Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނެދަލެންޑްސް ޤައުމީ ޓީމު

ޤައުމީ ޓީމަށް އެނބުރި އާދެވުމުން ޑި ޔޯން ހިތްހަމަ ޖެހިފައި

އޭނާ ބުނީ މިހާރު އޭނާ ހުރި ޙާލަތުގައި ސަޕޯޓަރުން ވެސް ކަންބޮޑުވާނެ ކަމަށާއި، އެމީހުން ބޭނުންވާ ފެންވަރުގެ ކުޅުމެއް ދައްކަން ދުވަސް ކޮޅެއް ނަގާނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2024 | ހޯމަ 04:51
ނެދަލެންޑްސްގެ ޑި ޔޯން

ނެދަލެންޑްސްގެ ޑި ޔޯން

އަނިޔާ އަށް ފަހު، އަލުން ޤައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުމުން ހިތްހަމަ ޖެހިފައި ހުރި ކަމަށް، ނެދަލެންޑްސްގެ މިޑްފީލްޑަރު ފެރެންކީ ޑި ޔޯން ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުއެފާ ނޭޝަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ނެދަލެންޑްސް އިން ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. ހަތަރު ލަނޑުން ނެދަލެންޑްސް މޮޅުވި އެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ޑި ޔޯން ވަނީ ކުޅެފަ އެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. މިއަހަރުގެ ކުރީ ކޮޅު ޑި ޔޯންގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ އަށް ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. ނަމަވެސް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އޭނާ ވަނީ އަލުން އެނބުރި ކުޅުމުގެ ތެރެއަށް އައިސްފަ އެވެ.

އޭގެ ފަހުން ޤައުމީ ޓީމުގައި ޑި ޔޯން ކުޅުނު ފުރަތަމަ މެޗަކީ އެއީ އެވެ. ޑި ޔޯން ބުނީ، އަލުން އެނބުރި ޤައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުމުން އުފާވާ ކަމަށެވެ. އޭނާ ބުނީ އަލުން އެނބުރި ފޯމަށް އައުމަށްޓަކައި ގިނަ މެޗުތަކެއް ކުޅެން ބޭނުންވާ ކަމަށާއި، ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބޭ ވަރަކުން އޭނާގެ އަސްލު ކުޅުން ވެސް ފެންނާނެ ކަމަށެވެ. އޭނާ ބުނީ ދެން ކުޅޭ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ނުކުޅޭނެ ކަމަށާއި، އެހެން ނަމަވެސް ޤައުމީ ޓީމާ އެކު ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ޑި ޔޯން ބުނީ އަދިވެސް އޭނާ ކުޅެން ޖެހެނީ އަނިޔާ އަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކަމަށެވެ. ޚާއްސަކޮށް ކުޅުމުގެ ތެރޭގައި ވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށާއި، ކަކުލަށް ލިބުނު އަނިޔާގެ "ތަދު" ކޮންމެ ވެސް ވަރަަކަށް އަދިވެސް އިޙުސާސް ކުރެވޭ ކަމުގައި އޭނާ ބުންޏެވެ. އޭނާ ބުނީ މިހާރު އޭނާ ހުރި ޙާލަތުގައި ސަޕޯޓަރުން ވެސް ކަންބޮޑުވާނެ ކަމަށާއި، އެމީހުން ބޭނުންވާ ފެންވަރުގެ ކުޅުމެއް ދައްކަން ދުވަސް ކޮޅެއް ނަގާނެ ކަމަށެވެ.

ސްޕެއިންގެ ބާސެލޯނާ އަށް ވެސް ކުޅެމުން އަންނަ ޑި ޔޯން އަކީ އެ ކުލަބުގެ އިތުރުން، ޤައުމީ ޓީމުގެ މެދު ތެރޭގައި ވެސް އެންމެ އިސް ދައުރެއް އަދާ ކުރާ އެއް ކުޅުންތެރިޔާ އެވެ. ޑި ޔޯން ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 54 މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. ނެދަލެންޑްސްގެ ޤައުމީ ޓީމުގެ މިހާރުގެ ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭންގައި ހިމެނޭ މުހިންމު ކުޅުންތެރިންގެ ތެރޭގައި ވެސް ޑި ޔޯން އަކީ ހިމެނޭ ކުޅުންތެރިޔެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު