Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެސްޓީއޯ

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައިބަލާއިރު 15 ޕަސެންޓު އިތުރު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 2 އޯގަސްޓު 2017 | ބުދަ 06:58
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

ސަރުކާރާއި ރައްޔިތުން ހިއްސާވާ މައި ކުންފުނި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އަށް މިއަހަރުގެ ދެވަނަ ކުއާޓަރގައި ލިބުނު ސާފު ފާއިދާ ދަށަށް ހިނގައްޖެއެވެ.

އެކުންފުނިން އާންމުކޮށްފައިވާ ކުއާޓަލީ ރިޕޯޓު ދައްކާ ގޮތުން ނިމިދިޔަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ ވަނީ 11 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 61 މިލިއަން ރުފިޔާ ލިބިފައިވާއިރު ނިމިދިޔަ ކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވަނީ 54 މިލިއަން ރުފިޔާ އެވެ. މިއީ 11 ޕަސެންޓް ދަށްވުމެކެވެ.

ދެވަނަ ކުއާޓަރުގައި އާމްދަނީ ވަނީ 1.9 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ހިއްސާވާ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާ އިން ހިއްސާއަކަށް ޖެހިފައިވަނީ 54.46ރ. އެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ފައިދާއަށްވުރެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާގެ އަދަދު ވަނީ 15 ޕަސެންޓު އިތުރުވެފައެވެ.

2004 އިން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ބަލާއިރުވެސް ސާފު ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބެމުން އައީ 114 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ ފައިދާ އަހަރުން އަހަރަށް ބަލާއިރު އުޅެނީ 400 މިލިއަނަށްވުރެ މަތީގައެވެ.

2012 ވަނަ އަހަރު އެސްޓީއޯގެ ކަރަންޓް ޑެފިސިޓް ހުރީ 463 މިލިއަން ރުފިޔާގައެވެ. 2013 ވަނަ އަހަރު އެ ފިގާ ހުރީ 567 މިލިއަން ރުފިޔާގައެވެ.

އެސްޓީއޯއަށް ނިމިދިޔަ 2016 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 301.5 މިލިޔަން ރުފިޔާ އެވެ. މިދިޔަ އަހަރު ބޭއްވި އެސްޓީއޯގެ 2015 ވަނަ އަހަރުގެ އާންމު ޖަލްސާގައި، ހިއްސާއަކަށް 57 ރުފިޔާ ބަހަން ނިންމި އިރު ނިމިދިޔަ 2016 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ބަހަން ނިންމާފައިވަނީ 51 ރުފިޔާއެވެ.

އެސްޓީއޯއަކީ ދައުލަތުގެ 81.63 ޕަސަންޓު ހިއްސާ، އަދި އާންމުންގެ 18.37 ޕަސަންޓު ހިއްސާ އޮންނަ، ދައުލަތުގެ ވިޔަފާރި ކުންފުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ

އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ

23 އޯގަސްޓު 2017
އަމާނަ ތަކަފުލް އިން ހިއްސާގެ ފައިދާ ބަހަން ނިންމައިފި

އަމާނަ ތަކަފުލް އިން ހިއްސާގެ ފައިދާ ބަހަން ނިންމައިފި

22 އޯގަސްޓު 2017
އެމްޓީސީސީ: ސާފު ފައިދާ ރެކޯޑު އަދަދަށް އިތުރުވެއްޖެ

އެމްޓީސީސީ: ސާފު ފައިދާ ރެކޯޑު އަދަދަށް އިތުރުވެއްޖެ

03 އޯގަސްޓު 2017
ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

03 އޯގަސްޓު 2017
އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ

އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ

15 މެއި 2017

އަހަރުތަކުން މިއަދު

28 މެއި
މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު
20251 އަހަރު ކުރިން
ރާއްޖެ

މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް
20242 އަހަރު ކުރިން
ރާއްޖެ

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި
20224 އަހަރު ކުރިން
ދުނިޔެ

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

ނާރުއްފަލުދާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ނާރުއްފަލުދާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު