Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ އިންތިޚާބީ ނިޒާމް

މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލާ، މެމްބަރުންގެ އަދަދު މަދުކުރަނީ

ދައުލަތް ހިންގުމުގައި ޚަރަދުކުރަންވާނީ ޒިންމާދާރު ގޮތަކަށް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 ޖުލައި 2024 | ހޯމަ 01:54
ރައީސް ޑރ.މުހައްމަދު މުއިއްޒު ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒު ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަނީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލާ، މެމްބަރުންގެ އަދަދު މަދުކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަކީ ކުޑަ މުޖުތަމައު އެއް ކަމަށާއި ރާއްޖޭގެ ކަންކަން ބައްޓަންކުރަންވާނީ ރާއްޖެ އަށް ހެޔޮވަރު ގޮތަކަށް ކަމަށެވެ. އެކި ރަށްތަކަކަށް ބެހިފައި އޮތް ނަމަވެސް ރާއްޖޭގެ ނިޒާމް ބައްޓަންކުރަންވާނީ ޚަރަދުގެ ގޮތުން ކަތާނެ ގޮތަކަށް ބަލައިގެން ކަަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. ރާއްޖޭގެ ސިޔާސީ ދުސްތޫރީ ނިޒާމް ރޭވިފައި އޮތީ ވަރަށް ގިނަ އިންތިޚާބުތައް ބާއްވާ ގޮތަށް ކަމަށާއި އެކަން ކުރަން ޖެހޭނީ ޚަރަދު ދެކޮޅު ޖެހޭ ގޮތަކަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދައުލަތް ހިންގުމުގައި ޚަރަދުކުރަންވާނީ ޒިންމާދާރު ގޮތަކަށް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ ނިމިދިޔަ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބުގެ ޚަރަދުތަކަށް އަލިއަޅުވާލައްވާފައެވެ. މަޖިލިސް އިންތިޚާބަށް 120 މިލިއަނަށް ވުރެ ގިނައިން ޚަރަދުވި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިދިޔަ ރިޔާސީ އިންތިޚާބަށް 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ދެ އިންތިޚާބުގެ ދެމެދުގައި 8 މަސްދުވަސް ވެސް ނެތްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ އެ ދެ އިންތިޚާބު އެއްކޮށްލުން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެކަން އެގޮތަށް ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށާއި އެކަމުގައި ރައްޔިތުންގެ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މިހިނގާ ދައުރުގެ ތެރޭގައި ނުވަތަ ކުރިއަށް އޮތް ދައުރުގެ ތެރޭގައި އެ ދެ އިންތިޚާބު އެއްކޮށްލުމަށް ޤާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި 77 އަށް ވުރެ އިތުރު ނުވާނެ ގޮތަކަށް މަޖިލީސް މެމްބަރުންގެ އަދަދު ހިފެހެއްޓިފައި އޮންނަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެކަމަށް ބޭނުންވާ ޤާނޫނީ ބަދަލުތައް ގެންނަވާނެ ކަަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އެ ބަދަލުގެ ސަބަބުން އެތައް 100 މިލިއަން ރުފިޔާ އެއް ދައުލަތުގެ ބަޖެޓުން ސަލާމަތްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ޚަރަދުތައް ސަލާމަތްވުމުން އެ ފައިސާއިން ދިރިއުޅުން ތަރައްޤީކޮށްދެވޭނެ އެތައްކަމެއް ކުރެވިދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ދާދިފަހުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ގަރާރެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ. އަދި އެ ގަރާރުގެ އިބްތިދާއީ ބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ކޮންމެ 5 އަހަރަކުން މެމްބަރުން އިތުރުވަމުންދާ ދިއުމަކީ އެއީ ކަންބޮޑުވުމެއް ކަމަށް ބައެއް މުއައްސަސާތަކުން ވެސް ވަނީ ބުނެފައެވެ. ނަމަވެސް މިފަދަ ބަދަލެއް ގެންނަ އިރު ފުޅާ ދާއިރާ އެއްގައި މަޝްވަރާނުކޮށް އެކަން ކޮށްފި ނަމަ ފަހުން އެ ބަަދަލުތައް އިއާދަކުރަން ޖެހުމުގެ ފުރުސަތު އޮތްކަން އެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ފާހަގަކުރައްވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު