Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒު

ރައީސްގެ ފޫޅުގެ ސާޖަރީ އާ ބެހޭ ގޮތުން ދެކެވޭ ވާހަކަ އާ ގުޅިގެން ސުވާލު ކުރުމުން ތަރުޖަމާނު ވިދާޅުވަނީ "ތިދަނީ ޕްރޮފެޝަނަލް މިންގަނޑުން ބޭރަށް" ކަމަށް!

ސޯޝަލް މީޑިއާގެ ބައެއް ޕޯސްޓުތަކުގައި ބުނެފައި ވަނީ ރައީސް މުޢިއްޒު ފޫޅުގެ ސާޖަރީއެއް ކުރައްވާފައިވާ ކަަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 އޯގަސްޓު 2025 | ބުދަ 08:11
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ޞިއްޙީ ޙާލުކޮޅާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ސަރުކާރުން ސާފު ޖަވާބެއް ދިނުމަށް ދެކޮޅު ހަދައިފި އެވެ.

ސޯޝަލް މީޑިއާގައި ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަތައް ހާމަ ކުރަމުން އަންނަަ "ޙަސަން ކުރުސީ" އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ރައީސް މުޢިއްޒު ޞިއްޙީ މައްސަލައެއްގައި ފޫޅުގެ ސާޖަރީއެއް ކުރައްވާފައިވާ ކަަމަށެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުއާ ސުވާލު ކުރެއްވުމުން ވިދާޅުވީ، "ރައީސް މުޢިއްޒުއާ ބެހޭ ގޮތުން ވާދަވެރިންނާއި، ފިލާ ތިބެ މުޖުތަމައު ފަސާދަ ކުރުމަށް ފިތުނަވެރި މައުލޫމާތު ފަތުރާ މީހުން އެ ދައްކަނީ ކަނޑައެޅިގެން ބޮޑެތި ދޮގު ވާހަކަތައް،" ކަމަށެވެ.

ހީނާ އެހެން ވިދާޅުވުމުން، ރައީސް މުޢިއްޒު އެއްވެސް ޞިއްޙީ ކަމެއްގައި މި ވަގުތު ފަރުވާ ހޯއްދަވާތޯ ސުވާލު ކުރުމުން، އެ ސުވާލަށް ހީނާ ސީދާ ޖަވާބެއް ނުދެއްވި އެވެ. އޭގެ ބަދަލުގައި ހީނާ ވިދާޅުވެފައި ވަނީ، "މިހާރު ތި ދަނީ ޕްރޮފެޝަނަލް މިންގަނޑުން ބޭރަށް" މިހެންނެވެ. އަދި ސުވާލަށް ޖަވާބު ދެވިފައިިވާ ކަމަށް ހީނާ ވިދާޅުވި އެވެ.

ނަމަވެސް އެއީ ޕްރޮފެޝަނަލް ސުވާލެއް ކަމަށާއި، ރައީސްގެ ޞިއްޙީ ޙާލުކޮޅު ބުނެދިނުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެއް ކަމަށް ފާހަގަކޮށް، އަނެއްކާ ވެސް އެ ސުވާލު ތަކުރާރު ކުރި ނަމަވެސް، ހީނާ އެއްވެސް ޖަވާބެއް ނުދެއްވި އެވެ.

ރައީސް މުޢިއްޒުގެ ޞިއްޙީ ޙާލުކޮޅާ ގުޅޭ ގޮތުން ސަރުކާރުން ސީދާ ޖަވާބެއް ދީފައި ނުވާއިރު، ދާދި ފަހުން ރައީސް މުޢިއްޒު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ޖުލައި މަހުގެ 30 ވީ ބުދަ ދުވަހުގެ ރޭ އެވެ. އަދި އެނބުރި ރާއްޖެ ވަޑައިގެންފައި ވަނީ އަންގާރަ ދުވަހުގެ ރޭ އެވެ.

ރައީސްގެ ޞިއްޙީ ޙާލުކޮޅާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސަރުކާރުން ސީދާ ޖަވާބެއް ދީފައި ނުވާއިރު، ދުނިޔޭގެ އެކި އެކި ޤައުމުތަކުގައި ރައީސުންގެ ޞިއްޙަތަަށް ދިމާވާ ކަންކަން ރައްޔިތުންނަށް ބުނެދެ އެވެ. އެގޮތުން ޞިއްޙީ ފަރުވާއެއް ރައީސް ހޯއްދަވާ ނަމަ، އެކަން ވެސް ބުނެދެ އެވެ.

ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޞިއްޙީ ޙާލަތާ ގުޅޭ ގޮތުން އެ ޤައުމުގައި ކަންބޮޑުވުން ތަކެއް އުފެދިފައި ވަނިކޮށް، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ވަނީ އެކަން ސާފު ކޮށްދެއްވައިފަ އެވެ. އެގޮތުން ރައީސް ޓްރަމްޕް އަށް ނާރުގެ ބައްޔެއް ދިމާވެފައިވާ ކަމަށާއި، އެކަމަށް ފަރުވާ ހޯއްދަވައި، ބޭސް ކުރައްވަމުން ގެންދަވާކަން ވެސް ހާމަ ކުރެއްވި އެވެ.

ރައީސް އޮފީސްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު