Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވޭރިއަންޓުތަކާ ދެކޮޅަށް ކުރާ ހަނގުރާމަ

ރޭހުގެ ކުރިއަށް ވޭރިއަންޓުތައް އަރައި ވެކްސިން ފަހަތަށް ޖައްސާލައިފި

މިހާތަނަށް 104 ގައުމަކުން ޑެލްޓާ ވޭރިއަންޓް ފެނިފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 10 ޖުލައި 2021 | ހޮނިހިރު 11:37
ޑެލްޓާ ވޭރިއަންޓަށް ވެކްސިނުން ކުރާ އަސަރު 8 ގުނަ ދަށްކަމަށް ދިރާސާއަކުން ވަނީ ދައްކާފައި

ޑެލްޓާ ވޭރިއަންޓަށް ވެކްސިނުން ކުރާ އަސަރު 8 ގުނަ ދަށްކަމަށް ދިރާސާއަކުން ވަނީ ދައްކާފައި

ދުނިޔޭގައި މިވަގުތު ހިނގަމުން އަންނަ އެންމެ ބޮޑު ހަނގުރާމައަކީ ކޮވިޑާ ދެކޮޅަށް އިންސާނުން ކުރަމުން އަންނަ ހަނގުރާމައެވެ. އިންސާނާގެ ލޮލަށް ނުފެންނަ މި ކުޑަކުޑަ ވައިރަސް ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރިފައިވާއިރު ދުނިޔޭގެ އެންމެ ބޮޑެތި ބާރުތައް ވެސް މި ބަލީގެ ކުރިމަތީގައި ވަނީ ކުޑަކަކޫ ޖަހަން ޖެހިފައެވެ. މި ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމުގައި ސަައިންސްވެރިންނާ ސިއްހީ ޚިދުމަތްތެރިންގެ އިތުރުން އެތައް ބަޔަކު އަތުކުރި އޮޅާލާފައިވާއިރު ބަލިން ދިފާއުވުމަށް ވެކްސިންތަކެއް ވަނީ އުފައްދާފައެވެ. މިއީ ލިބުނު ބޮޑު ކުރިއެރުމެއް ނަމަވެސް ވައިރަސް މިކަމަށް ހޭނޭކަށް މާގިނަ ވަގުތެއް ނުނެގިއެވެ. ވައިރަހުގެ އެކިއެކި ވޭރިއަންޓްތައް އުފެދި ބަލީގެ ނުރައްކާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ

ވެކްސިނާއި ކޮވިޑް ވޭރިއަންޓުތަކުގެ މި ރޭހުގައި ވެކްސިން ކުރީގައި އޮތުމަށްފަހު އަނެއްކާވެސް ވެކްސިން ފަހަތަށް ވައްޓާލުމަށްފަހު ވޭރިއަންޓްތައް ކުރިއަށް ޖެހިލައި، އޭގެ ނުރައްކާ އިތުރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ވެރިޔާ ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވަނީ ވިދާޅުވެފައެވެ. ޓެޑްރޯސް ވިދާޅުވީ ކޮވިޑް ބަލި ޖެހިގެން ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން މަރުވެގެން ދިއުމަކީ ލިބިގެން ދިއަ ބޮޑު ހިތްދަތި ކަމެއް ކަމަށެވެ. އަދި މިއީ މި ވައިރަހުގެ ހުރި ނުރައްކާތެރިކަން ހާމަވާ ކަމެއް ކަމަށް ވެސް ޓެޑްރޯސް ވިދާޅުވިއެވެ. ޖުލައި 6 ވަނަ ދުވަހުގެ މެންދުރާ ހަމައަށް 4,003,010 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައި ކަމަށް ވޯލްޑޮމީޓަރސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ބައެއް ގައުމުތަކުން މީގެ ކުރިން ނުފެންނަ ކަހަލަ ބޮޑެތި ރާޅުތަކެއް ފެނި، ކޭސްތަކުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދު ގިނަވެފައިވާ އިރު ވެކްސިން ޖަހާފައިވާ މީހުންނަށް ވެސް ބަލި ޖެހެމުންދާ ކަމަށް ދަނީ ރިޕޯޓު ކުރެވެމުންނެވެ. ކޭސްތަކުގެ އަދަދު އިތުރުވެފައިވަނީ ވޭރިއަންޓް ތަކުގެ ސަބަބުންނެވެ. މިހާރުވެސް ވައިރަހުގެ ވޭރިއަންޓްތަކެއް ކަމަށްވާ އަލްފާ ވޭރިއަންޓް، ބީޓާ، ގާމާ އަދި ޑެލްޓާ ވޭރިއަންޓް ޓްރެކް ކުރަމުން ދިރާސާ ކުރަމުން އަންނައިރު މިއަށްވުރެ ވެސް ނުރައްކާތެރި ވޭރިއަންޓުތަކެއް އުފެދުމަކީ އެކަށީގެންވާ ކަމެއްް ކަމަށް ސައިންސްވެރިން ދަނީ ބުނަމުންނެވެ.

ޑެލްޓާ ވޭރިއަންޓް މިހާތަނަށް 104 ގައުމަކުން ފެނިފައިވާއިރު އަލްފާ ވޭރިއަންޓް 173 ގައުމަކުން ފެނިގެން ރިޕޯޓުކޮށްފައިވެއެެވެ. އަދި ބީޓާ ވޭރިއަންޓް ފެނިފައިވާ ކަަމަށް 122 ގައުމަކުން ބުނެފައިވާއިރު ގާމާ ވޭރިއަންޓް ފެނިގެން ރިޕޯޓު ކޮށްފައިވަނީ 74 ގައުމުންނެވެ.

ފާއިތުވި އޭޕްރީލްމަހު އިންޑިއާއިން ފެނިފައިވާ ޑެލްޓާ ވޭރިއަންޓަކީ މިހާތަނަށް ފެނުނު އެންމެ ނުރައްކާ ބޮޑު ވޭރިއަންޓްކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. މި ވޭރިއަންޓު އެންމެ ބާރު ގަދަ ވޭރިއަންޓަށް ވަމުން އަންނަކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޗީފް ސައިންޓިސްޓް ސޯމްޔާ ސްވެމިންތަން ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޑެލްޓާ ވޭރިއަންޓްގެ ފުށުން އިތުރު ވޭރިއަންޓެއް އުފެދިފައިވާއިރު ޑެލްޓާ ޕްލަސް ވޭރިއަންޓު ޑެލްޓާ ވޭރިއަންޓަށްވުރެވެސް ނުރައްކާ ބޮޑުވެދާނެ ކަމަށް ތަޖުރިބާކާރުން ވަނީ ލަފާ ކޮށްފައެވެ.

ޑެލްޓާ ޕްލަސް ވޭރިއަންޓަކީ ޑެލްޓާ ވޭރިއަންޓްގެ ފުށުން އުފެދިފައިވާ ވޭރިއަންޓަކަށްވާއިރު އެ ވޭރިއަންޓްގައި މިދިޔަ އަހަރު ދެކުނު އެފްރިކާއިން ފެނުނު ބީޓާ ވޭރިއަންޓްގައިވެސް ހިމެނޭ ޕްރޮޓިން އެއްކަމުގައިވާ K417N ހިމެނެއެވެ. ސައިންސްވެރިން ވަނީ ޑެލްޓާ ވޭރިއަންޓްގައި ހިމެނޭ ބައިތަކާއެކު ޑެލްޓާ ޕްލަސް ވޭރިއަންޓް މިޔުޓޭޓްވެ, ޑެލްޓާ ވޭރިއަންޓަށްވުރެ ހަލުވި މިނުގައި ފެތުރޭ ވޭރިއަންޓަކަށް ވެދާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޑިއާގެ ސައިންސްވެރިންނާއި ކެމްބްރިޖް އިންސްޓިޓިއުޓް އޮފް ތެރަޕިއުޓިކް އިމިއުނޮލޮޖީ އެންޑް އިންފެކްޝަސް ޑިޒީސްގެ ސައިންސްވެރިން ގުޅިގެން ވަނީ ކޮވިޑް-19ށް އުފައްދާފައިވާ ވެކްސިންތައް ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ދެނެގަތުމަށްޓަކައި ޚާއްސަ ދިރާސާއެއް ކުރިއަށް ގެންގޮސްފައެވެ. މިދިރާސާގައި އިންޑިއާގެ ތިން ސެންޓަރެއްގައި މަސައްކަތްކުރާ 100ށް ވުރެ ގިނަ ސިއްހީ ޚިދުމަތްތެރިން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ދިއްލީގެ ސަރ ގަންގާ ރާމް ހޮސްޕިޓަލްގެ ޚިދުމަތްތެރިންވެސް ހިމެނެއެވެ. ޑެލްޓާ ވޭރިއަންޓަށް ވެކްސިންތަކުން ކުރާ އަސަރު 8 ގުނަ ދަށްކަމަށް މި ދިރާސާއިން ވަނީ ދައްކާފައެވެ.

މިކަމާ ގުޅިގެން ބައެއް ގައުމުތަކުން ދަނީ ތިން ވަނަ ޑޯޒެއް ދިނުމާމެދު މަޝްވަރާ ކުރަމުންނެވެ. އެގޮތުން ފައިޒަރ ވެކްސިނުގެ ތިންވަނަ ޑޯޒެއް ބޫސްޓަރ ޝޮޓެއްގެ ގޮތުގައި ދިނުމަށް މިހާރު ހުއްދައަށް އެދިފައިވާއިރު ވޭރިއަންޓްތަކުން ރައްކާތެރިވުމަށް ބޫސްޓަރ ޝޮޓް ޖަހަން ޖެހިދާނެ ކަމަށް ސައިންސްވެރިން ވެސް ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބީ ރައީސް ސޯލިހަށް ކުރިއަށް އޮތީ އުދަނގޫ ދުވަސްތަކެއް!

އިންތިހާބީ ރައީސް ސޯލިހަށް ކުރިއަށް އޮތީ އުދަނގޫ ދުވަސްތަކެއް!

06 އޮކްޓޯބަރު 2018
ބެރަށް ފައި ހަމަކޮށް، ކުރިއަށްގެންދާ ގަމު ކޯޑި ކުޅިވަރު

ބެރަށް ފައި ހަމަކޮށް، ކުރިއަށްގެންދާ ގަމު ކޯޑި ކުޅިވަރު

23 އޯގަސްޓު 2018
ކުރިއަށް އެޅުނު ފިޔަވަޅެއް، ރައްޔިތުންގެ މޫނު މަތިން އުފާވެރިކަން

ކުރިއަށް އެޅުނު ފިޔަވަޅެއް، ރައްޔިތުންގެ މޫނު މަތިން އުފާވެރިކަން

26 ޖުލައި 2018
މިނިވަންކަމާ އެކު ލިބުނު އެންމެ ފުރުސަތެއް: އައްޑޫ އުތުރި އަރައިފި

މިނިވަންކަމާ އެކު ލިބުނު އެންމެ ފުރުސަތެއް: އައްޑޫ އުތުރި އަރައިފި

13 ޖުލައި 2018
މެމްބަރުންނަށް: އަރައި އިންނެވި \"ގޮފިގަނޑު\" އަމިއްލަ އަށް ކަނޑާނުލައްވާ

މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ

13 މާރިޗު 2018

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު