Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫރޯ 2024

ވަޓްކިންސް: ބަދަލަށް އަރައި، އިންގްލެންޑު ފައިނަލަށް ގެންގޮސްދިން ހީރޯ!

ބަދަލަށް ކުޅެން ނިކުތް ކޯލް ޕާމާ ޖައްސާލި ބޯޅައެއް، ނެދަލެންޑްސްގެ އޭރިޔާ ތެރޭގައި ހުރެ ވަޓްކިންސް ބޯޅަ ގޯލަށް ފޮނުވާލި ހިތްގައިމު ވެސް ގޮތަކަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ޖުލައި 2024 | ހޮނިހިރު 03:33
އިންގްލެންޑުގެ އޮލީ ވަޓްކިންސް

އިންގްލެންޑުގެ އޮލީ ވަޓްކިންސް

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި އިންގްލެންޑުން ނެދެލަންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު ވަގުތުގައި ލަނޑު ޖަހައި، އިންގްލެންޑު މުބާރާތުގެ ފައިނަލަށް ގެންގޮސްދިން ކުޅުންތެރިޔަކީ އޮލީ ވަޓްކިންސް އެވެ. ޖަރުމަނުގެ ޑޯޓްމަންޑުގައި ކުޅުނު ސެމީ ފައިނަލް މެޗުގައި އިންގްލެންޑުގެ ހީރޯ އަކީ ވަޓްކިންސް އެވެ. ބެންޗުގައި އިނުމަށްފަހު، އޭނާ ކުޅެން އަރައި އިންގްލެންޑަށް ހޯދައިދިނީ މުހިންމު، އަދި ތާރީޚީ މޮޅެކެވެ.

މީގެ ކުރިން މުބާރާތުގައި ވަޓްކިންސް ކުޅެފައި ވަނީ ގާތް ގަނޑަކަށް ވިއްސަކަށް މިނެޓެވެ. އެއީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި އިންގްލެންޑުން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ވެސް ވަޓްކިންސް ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މުބާރާތުގެ ނޮކް އައުޓް ބުރުގެ ކޮންމެ މެޗެއް ވެސް އިންގްލެންޑުން ކާމިޔާބު ކޮށްފައި ވަނީ ފަހު ވަގުތު ލަނޑު ޖަހައިގެންނެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ނެދަލެންޑްސްއާ ދެކޮޅަށް ވެސް ވަޓްކިންސް ކުޅެން ނިކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މެޗުގެ 81 ވަނަ މިނެޓުގައި އޭނާ ކުޅެން ނިކުތީ ކެޕްޓަން ހެރީ ކޭންގެ ބަދަލުގަ އެވެ. އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް އެ ގެނައި ބަދަލަކީ، ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ވެސް ބަދަލެވެ. އެހެން ނަމަވެސް، އެ ހައިރާންކަން ވަޓްކިންސް ފަހަތަށް ޖައްސާލީ މެޗުގައި ލަނޑު ޖަހައިގެންނެވެ.

ބަދަލަށް ކުޅެން ނިކުތް ކޯލް ޕާމާ ޖައްސާލި ބޯޅައެއް، ނެދަލެންޑްސްގެ އޭރިޔާ ތެރޭގައި ހުރެ ވަޓްކިންސް ބޯޅަ ގޯލަށް ފޮނުވާލި ހިތްގައިމު ވެސް ގޮތަކަށެވެ. ތިރި ތިރިން ގޯލުގެ ކަނަށް އަމާޒުކޮށް އޭނާ ބޯޅަ ފޮނުވާލީ، ޑިފެންޑަރެއްގެ ކައިރިން އެއް ޓަޗު ނެގުމަށްފަހު އެވެ. އެ ލަނޑާއެކު، އިންގްލެންޑުން ވަނީ ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ޔޫރޯ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފަ އެވެ. މިއަހަރުގެ މުބާރާތުގެ ފައިނަލްގައި އާދިއްތަ ދުވަހުގެ ރޭ އިންގްލެންޑު ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.

ފުޓުބޯޅައިގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ މުބާރާތުގައި އިންގްލެންޑުން އެންމެ ރަނގަޅަށް ކުޅުނު އެއް މެޗަކީ ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗެވެ. މެޗުގެ ފުރަތަމަ ހާފުގައި ނެދަލެންޑްސް އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، އިންގްލެންޑު މެޗުގެ ތެރެއަށް އައީ، ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އެއީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު މެޗުގެ ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވަޓްކިންސް ބުނެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރަން ޖެހުނު ނަމަވެސް، އޭނާ އަށް އަބަދު ވެސް ޔަޤީންކަން އޮތް ކަމަށެވެ. އެގޮތުން އޭނާ އާއެކު މެޗުގައި ކުޅެން އެރި ޕާމާ ގާތު ބުނެފައިވާ ވާހަކަ ވެސް ވަޓްކިންސް ވަނީ ހިއްސާކޮށްފަ އެވެ. ވަޓްކިންސް، ޕާމާ ގާތު ބުނެފައި ވަނީ މެޗުން މޮޅުވާ ލަނޑު ޖަހާނީ، ޕާމާ ދޭ ބޯޅައަކުން ކަމަށެވެ. ވަޓްކިންސް ސިފަ ކޮށްފައިވާ ގޮތުގައި މެޗުގައި ދަނޑު މަތިން ފެނުނީ ވެސް އެ ޔަގީން ކަމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

27 ފެބުރުއަރީ 2022
ރޭހުގެ ކުރިއަށް ވޭރިއަންޓުތައް އަރައި ވެކްސިން ފަހަތަށް ޖައްސާލައިފި

ރޭހުގެ ކުރިއަށް ވޭރިއަންޓުތައް އަރައި ވެކްސިން ފަހަތަށް ޖައްސާލައިފި

10 ޖުލައި 2021
ޔޫރޯގެ ނަތީޖާ ލަފާކުރާ އެތް ބުނަނީ އިންގްލެންޑު ކައިރިން ޖަރުމަނު މޮޅުވާނެކަމަށް

ޔޫރޯގެ ނަތީޖާ ލަފާކުރާ އެތް ބުނަނީ އިންގްލެންޑު ކައިރިން ޖަރުމަނު މޮޅުވާނެކަމަށް

28 ޖޫން 2021
އިންސާނުން ކުރިއަރައި ދިއުމުގައި އެންމެ މުހިއްމު އެކައްޗަކީ "މެޝިންގ ލާރނިންގ އާއި އާރޓިފިޝަލް އިންޓެލިޖެންސް"

އިންސާނުން ކުރިއަރައި ދިއުމުގައި އެންމެ މުހިއްމު އެކައްޗަކީ "މެޝިންގ ލާރނިންގ އާއި އާރޓިފިޝަލް އިންޓެލިޖެންސް"

18 އޮކްޓޯބަރު 2020
އަދުރޭގެ އާއިލާއަށް ފުޑްކޯޓުގެ ސްޓޯލެއް ދިނުމަށް މުއިއްޒުގެ ހީލަތްތެރި ރޭވުމެއް ފަޅާއަރައިފި

އަދުރޭގެ އާއިލާއަށް ފުޑްކޯޓުގެ ސްޓޯލެއް ދިނުމަށް މުއިއްޒުގެ ހީލަތްތެރި ރޭވުމެއް ފަޅާއަރައިފި

14 ސެޕްޓެމްބަރު 2020

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު