Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިިޔާސީ އިންތިޚާބު 2018

މިނިވަންކަމާ އެކު ލިބުނު އެންމެ ފުރުސަތެއް: އައްޑޫ އުތުރި އަރައިފި

އިބޫ އަށް މަރުހަބާ ކިޔުމަށް އެތައް ހާސް ބަޔަކު ޖަމާވި

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 13 ޖުލައި 2018 | ހުކުރު 14:22
އައްޑޫގެ ރައްޔިތުން އިބްރާހީމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވަނީ

އައްޑޫގެ ރައްޔިތުން އިބްރާހީމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވަނީ

އިދިކޮޅު ސިޔާސީ ހަރަކާތްތައް ހުއްޓުވާފައިވާތާ އެތައް އަހަރެއް ވެއްޖެއެވެ. ހާއްސަކޮށް 2015 ވަނަ އަހަރުގެ މޭޑޭގައި މުޅި މާލޭގެ މަގުތައް ފުރާލައި އެތައް ހާސް ބަޔަކު ކުރި މުޒާހަރާ އަށް ފަހު ގާނޫނާއި ގަވާއިދަތަކަށް ވެސް ބަދަލު ގެނެސް މިނިވަންކަމާ އެކު އެއްވެ އުޅުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް އޮތީ ނުލިބިއެވެ. އެހެންކަމުން އަބަދު ވެސް ފެންނަނީ ސަރުކާރު މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ސަރުކާރުން ބާއްވާ ޖަލްސާތަކާއި ހަރަކާތްތައް އެކަންޏެވެ. ނަމަވެސް މިއަދަކީ އަނެއްކާ ވެސް ތާރީހީ ދުވަހެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ އެކު އެއްވެ އުޅުމަށް ކަމާ ބެހޭ ފަރާތްތަކުން މިހާރު މި ވަނީ ކޮންމެ ވެސް ވަރަކަށް ދޫދޭން ފަށާފައެވެ.

މީގެ ކުރިން އެއްވުންތަކަށް ފުލުހުން ހުރަސް އަޅަމުން ގެންދިޔައީ ހަމައެކަނި މާލެއަކު ނޫނެވެ. އާދައިގެ ރަށެއްގައި ވެސް ދެ މީހަކު އެއްވެއްޖެއްޔާ ރަށުގައި ފުލުހުން ނެތް ނަމަ ކައިރި ރަށްރަށުން ނުވަތަ މާލެ އިން ވެސް ފުލުހުން ގެންގޮސްގެން އެ ބަޔަކު މައިތިރިކުރެއެވެ. ނަމަވެސް ރިޔާސީ އިންތިޚާބާ އެކު ލިބެން ފެށި ކުޑަކުޑަ މިނިވަންކަމާ އެކު މަންޒަރު މިވަނީ ބަދަލުވާން ފަށާފައެވެ. ސަރުކާރާ އިދިކީލި ފަރާތްތަކަށް ވެސް ހިނިތުންވުމަށް ފުރުސަތު އަންނަނީ މަޑުމަޑުން ލިބެމުންނެވެ.

މި ހަފުތާގެ ތެރޭގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ފެއްޓެވި ޑޯޓުޑޯ ކެމްޕެއިނާ އެކު ރައްޔިތުންނަށް ވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބެން ފަށައިފައެވެ. މިނިވަންކަމާ އެކު އެ މީހުން ތާއީދުކުރާ ފަރާތަކާ ބައްދަލުކޮށްލުމުގެ ހިތްހަމަޖެހުމެވެ. ހިތުގައި ފޮރުވިފައި ހުރި އެތައް ޝަކުވާތަކެއް އުންމީދުވެރިޔަކާ ހިއްސާކޮށްލުމުގެ ހިތްހަމަޖެހުމެވެ. އެމީހުން ހިތްދަތި ދިރިއުޅުން ރަނގަޅު ކޮށްދެވިދާނެ ފަދަ އޯގާތެރިއަކަށް އެ ހާލަތު ހަމަ ލޮލުން ދައްކާލުމުގެ ހިތްހަމަޖެހުމެވެ. މިއީ ފެށުމެކެވެ.

އިބޫގެ ކެމްޕެއިނަށް ހުޅުމާލެ އިން ބަޔަކު ހުރަސް އަޅަން އުޅުނު ކަމުގައި ވިޔަސް ފުލުހުން ނުކުމެ އެ ހަރާކާތް ހުއްޓުވަން ނޫޅުމާއި އޭގެ ފަހުން ކަމާ ބެހޭ އިދާރާތަކަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އެންގެވި އެންގެވުމާ އެކު ސަރުކާރާ އިދިކީލި ހިޔާލުގެ ފަރާތްތަކުގެ އުންމީދު މި ވަނީ އާލާވެފައެވެ. އެހެންކަމުން އެ ރައްޔިތުން ތިބީ އެކަން ހާމަކޮށް ދައްކާލަން ފުރުސަތަކަށް އެދިއެދިއެވެ.

މިއަދަކީ އެފުރުސަތު ލިބުނު ދުވަހެވެ. އެކަން ފުރަތަމަ ފެނިގެން ދިޔައީ އަބަދު ވެސް އެމްޑީޕީ އަށް ބޮޑު ތާއީދެއް އޮންނަ އައްޑޫ އިންނެވެ. އެމީހުންގެ އުންމީދީ ކެންޑިޑޭޓް އިބޫ އައްޑޫ އަށް ހުކުރު ދުވަހު ފެއްޓެވި ދަރުތުފުޅާ އެކު އެ އެކަން އެވަނީ ހާމަވެގެން ގޮސްފައެވެ.

އެމްޑީޕީ އާއި އަދި ގުޅިފައިވާ ޕާޓީތަކުން އަބަދު ވެސް ބުނަމުން އަންނަ ވާހަކައެކެވެ. މިނިވަންކަމާ އެކު ފުރުސަތެއް ލިބިއްޖެ ނަމަ މުޅި މާލެ ފުރާލާނެ ވާހަކައެކެވެ. ނުވަތަ ރަށްރަށުން ތާއީދު އޮތް މިންވަރު ދައްކާލާނެ ވާހަކައެކެވެ. އިބޫ އަށް އައްޑޫ އަށް ދައްކާލީ އެ މަންޒަރެވެ. އެތައް ޒަމާނެއް ވަންދެން މިނިވަންކަމާ އެކު އެއްވެ ޝުއޫރު ފާޅުކޮށްލަން ނުލިބި ކެތްތެރިކަން ކޮޅުންލާފައި ތިބި އެތައް ހާއްސަ ރައްޔިތުންނެ މިއަދު ވަނީ މަގުތަކަށް ނުކުމެ އިބޫ އަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އައްޑޫގެ ރައްޔިތުން އިބޫ އަށް މަރުހަބާ ދަންނަވަނީ

އިބޫ އާއި އިބޫގެ ބައިވެރިންނަށް އައްޑޫ އިން ކިޔާފައި ވަނީ މީގެ ކުރިން މިފަދަ ބޭފުޅަކަށް ނުކިޔާ ވަރުގެ މަރުހަބާއެކެވެ. ސަފުތައް ދިގުކަމާއި އެއްވެފައިވާ ރައްޔިތުން ގިނަ ކަމުން ދެ ގަޑިއެއްހާއިރުވީ އިރު ވެސް އިބޫ އަށް ދެވުނީ ތަންކޮޅަކަށެވެ. ސަލާމްކުރުމާއި އިބޫއާ އެކު ފޮޓޯ ނެގުމަށް ޒުވާން އުމުރުފުރައިން ފެށިގެން އުމުރުން ދުވަސްވީ ފަރާތްތައް ވެސް އުޅުނު ގޮތުން ހީވީ އެތައް ޒަމާނެއް ވަންދެން އެމީހުން ކުރަމުން އައި އުންމީދެއް ފުރިހަމަވެގެން އުޅުނުހެންނެވެ. އެމީހުން ދިޔައީ ހިތުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. ސިޔާސީ ބޭފުޅެއް ކަމަށް އިމާދު ސޯލިހު ވިދާޅުވި ފަދައިން މިއަދު ފެނިގެން ދިޔައީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލީ މަންޒަރެވެ.

ޒުވާނަކު އިބޫއާ އެކު ސެލްފީއެއް ނަގަނީ

ފާހަގަވީ ކޮންމެހެން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ އައްޑޫ އަށް ވަޑައިގަތުމުން ލިބުނު އުފާވެރިކަން އެކަންޏެއް ނޫނެވެ. މުޅި އައްޑޫ އުތުރި އެރީ އެތައް ދުވަހެއް ވަންދެން އެ މީހުންނަށް ނުލިބި އޮތް މިނިވަންކަމުގެ ޒައްރެއްގެ މިންވަރު ވެސް ލިބުނީތީއެވެ. ފުލުހުންގެ ޝީލްޑްތަކާއި ޕެޕާ ސްޕްރޭ އާއި ސިފައިންގެ ހަތިޔާރުތައް ނެތި މިނިވަންކަމާ އެކު އެއްވެ އުޅުމުގެ ހައްގުގެ ކުޑަ މިންވަރެއް ވެސް ލިބުނީތީއެވެ. މިއީ ބަޔަކަށް ހަޖަމުކުރަން ފަހަރުގައި ދަތި ކަމަކަށް ވިޔަސް ރިޔާސީ އިންތިޚާބާ ހަމައަށް މި ގޮތުގައި މި މިނިވަންކަން ލިބޭ ނަމަ މިފަދަ އެތައް މަންޒަރެއް، އެތައް ހިނިތުންވުމެއް އަދި އެތައް ކަރުނައެއް ފެންނާނެއެވެ. ނަމަވެސް އެއީ ހިތާމައިގެ ކަރުނައެއް ނޫނެވެ. އެއީ އެމީހުންގެ ގޭބަންދުގައި ތިބި ތިބުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބި އެމީހުން އެދޭ މީހަކަށް އޮތް ތާއީދު ދައްކާލުމަށް ކުޑަ ފުރުސަތެއް ނަމަވެސް ލިބޭތީ އުފަލުން ލޮލުން އޮހޮރޭ ކަރުނައެވެ. އައްޑޫ ފަދައިން މުޅި ގައުމު އުތުރި އަރާ މަންޒަރު އަދި ފެންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!

އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!

27 މެއި 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017
ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

23 އެޕްރީލު 2017
މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

16 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު