Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެސްޓީއޯގެ 2023 ވަނަ އަހަރުގެ ހިއްސާގެ ފައިދާ

އެސްޓީއޯގެ 2023 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި 80 ރުފިޔާ ބަހަން ފާސްކޮށްފި

189 ހިއްސާދާރަކު ބައިވެރިވި މި ޖަލްސާގައި މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ވެސް އެ ކުންފުނިން ހިއްސާއަކަށް ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 ޖުލައި 2024 | ހޮނިހިރު 04:45
އެސްޓީއޯގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

އެސްޓީއޯގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ 2023 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

މިގޮތަށް ފާސްކުރީ ހުކުރު ދުވަހުގެ ރޭ ބޭއްވި އެކުންފުނީގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. މި ޖަލްސާގައި ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ފާސްވީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުންނެވެ.

189 ހިއްސާދާރަކު ބައިވެރިވި މި ޖަލްސާގައި މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ވެސް އެ ކުންފުނިން ހިއްސާއަކަށް ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.

މިދިޔަ އަހަރު އެ ކުންފުނިން ހިއްސާއަކަށް ބަހާފައި ވަނީ 77 ރުފިޔާއެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، އެއީ 2022 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު 18.2 ބިލިއަން ރުފިޔާގެ ޢާމްދަނީއަށް ވުރެ، ގާތްގަޑަކަށް 1.8 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. އެސްޓީއޯ އިން އާންމު ކުރި އެކުންފުނީގެ މާލީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، އެއީ 2022 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު 18.2 ބިލިއަން ރުފިޔާގެ ޢާމްދަނީއަށް ވުރެ، ގާތްގަޑަކަށް 1.8 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.

އެގޮތުން އެ ކުންފުންޏަށް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޢާމްދަނީގެ ގޮތުގައި 4.13 ބިލިއަން ރުފިޔާ ލިބުނު އިރު، އާމްދަނީ 3 އިންސައްތައަށް ވެއްޓި، މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނީ 4.01 ބިލިއަން ރުފިޔާއެވެ. އެގޮތުން އާމްދަނީ ދަށްވި މައިގަނޑު ސަބަބެއްކަމުގައި އެ ކުންފުނިން ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއިއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމާއިއެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ. އެހެން ނަމަވެސް، އެ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރައި ރަނގަޅުވުމާއެކު، އެކުންފުންޏަށް މިދިޔަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެއާއެކު، އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ، ޓެކުހުގެ ކުރިން 995 މިލިއަން ރުފިޔާއަށް އެރިއިރު، ޓެކުހަށް ކެނޑުމަށްފަހު އެ ކުންފުންޏަށް 819 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަޑަކަށް 91 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!

ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!

08 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު