Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާޖެންޓީނާ ޤައުމީ ޓީމު

މި ހިސާބަށް އާދެވިދާނެ ކަމަށް ކުރިން ޤަބޫލެއް ނުކުރަން، ކުޅުންތެރިންނާމެދު ފަޚުރުވެރިވަން: ސްކަލޯނީ

އާޖެންޓީނާ ޤައުމީ ޓީމު މިހާރު އޮތް ހިސާބަށް އިޝާރާތް ކުރަމުން ސްކަލޯނީ ބުނީ، އެ ޓީމު މިހާރު އޮތް ހިސާބަށް އާދެވޭނެ ކަމަށް މީގެ ކުރިން އުންމީދު ވެސް ނުކުރާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޖުލައި 2024 | ބުދަ 04:43
އާޖެންޓީނާ ޤައުމީ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ

އާޖެންޓީނާ ޤައުމީ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ

އާޖެންޓީނާ ޤައުމީ ޓީމުގެ ކުޅުންތެރިންނާމެދު ފަޚުރުވެރިވާ ކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

އޭނާ މިހެން ބުނީ، އެމެރިކާގައި ނިމުނު ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ފައިނަލް މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ފައިނަލް މެޗުގައި އާޖެންޓީނާ އިން ވަނީ ކޮލަމްބިއާގެ މައްޗަށް ކުރި ހޯދައި، މުބާރާތުގެ ތަށި ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ކާމިޔާބު ކޮށްފަ އެވެ.

ސްކަލޯނީ ބުނީ، މެޗުގެ ދެ ވަނަ ހާފުގައި އާޖެންޓީނާގެ ކުޅުންތެރިން ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކޮށްފައިވާ ކަމަށާއި، އެ މެޗުން މޮޅުވުން އާޖެންޓީނާ އަށް ޙައްޤު ކަމަށެވެ. މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ، އިތުރަށް ކުޅުނު 15 މިނެޓުގެ ދެ ހާފުގައި އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން އިތުރު ހިތްވަރެއް ފެނުނު ކަމަށް ވެސް އޭނާ ބުންޏެވެ. އެއީ އެ ކުޅުންތެރިންގެ ފަރާތުން އަބަދު ވެސް ފެންނަމުން އަންނަ ސިފައެއް ކަމަށް ސްކަލޯނީ ފާހަގަ ވެސް ކުރި އެވެ.

މީގެ އިތުރުން ސްކަލޯނީ ބުނީ އާޖެންޓީނާ އަށްޓަކައި ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތާއި، އެ މީހުން ދައްކަމުން އަންނަ ހިތްވަރަށް އަބަދު ވެސް އޭނާ ފަޚުރުވެރިވާ ކަމަށެވެ. އާޖެންޓީނާގެ ރައްޔިތުންނާއި، އެ ޤައުމުގެ ސަޕޯޓަރުން އުފާ ވުމަކީ އޭނާ އަށް ލިބޭ ހަމަޖެހުމެއް ކަމަށް ވެސް ސްކަލޯނީ ބުންޏެވެ. އަދި އާޖެންޓީނާ އިން މުބަރާތްތަކާ ކުރިމަތިލަނީ ވެސް އެ ޢަޒުމުގައި ކަމަށް ސްކަލޯނީ ވަނީ ބުނެފަ އެވެ.

އާޖެންޓީނާ ޤައުމީ ޓީމު މިހާރު އޮތް ހިސާބަށް އިޝާރާތް ކުރަމުން ސްކަލޯނީ ބުނީ، އެ ޓީމު މިހާރު އޮތް ހިސާބަށް އާދެވޭނެ ކަމަށް މީގެ ކުރިން އުންމީދު ވެސް ނުކުރާ ކަމަށެވެ. މިއަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލް އިން އާޖެންޓީނާ މޮޅު ނުވެ މުބާރާތް ނިންމާލަން ޖެހުނު ނަމަ، އާޖެންޓީނާ އިން ދެން ވެސް ކުރިއަށް ދާނެކަން އޭނާ ފާހަގަ ކުރި އެވެ. އެއީ އަބަދު ވެސް ވިސްނަން ޖެހޭނީ ބަލިވެއްޖެ ނަމަ، އަނެއްކާ ވެސް ހިތްވަރާއެކު ތެދުވެ ކުރިއަށް ދާން ކަމަށް އޭނާ ބުންޏެވެ.

އާޖެންޓީނާގެ ކޯޗުކަމާ 2018 ވަނަ އަހަރު ސްކަލޯނީ ހަވާލުވީ ފަހުން އެ ޓީމުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. 2021 ވަނަ އަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށް، ދެން އާޖެންޓީނާ އިން ކުރިމަތިލީ ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާއާ އެވެ. އެ މެޗުގައި އާޖެންޓީނާ އިން ވަނީ ޔޫރަޕުގެ ޗެމްޕިއަން އިޓަލީ ބަލިކޮށް، ފައިނަލިސިމާ ކާމިޔާބު ކޮށްފަ އެވެ.

އޭގެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕާ ކުރިމަތިލައި، އާޖެންޓީނާ އިން އެ މުބާރާތް ވެސް ކާމިޔާބު ކުރި އެވެ. އެއީ 36 އަހަރު ފަހުން، އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އޭގެ ފަހުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އާންމު ކުރާ ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް އާޖެންޓީނާ ޖެހިލި އެވެ. އެއް ވަނައިގައި އޮވެ އާޖެންޓީނާ އިން ވަނީ މިއަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު

އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު

06 އެޕްރީލު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

09 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު