Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ނޭޝަންސް ލީގު

ޕެނަލްޓީގައި ކުރި ހޯދައި، ސްޕެއިން ސެމީ ފައިނަަލަށް

ސްޕެއިން އަކީ ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން. އެ ޓީމުން ވަނީ 2023 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލްގައި ކްރޮއޭޝިއާ ބަލިކޮށް، މުބާރާތް ކާމިޔާބު ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 މާރިޗު 2025 | ހޯމަ 04:24
މެޗުގައި ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި، ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ބަލިކޮށް ސްޕެއިން އިން މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.

ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މި ދެ ޓީމު ބައްދަލު ކުރި މެެޗު ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އާދީއްތަ ދުވަހުގެ ރޭ ކުޅުނު ދެ ވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު ވަނީ 3-3 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސްޕެއިން އިން ވަނީ 5-4 އިން ނެދަލެންޑްސް ބަލިކޮށްފަ އެވެ.

މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ސްޕެއިން އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ކުރި ހޯދައިދިނީ މިކޭލް އޮޔަޒަބާލް އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގެ ކުރީ ކޮޅު ނެދަލެންޑްްސް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެމްފިސް ޑިޕާއީ އެވެ.

ނަމަވެސް، މެޗުގެ 67 ވަނަ މިނެޓުގައި އޮޒަޔަބާލް ޖެހި ދެ ވަނަ ލަނޑާ އެކު، ސްޕެއިން އިން ވަނީ ދެ ވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިފަ އެވެ. އޭގެ ފަހުން މެޗުގެ 79 ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް ނެދަލެންޑްސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، އިއާން މާސްޓްސެން އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު އެއްވަރުވެފައި އޮުތުމުން، 15 މިނެޓުގެ ދެ ހާފު ވަނީ ކުޅެފަ އެވެ. މި ހާފުގައި ލަމީން ޔަމާލް ޖެހި ލަނޑުން ސްޕެއިން ކުރި ހޯދި ނަމަވެސް، ޒަވީ ސިމޮންސް ޖެހި ޕެނަލްޓީ އިން ނެދަލެންޑްސް ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ހަ ޕެނަލްޓީގެ ތެރެއިން، ސްޕެއިން އިން ވަނީ ފަސް ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އެއީ މިކޭލް މެރީނޯ، ފެރާން ޓޮރޭސް، އެލެއިކްސް ގާސިއާ، އެލެއިކްސް ބައެނާ އަދި ޕެޑްރީގެ ޕެނަލްޓީ އެވެ. ޔަމާލްގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައި އެވެ.

ހަ ޕެނަލްޓީގެ ތެރެއިން ނެދަލެންޑްސް އަށް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީ އެވެ. އެއީ ވާޖިލް ވެން ޑައިކް، ޓެއުން ކޫޕްމެއިނާސް، ޒަވީ ސިމޮންސް އަދި ކެނެތު ޓޭލާގެ ޕެނަލްޓީ އެވެ. އެ ޓީމުގެ ނޯ ލަންގް އަދި ޑޮންޔެލް މާލެންގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައި އެވެ.

ސްޕެއިން އަކީ ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އެ ޓީމުން ވަނީ 2023 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލްގައި ކްރޮއޭޝިއާ ބަލިކޮށް، މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު