Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހައްގު ހޯދަން މަސައްކަތް ކުރާނަމަ މިސަރުކާރުން އެމީހަކު ލާނީ ޖަލަށް!

ސަރުކާރުން މި ފިނޮޅު ވިއްކާލީ އެތަނުގެ ނަންވެސް ނުޖަހާ ހަމައެކަނި ނަންބަރުތަކެއް ޖަހައިގެން ބޮޑު އޮޅުވާލުމެއްގެ ތެރެއިނެވެ. 5 މިލިއަން ޑޮލަރުގެ އަގުހުރިތަނެއް އެންމެ 7 ލައްކަ ޑޮލަރަށް ވިއްކާލުމުން މިއީ ދައުލަތުގެ މުދާ ނަހަމަގޮތުގައި ވިއްކާލުމެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ޖުލައި 2024 | ހުކުރު 13:57
ވ. ބޮޑުފިނޮޅު ވިއްކާލުމާ ގުޅިގެން އެކަމާ ދެކޮޅަށް ބޭއްވި ސުލްހަވެރި އިހުތިޖާޖު

ވ. ބޮޑުފިނޮޅު ވިއްކާލުމާ ގުޅިގެން އެކަމާ ދެކޮޅަށް ބޭއްވި ސުލްހަވެރި އިހުތިޖާޖު

މިއަދު ވެރިކަމުގައި އޮތީ ރައްޔިތުންގެ ސަރުކާރެއްކަމަށް މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުން ދަނީ ހުއްޓާނުލަ ވިދާޅުވަމުންނެވެ. ނަމަވެސް ހަމަ ހަގީގަތުގައިވެސް އެއީ އެކަން އޮތްގޮތްތޯއެވެ. ކޮންމެ ސަރުކާރެއްވެސް ރައްޔިތުން ހޮވަނީ އުއްމީދުތަކާއެކުއެވެ. މާޒީގައި ހިނގައިދިޔަ ކަންކަމަށްވުރެ ރަނގަޅު ކަންކަންވާނެކަމަށް އުއްމީދެއް ކޮށްގެންނެވެ. ނަމަވެސް ވެރިކަމަށް ހޮވުނީމާ ވެރިކަމުގައި ތިއްބަވާ ބޭފުޅުންގެ ރާގާއި އަމަލު ބަދަލުވެދާކަމީ ފެންނަން އޮތް ހަގީގަތެކެވެ. މިއަދުވެސް ފެންނަނީ އެ ހަގީގަތެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ހިޔަޅަށްވެސް ކަންކަން އޮޅުވާލައިގެންނެވެ. ރައްޔިތުންނަށްޓަކައެވެ. ނަމަވެސް ރައްޔިތުން ދެއަތާއި ދެފައި ބަނދެ އަނދަގޮޑީގައި ބައިންދައިގެން ނަމަވެސް ކަންކަން ކުރާނެކަމަށް އެ ދަނީ ފާޅުގައި ވިދާޅުވަމުންނެވެ. ހުދު އެންމެ އަޑުގަދަ މީހުން ދައްކަނީ އެވާހަކައެވެ.

އަތޮޅާއި ފަޅާއި ފިނޮޅާއި ރަށްރަށް ވިއްކާލުމަށް މިސަރުކާރުން ނިންމާފައިވާ ގޮތް ނޭނގޭ ނިންމުމާއި ދެކޮޅަށް އާންމުން ތެދުވުމުން އެ މީހުންނަކީ ވަކި ކުލައެއްގެ ބަޔަކަށް ހަދައި އަދަބު ދޭނެކަމަށް ދަނީ އިންޒާރުދެމުންނެވެ. ވެރިކަމަށް އަންނަން އުޅުނު އިރު ކުލައެއް ކަނދުރާއެއް ނުބަލައެވެ. ވެރިކަން ލިބުނީމާ ރައްޔިތުންގެ ފައްޓަރުބައިވެސް ވިއްކާލަން ނިންމީއެވެ.

ވ. އަތޮޅު ބޮޑު ފިނޮޅަކީ މި ދެންނެވި ފައްޓަރުބައެވެ. އެތަނަށް ގޮސް އެތަން ބަލަން އަންނަނީ ދުނިޔޭގެ ކަންކޮޅުތަކުންނެވެ. ނަމަވެސް އެ ވިއްކާލަން ސަރުކާރުން ނިންމީއެވެ. އެވެސް ނުއަގުގައެވެ. ވަކި މީހަކަށްވީމައެވެ. އަދި ސަރުކާރުގެ ވެރިންނަށް ބައެއްވެސް ދީގެންނޭ ކިޔާ އަޑުތައްވެސް އެހާގަދައެވެ. އެކަމުގެ ދިފާއުގައި ނުކުތީ އެތަނަކުން މަންފާ ހޯދާ ރައްޔިތުންނެވެ. ނޫކަށިފުރައިގެ ޒުވާނުންނާއި ވިޔަފާރިވެރިންނެވެ. ނަމަވެސް ސަރުކާރުގެ އިންޒާރަކީ ގާނޫނީ ފިޔަވަޅު އަޅާނަމެވެ.

ވ.ބޮޑު ފިނޮޅު ވިއްކާލީ ކޯޑިނޭޓްސް އެކަނި އެނގޭ ގޮތަށް އޮޅުވާލައިގެން، ލާމަރުކަޒީ ގާނޫނާއި ހިލާފަށެވެ. ވ. އަތޮޅު ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު 729،000 ޑޮލަރަށް (11.2 މިލިއަން ރުފިޔާ) އަށް ވިއްކާލާފައިވާތީ އެކަމާއި ދެކޮޅަށް ބުރާސްފަތި ދުވަހު އެ އަތޮޅުގެ ކައުންސިލާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިވެރިން އަދި ދާއިރާގައި ހަރަކާތްތެރިވާ އާއްމުން ވަނީ އެ ފިނޮޅުގައި މުޒާހަރާކޮށްފައިވެއެވެ. އެ ފިނޮޅު އޮންނަންވާނީ ވ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެހެންކަމުން ކައުންސިލްގެ އިހުތިސާސް ތެރޭގައި އޮތްތަނެއް ކައުންސިލަށް ނޭނގި ވިއްކާލަން ނިންމީއެވެ. ބޮޑު ފިނޮޅު ވިއްކާލީ ކޯޑިނޭޓްސް އެކަނި އެނގޭ ގޮތަށެވެ. އެތަން ވިއްކާލަން ކުރި އިއުލާންގައި އެއީ ބޮޑު ފިނޮޅުކަން އެނގޭ ގޮތަށް ސާފުވާން ނެތެވެ.

ބުރާސްފަތި ދުވަހުގެ މުޒާހަރާގައި ވ.ތިނަދޫ، ވ.ފުލިދޫ، ވ.ކެޔޮދޫ އަށް ނިސްބަތްވާ ކައުންސިލް މީހުން އަދި ވިޔަފާރިވެރިން ވަނީ ބައިވެރިވެފައެވެ. ނަމަވެސް މި ސަރުކާރުގެ އެންމެ އަޑުގަދަ އެއްބޭފުޅާ ކަމުގައިވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ދިނީ އެ ފަރާތްތަކަށް އިންޒާރެވެ. ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ވާހަކައެވެ. އަނެއްހެން ބުނާނަމަ އެކަމާއި ދެކޮޅު ހަދާނަމަ ޖަލަށް ލާނެ ވާހަކައެވެ. ވާނުވާގައި ބައިތިއްބާނެ ވާހަކައެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ދިވެހިރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކެއް މީގެ ފަހުން މުޒާހަރާކޮށްގެން ނުުހުއްޓޭނެ ކަމަށެވެ. އެއީ މާޒީގައި އެ ތަޖުރިބާ ކޮށްފައިވާތީ ކަމަށާއި، ރާއްޖެއަށް މީގެ ކުރިން އައިސްފައި ހުރި މަޝްރޫއުތައް އެމްޑީޕީން މުޒާހަރާކޮށްގެން ހުއްޓުވާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އޭގެ ނޭދެވޭ އަސަރުތައް ކޮށްފައިވާ ކަމަށާއި، ކުޅުދުއްފުށީ އެއަރޕޯޓް ތަރައްގީކުރަން ފެށުމުން، ކުޅުދުއްފުށީގައި ތިބި ބަޔަކު ލައްވާ އެމްޑީޕީން ކުޅި ހިމާޔަތްކުރުމުގެ މުޒާހަރާ ކުރިކަމަށެވެ. އެއަށް ނުބާލަ ކުރިއަށް ގެންދިޔަ ކަމަށާއި، ބުރިޖުގެ މަސައްކަތް ފެށީމާ ރާޅުގަނޑުގައި ރާޅާ އަޅަންއުޅޭ ކުދިން ލައްވާ މުޒާހަރާކުރަން ފެށިކަމަށެވެ.

މިއަދު ވ އަތޮޅުގައި ޓުއަރިޒަމްގެ ބޮޑު މަޝްރޫއެއް ރައީސް މުއިއްޒުގެ ޒައާމަތުގައި ކުރަން ފެށީމާ އެމްޑީޕީގެ ބަޔަކު މުޒާހާރާއަށް ނުކުތްކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެކަން ހުއްޓާލުމަށާއި މި ސަރުކާރުގައި ދައުލަތަށް އާމްދަނީ ލިބޭ ދައުލަތުގެ މާލިއްޔާއަށް ފައިދާހުރި މަޝްރޫއުތަކަށް ހުރަސް އަޅާ މީހުންނާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު މި ސަރުކާރުން އަޅާނެކަމުގެ އިންޒާރުވެސް ދެއްވީއެވެ. އަދި މިކަންކަމަށް ހިތްވަރުދޭ މީހުން، އެއީ ވެރިކަން ކޮށްފައި ހުރި މީހެއްތޯ ނޫންތޯ ނުބަލާ ގާނޫނީ އިމުގެ ތެރެއިން އެމީހަކަށް ދޭންޖެހޭ ހައްގު އަދަބުދޭން މި ސަރުކާރުން ފަސް ނުޖެހޭނެކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

މިކަމުގައި ފާހަގަކޮށްލަންޖެހޭ ކަމަކީ ސަރުކާރުން މި ފިނޮޅުގެ ސައްހަ މައުލޫމާތެއް ނޭނގޭ ގޮތަށް 5 މިލިއަން ޑޮލަރުގެ އަގުހުރިތަނެއް އެންމެ 7 ލައްކަ ޑޮލަރަށް ވިއްކާލަން އަވަސް އަރުވާލައިގެން އުޅެނީ ކީއްވެގެންތޯއެވެ. މިކަމުގައި ކޮރަޕްޝަންގެ ކިހާ އަމަލެއް ހިމެނޭތޯއެވެ. އަދި މިތަން ވިއްކާލައިގެން އެ ބުނާ ފައިދާއާއި މިހާރު އެތަން އެ އޮތްގޮތަށް ބާއްވައިގެން ލިބޭނެ ފައިދާ ސަރުކާރުން އަޅާކިޔާ މިނެކިރިތޯއެވެ.

ކޮންމެއަކަސް ސަރުކާރުގެ އަސްލު ސިފަ ފެންނަން ފަށައިފިއެވެ. ސަރުކާރާއި ދެކޮޅުވުމަކީ ކުށަކަށް ހަދައިފިއެވެ. ރައްޔިތުންނަށްޓަކައި އައި ވެރިކަން މިވީ ރައްޔިތުންގެ މުދާ ނަހަމަގޮތުގައި ވިއްކާ ބަޔަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

22 ސެޕްޓެމްބަރު 2017
ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

14 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

10 ސެޕްޓެމްބަރު 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު