Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫރޯ 2024

އިންގްލެންޑުގެ އުންމީދީ ތަރި ސަކާ!

އާސެނަލަަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ ޒުވާން ކުޅުންތެރިޔާގެ ކިބައިގައި، އިންގްލެންޑުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާން ބޭނުންވާ ހުރިހާ ފެންވަރެއް ހުރި ކަމަށް ޤަބޫލު ކުރާ މީހުން މަދެއް ވެސް ނޫނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޖުލައި 2024 | ބުދަ 03:11
އިންގްލެންޑުގެ ޒުވާން ކުޅުންތެރިޔާ ބުކަޔޯ ސަކާ

އިންގްލެންޑުގެ ޒުވާން ކުޅުންތެރިޔާ ބުކަޔޯ ސަކާ

ގަރެތު ސައުތުގޭޓްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންގްލެންޑުގައި މިވަގުތު ފޯމުގައި ހުރި އެންމެ ރަނގަޅު އެއް ކުޅުންތެރިޔަކީ، ހަތް ނަންބަރަށް ކުޅެމުން އަންނަ ބުކަޔޯ ސަކާ އެވެ. އާސެނަލަަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ ޒުވާން ކުޅުންތެރިޔާގެ ކިބައިގައި، އިންގްލެންޑުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާން ބޭނުންވާ ހުރިހާ ފެންވަރެއް ހުރި ކަމަށް ޤަބޫލު ކުރާ މީހުން މަދެއް ވެސް ނޫނެވެ.

ލޫކް ޝޯއާ އެ ސުވާލު އަމާޒު ކުރުމުން، އޭނާގެ މޫނުމަތިން ފެނުނު ބޮޑު ހިނިތުންވުމާއެކު ޖަވާބު ދިނެވެ. އިންގްލެންޑުން މެޗުތަކަށް ނިކުންނައިރު، އެންމެ ބޮޑަށް ސަމާލުކަން ދޭ ކުޅުންތެރިޔަކީ ކޮން ކުޅުންތެރިޔެއްތޯ އެހުމުން، ފަސް ޖެހުމެއް ނެތި ޝޯ ބުނީ ސަކާގެ ވާހަކަ އެވެ. އޭނާ ސިފަ ކުރި ގޮތުގައި ސަކާ އަކީ އިންގްލެންޑުގެ ކާމިޔާބާ ވެސް ގުޅިފައިވާނެ ކުޅުންތެރިޔެކެވެ.

ޝޯ ބުނެފައިވާ ގޮތުގައި އިންގްލެންޑުގެ ކޮންމެ ކުޅުންތެރިޔަކާ ސުވާލު ކުރި ނަމަވެސް، ސަކާގެ ނަން އަންނާނެ އެވެ. ސަކާ އަކީ މޮޅު ކުޅުންތެރިޔެއް ކަމަށާއި، އަބަދު ވެސް އޭނާގެ ހޮވުމަކަށް ސަކާ ވާނެ ކަމަށް ވެސް ޝޯ ބުންޏެވެ. ސަކާ އަކީ އެހެން މީހުންނަށް ހިނިތުންވުމާއި، އުފާވެރިކަން ގެނެސްދޭ ކުޅުންތެރިޔެއް ކަމަށާއި، އޭނާ އަކީ ސަކަ މިޒާޖެއްގެ ކުޅުންތެރިޔެއް ކަމަށް ވެސް ޝޯ ވަނީ ބުނެފަ އެވެ. ހަމައެހެންމެ، ސަކާ އަކީ ވިސްނުންތޫނު އަދި ހުނަރުވެރި ކުޅުންތެރިޔެއް ކަމަށް ވެސް އޭނާ ބުންޏެވެ. ޝޯ ސިފަ ކޮށްފައިވާ ގޮތުގައި ސަކާ އަކީ ފުޓުބޯޅައިގެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭނެ ކުޅުންތެރިޔެކެވެ.

ޒުވާން ކުޅުންތެރިޔާ އެންމެ ފުރަތަމަ 2020 ވަނަ އަހަރު އިންގްލެންޑުގެ ސްކޮޑާ ގުޅުނު އިރުން ފެށިގެން ވެސް، ޝޯއާ ދެމީހުންނަކީ ގާތް ކުޅުމެއް އޮންނަ ދެ ކުޅުންތެރިންނެވެ. އެންމެ ފަހުން، 2021 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔޫރޯ މުބާރާތުގައި ވެސް ޝޯ ވަނީ ސަކާއާ ގުޅޭ ވާހަކަތައް ދައްކައިފަ އެވެ. އޭނާ ސަކާ ސިފަ ކޮށްފައި ވަނީ އާއިލާ މެމްބަރެއްގެ ގޮތުގަ އެވެ.

ކޮންމެ މެޗެއްގެ ވެސް އަލި

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ މުބާާރާތުގައި އިންގްލެންޑުގެ އެންމެ މޮޅު އެއް ކުޅުންތެރިޔަކީ ސަކާ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. އެހެން ގޮތަކަަށް ބުނާނަމަ، އިންގްލެންޑު ހޫނު ފެނަށް ވެއްޓި، މުބާރާތް ކަޅުވެފައި ވަނިކޮށް، އެ ޓީމަށް އަލި ކަމެއް ގެނެސްދިން ކުޅުންްތެރިޔަކީ ވެސް ސަކާ ކަމަށް އެމީހުން ބުނެ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑުން ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޖޫޑް ބެލިންހަމް ލަނޑު ޖެހީ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ކޭން ލަނޑު ޖެހި ބޯޅައިގައި ސަކާގެ ފައި ނުޖެހުނު ނަމަވެސް، އެ ބޯޅަ އަށް ވެސް އޭނާ މަސައްކަތް ކުރި އެވެ.

މުބާރާތުގައި ސްވިޒަލެންޑާ ދެކޮޅަށް ކުއާޓާ ފައިނަލްގައި ކުޅުނު މެޗަކީ، މިހާތަނަށް އިންގްލެންޑު ކުޅުނު އެންމެ އުނދަގޫ އެއް މެޗެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ސަކާ މޮޅު ކުޅުމެއް ދެއްކިއިރު، އެއް ލަނޑުން އިންގްލެންޑު ފަހަތުގައި ވަނިކޮށް އެ ޓީމު ސަލާމަތްކޮށްދިނީ ވެސް އޭނާ އެވެ. ސަކާ ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަވީއިރު، އެ މެޗުން އިންގްލެންޑު ކުރި ހޯދީ ޕެނަލްޓީގަ އެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ސަކާ އަށް މަދުވަނީ އެންމެ ކަމެކެވެ. އެއީ ކެޕްޓަން ކޭންގެ ފަރާތުން ސަކާ އަށް ލިބޭ އެއްބާރުލުން ކުޑަވުމުގެ މައްސަލަ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ބައެއް ޙާލަތްތަކުގައި ކަންކަން އަމިއްލަ އަތް މައްޗަށް ނަގަން ސަކާ އަށް މަޖުބޫރުވާ ކަމަށް ވެސް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. ސްވިޒަލެންޑާ ދެކޮޅަށް ސަކާ ޖެހި ލަނޑަކީ، އޭނާާގެ ވިސްނުންތެރިކަމާއި، ބުއްދިވެރިކަން ދައްކައިދިން ލަނޑެއް ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.

ތަފާތު ދައްކައިދޭ "ހިތްވަރު"

ސްވިޒަލެންޑާ ދެކޮޅަށް ޕެނަލްޓީ ޝޫޓް އައުޓްގައި އިންގްލެންޑުން ކުރި ހޯދި އެވެ. އެ މެޗަށް ފަހު ސައުތުގޭޓް ވާހަކަ ދައްކަމުން ދިޔައިރު، ސިފަވަމުން ދިޔައީ މުދައްރިސަކު އޭނާގެ ދަރިވަރަކު "ރަން ކާމިޔާބެއް" ހޯދައިގެން ވާހަކަ ދައްކަމުން ދިޔަ ހެންނެވެ. ސައުތުގޭޓްގެ ރާގާއި، އަޑު ވެސް ހުރީ އެފަދަ ގޮތަކަށެވެ.

ސައުތުގޭޓް ބުނީ ސަކާގެ ފަރާތުން ފެނުނީ ހިތްވަރު ކަމަށާއި، އޭނާ އަކީ އިންގްލެންޑުގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ. ސަކާ ތަހަންމަލު ކޮށްފައިވާ ކަންކަން ވެސް އޭނާ އަށް އިނގޭ ކަމަށާއި، ސަކާއާ މެދު އޭނާ އުފާވާ ކަމަށް ވެސް ސައުތުގޭޓް ބުނެފައިވެ އެވެ. ސަކާ މިހާރު އެނބުރި އައިސް އެ ހުރީ، ކުރިއަށް ވުރެ ވަރުގަދަކޮށް ކަމަށާއި، ސަކާ އަކީ އޭނާ ލޯބިވާ ކުޅުންތެރިޔެއް ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ. ސައުތުގޭޓް ސިފަ ކުރި ގޮތުގައި ސަކާ އަކީ، އިންގްލެންޑަށް މުހިންމު އަދި އިންތިހާ އަށް ބޭނުންތެރި ކުޅުންތެރިޔެކެވެ.

އަބަދު ވެސް ހިނިތުންވުމާއެކު، ކުޅެމުން އަންނަ ސަކާ އަކީ އިންގްލެންޑުގައި ތަފާތު ދައްކާނެ އެއް ކުޅުންތެރިޔާ އެވެ. މިހާތަނަށް ސަކާ ވަނީ އިންގްލެންޑުގެ ޤައުމީ ޓީމަށް 12 ލަނޑު ޖަހައިދީފައިވާއިރު، މިހާރު ސްކޮޑުގައި ތިބި ކުޅުންތެރިންގެ ތެރޭގައި އޭނާ އަށް ވުރެ ކުރީގައި އޮތީ ކެޕްޓަން ކޭން އެވެ. ކޭން އަށް ވުރެ އުމުރުން ހަގު ސަކާ އަކީ މުސްތަޤުބަލުގައި ކޭން ފަހަތަށް ޖައްސާލެވޭނެ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށް ެވސް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

އިންގްލެންޑުން ޔޫރޯ މުބާރާތުގެ ސެމީ ފައިނަލްގައި ނެދަލެންޑްސްއާ ދެކޮޅަށް ނިކުންނައިރު، އެ ޓީމުގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަކީ ސަކާ އެވެ. އިންގްލެންޑުން އެ މެޗުގައި ވެސް ސަކާގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް މަސައްކަތް ކުރަމުން ދާނެ ކަމަށާއި، އެ މެޗަށް ސައުތުގޭޓްގެ ޕްލޭގައި އެންމެ މުހިންމު އެއް ކުޅުންތެރިޔަކަށް ވާނީ ވެސް ސަކާ ކަމަށް ފުޓުބޯޅައިގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މައުމޫންގެ ސިޔާސީ ތަރި އޮއްސުނީ؟

މައުމޫންގެ ސިޔާސީ ތަރި އޮއްސުނީ؟

01 އޯގަސްޓު 2019
މާވެލްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތައް: ކުރީގެ އަދި އާ ތަރިންނާއެކު ގިނަ ފިލްމްތަކާއި ސީރީޒްތައް!

މާވެލްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތައް: ކުރީގެ އަދި އާ ތަރިންނާއެކު ގިނަ ފިލްމްތަކާއި ސީރީޒްތައް!

23 ޖުލައި 2019
އަލާދީން، ލަޔަން ކިންގ، ލިޓްލް މަރމެޑް: ހޮލީވުޑްގައި އެކި ނަސްލުގެ ތަރިންނަށް ފުރުސަތު ލިބި، ވިދަނީ!

އަލާދީން، ލަޔަން ކިންގ، ލިޓްލް މަރމެޑް: ހޮލީވުޑްގައި އެކި ނަސްލުގެ ތަރިންނަށް ފުރުސަތު ލިބި، ވިދަނީ!

08 ޖުލައި 2019
ތަރިކައިގެ ބިލާއެކީ، ތަރިކަ ހިމާޔަތް ނުކުރެވި އޮތުމުގެ ކަންބޮޑުވުންތަކުގެ ވާހަކަ

ތަރިކައިގެ ބިލާއެކީ، ތަރިކަ ހިމާޔަތް ނުކުރެވި އޮތުމުގެ ކަންބޮޑުވުންތަކުގެ ވާހަކަ

02 ޖުލައި 2019
ހޮލީވުޑް 2018: ތަރިން، ފިލްމް އަދި މައްސަލަތައް

ހޮލީވުޑް 2018: ތަރިން، ފިލްމް އަދި މައްސަލަތައް

31 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު