Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

ސަކާގެ އަނިޔާ ސީރިއަސް

އޭނާ ބުނީ އަނިޔާގެ ސަބަބުން ސަކާ ކުޅުމާ ދުރަށް ދާން ޖެހުމަކީ އާސެނަލަށް ކުރިމަތިވާނެ ގެއްލުމެއް ކަމަށާއި، އޭނާ އަކީ ޓީމުގައި ހުރި މުހިންމު ކުޅުންތެރިޔެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޑިސެމްބަރު 2024 | ބުދަ 03:54
ޕެލަސް މެޗުގައި ސަކާގެ ފަޔަށް ލިބުނު އަނިޔާއާ އެކު ދަނޑު މަތީގައި އިށީނދެގެން

ޕެލަސް މެޗުގައި ސަކާގެ ފަޔަށް ލިބުނު އަނިޔާއާ އެކު ދަނޑު މަތީގައި އިށީނދެގެން

އާސެނަލަށް ކުޅެމުން އަންނަ އިންގްލެންޑުގެ ބުކަޔޯ ސަކާ އަށް ލިބިފައިވާ އަނިޔާ ސީރިއަސް ކަމަށް، އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ސަކާ އަށް އަނިޔާވެފައި ވަނީ ލީގުގައި އާސެނަލް އިން އެންމެ ފަހުން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި އާސެނަލްގެ ފުރަތަމަ 11 ގައި ހިމެނިގެން ސަކާ ކުޅުނު ނަމަވެސް، ވަކި ހިސާބަކުން ވަނީ އޭނާ ބަދަލުކޮށްފަ އެވެ. ސަކާ ބަދަލު ކޮށްފައި ވަނީ އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.

ސަކާގެ އަނިޔާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުނީ، ސަކާގެ އަނިޔާ ރަނގަޅު ނޫން ކަމަށެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން ސަކާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ވެސް އާޓެޓާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ އަނިޔާގެ ސަބަބުން ސަކާ ކުޅުމާ ދުރަށް ދާން ޖެހުމަކީ އާސެނަލަށް ކުރިމަތިވާނެ ގެއްލުމެއް ކަމަށާއި، އޭނާ އަކީ ޓީމުގައި ހުރި މުހިންމު ކުޅުންތެރިޔެއް ކަމަށެވެ.

މީގެ އިތުރުން އާޓެޓާ ބުނެފައި ވަނީ ދެން އާސެނަލް އިން ތައްޔާރުވާން ޖެހޭނީ ސަކާ ނެތް ޙާލަތަކަށް ކަމަށާއި، އެ ޙާލަތަކީ ވަރަށް އުނދަގޫ އަދި ޗެލެންޖިން ޙާލަތަކަށް ވާނެ ކަމަށެވެ. އެ ޗެލެންޖުން އަރައި ގަންނަން އާސެނަލްގެ ކަންކަން ރާވަން ޖެހޭނެ ކަމަށާއި، އެކަން ކުރެވޭނެ ކަމުގެ އުންމީދެއް އޮތް ކަމަށް ވެސް އާޓެޓާ ވަނީ ބުނެފަ އެވެ.

ސަކާ އަންނަނީ 2018 ވަނަ އަހަރުން ފެށިގެން އާސެނަލްގެ ސީނިއާ ޓީމަށް ކުޅެމުންނެވެ. އޭނާ ވަނީ މިހާތަނަށް އާސެނަލަށް ކުޅެދިން 250 މެޗުގައި 67 ލަނޑު ޖަަހައިފަ އެވެ. މި ސީޒަންގައި 24 މެޗެއް ސަކާ އާސެނަލަށް ކުޅެދީފައިވާއިރު، އޭނާ ވަނީ ނުވަ ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ފަސް ލަނޑަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ސަކާ ޖަހާފައިވާ ލަނޑުތަކެވެ.

އާސެނަލްބުކަޔޯ ސަކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު