Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް މެންބަރުންނަށް ފައިސާ ދިނުން

ޕީއެންސީގެ މެންބަރުންނަށް ރައީސް ދެއްވި ބައިލައްކަ ރުފިޔާ: ސަރުކާރުން ބުނަނީ މެންބަރުން ހަދަނީ ދޮގުކަމަށް

10 ޖުލައި 2024 | ބުދަ 14:00

ރައީސް އެ ފައިސާ ދެއްވަނީ ކޮންތަނަކުންކަމެއް ސާފެއް ނޫން، ރައީސްގެ މުސާރައަކީ 100،000 ރުފިޔާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ޖުލައި 2024 | ބުދަ 14:00
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު، މަޖިލިސް މެންބަރުންނަށް ނަގުދު ފައިސާ ދޭކަމަށް މެންބަރުން ބުނޭ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު، މަޖިލިސް މެންބަރުންނަށް ނަގުދު ފައިސާ ދޭކަމަށް މެންބަރުން ބުނޭ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތެރެއިން ކޮންމެ މެންބަރަކަށް ބައިލައްކަ ރުފިޔާ ދެއްވައިފިއެވެ.

މި މައުލޫމާތު އެނގޭ މީހަކު ރާއްޖެއެމްވީއަށް، ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދެމުން ބުނީ، ކޮންމެ މަހަކު އެއްފަހަރު ރައީސް މުއިއްޒު މެންބަރުންނަށް ބައިލައްކަ ރުފިޔާ ދެއްވަން ނިންމާ، އެގޮތުގެ މަތިން މިދިޔަ މަހާއި، މި މަހުގައިވެސް އެ ފައިސާ ދީފައިވާ ކަމަށެވެ. އަދި ފައިސާ ދީފައިވަނީ ނަގުދު ފައިސާއިން ކަމަށްވެސް އެމީހާ ބުންޏެވެ.

އޭނާ ބުނީ ފައިސާ މެންބަރުންނަށް ދޭން ރައީސް ވައުދުވެ ވަޑައިގެންނެވީ މެއި މަހު މުލީއާގޭގައި ރައީސް މެންބަރުންނާއި ބައްދަލުކުރައްވައެވެ. އެއިރު މެންބަރުން ހުވާވެސް ނުކުރައްވައެވެ. ރައީސް ނަގުދު ފައިސާއިން މެންބަރުންނަށް ފައިސާ ދެމުންދަނީ މަޖިލީހުގައި ސަރުކާރު ހިމާޔަތްކޮށް، އިދިކޮޅުގެ އަޑު ކަނޑުވާލާ ސަރުކާރު ޕްރޮމޯޓް ކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޕީއެންސީގައި 75 މެންބަރުން ތިއްބަވާއިރު، މިއިން ކޮންމެ މެންބަރަކަށް 50،000 ރުފިޔާ ދެއްވާއިރު، އެއީ ގާތްގަނޑަކަށް 3،750،000 ރުފިޔާއެވެ. މި ފައިސާ ރައީސް މެންބަރުންނަށް ދެއްވަނީ މުލީއާގެ ބަޖެޓުންކަމެއް ނުވަތަ ރައީސްގެ އަމިއްލަ ފައިސާއިންކަމެއް ސާފެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މުސާރަކީ 100،000 ރުފިޔާއެވެ. އެހެންކަމުން މި ފައިސާ ރައީސް ދެއްވަނީ ކޮން ފައިސާއަކުން ނަންގަވައިގެންކަމެއް ސާފެއް ނުވެއެވެ.

ކަން މިހެން އޮތް އިރުވެސް އިގްތިސާދީ ދަތި ދަނޑިވަޅެއް އޮތްކަމަށް ސަރުކާރުން ބުނަމުން އަންނަ އިރު، މަހެއްގެ މައްޗަށް 82،500 ރުފިޔާ ލިބޭ ކޮންމެ މެންބަރަކަށް ނަގުދު ފައިސާ އަންނަނީ ދެމުންނެވެ.

މެންބަރުންގެ އިތުރުން ޕީއެންސީގެ އިސް ފަރާތްތަކަށާއި، ކުންފުނިތަކުގެ އިސްވެރިންނަށް ވެސް ފައިސާދޭކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލް ވިދާޅުވީ މުލީއާގެއިން ރައީސް އެއްވެސް މެންބަރަކަށް ފައިސާ ނުދެއްވާ ކަމަށާއި، ރައީސް ވެސް ފައިސާއެއް ނުދެއްވާ ކަމަށެވެ. އަދި މެންބަރުންނަށް ފައިސާ ލިބުނުކަމަށް ވިދާޅުވެ އެގޮތަށް ވާހަކަ ދައްކަނީ ކީއްވެގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެއީ ދޮގެއް ކަމަށެވެ.

ހަލީލު ވިދާޅުވީ އެވާހަކައަކީ ދޮގުތަކުގެ ތެރެއިންވެސް ބުހުތާނު ދޮގެއް ކަމަށާއި، ދޮގު ފަތުރަނީ ފިތުނަ އުފެއްދުމަށް ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް