯ ޕީސް އިން ސޯޝަލް މީޑިއާގައި އަންގާރަ ދުވަހު ކޮށްފައިވާ ޕޯސްޓް ތަކެއްގައި ބުނެފައިވަނީ، "އިޒްރޭލު ސަރުކާރުން ގަތުލުއާންމުތައް ހަލުއި ކަމާއެކު ކުރިއަށް ގެންދަނީ އެމެރިކާގެ ފުރިހަމަ ސަޕޯޓް އާ އެކު،" ކަމަށެވެ.

އެ ޖަމާއަތުން ވަނީ ޖޯބައިޑްންގެ ސަރުކާރުން ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ގަތުލުއާންމުތަކަށް އެހީތެރިވެ ދޭ ކަމަށް ބުނެ، އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ޖޯ ބައިޑްންގެ ސަރުކާރުން ވަނީ އިޒްރޭލަށް ބަރު ހަތިޔާރު ފޯރުކޮށް ދިނުން މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް 500 ޕައުންޑުގެ ބާރުގަދަ ބޮން އިޒްރޭލުގެ އަސްކަރިއްޔާ އަށް ފޯރުކޮށް ދިނުމުގެ މަސައްކަތް އަލުން ފަށާފައެވެ. އެމެރިކާގެ މީޑިއާ އިން ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

އެމެރިކާ އިން އިޒްރޭލަށް ސަޕްލައި ކޮށްދޭ 2000 ޕައުންޑާ އާއި 500 ޕައުންޑުގެ ބާރުގަދަ ބޮން ސަޕްލައި ކުރުން މަޑު ޖައްސާމީ މިދިޔަ މެއި މަހު އިޒްރޭލް ސިފައިން ގެދޮރު ގެއްލިފައިވާ 1.5 މިލިއަން ފަލަސްތީނު ރެފިއުޖީން އުޅެމުންދާ ރަފަހް އަށް އެއްގަމު މަގުން އަރަން އުޅޭ ކަމުގެ ވާހަކަތައް ފެތުރުމާއެކުގައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު