Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

ޔުނައިޓެޑުން ކުރަން ޖެހެނީ ބުރަ އަދި ބޮޑު މަސައްކަތެއް: ޓެން ހާގް

ޚާއްސަކޮށް އިނގިރޭސި ތަށިތަކަށް ވާދަކުރަން ބަލާއިރު، އެ މަސައްކަތް ދެގުނަ އަށް ކުރަން ޖެހޭ ކަމުގައި ޓެން ހާގް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ޖުލައި 2024 | ހޮނިހިރު 05:04
ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުން ކުރަން ޖެހެނީ ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުުނައިޓެޑާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް، އައު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުންނެވެ. ޔުނައިޓެޑާ އެކު ޓެން ހާގް ސޮއި ކޮށްފައިވާ އެއްބަސްވުމަށް އެކުލަބުން ވަނީ އިތުރު އެއް އަހަރު އިތުރުކޮށްފަ އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، ޔުނައިޓެޑުގައި ކުރަމުން އައި މަސައްކަތުގައި ދެމި ހުރުމުގެ ގޮތުން ކުލަބާއެކު އައު އެއްބަސްވުމުގައި ސޮއި ކުރެވުމުން ވަރަށް އުފާވާ ކަމަށެވެ. ޓެން ހާގް ބުނީ ފާއިތުވި ދެ އަހަރު ދުވަހު ކުރެވުނު މަސައްކަތަށް ބަލާއިރު، ކުރިއަށް އޮތް ތަނުގައި ޔުނައިޓެޑަށް އިތުރު ކާމިޔާބީތައް ހޯދޭނެކަން ޔަގީންވާ ކަމަށެވެ. ޚާއްސަކޮށް އޭނާ ހަވާލުވީއިރު ޔުނައިޓެޑު އޮތް ހިސާބާއި، މިހާރު އެ ޓީމު އޮތް ހިސާބު ވަޒަންކޮށްލުން މުހިންމު ކަމަށް ވެސް ޓެން ހާގް ބުންޏެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ ކުރިއަށް ދާން ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތުގައި އަދި ވެސް ބައިވަރު ކަންކަން ކުރަން ހުރި ކަމަށެވެ. އެއީ ބުރަ އަދި ބޮޑު މަސައްކަތެއްކަން ފާހަގަކޮށް ޓެން ހާގް ބުނީ، ކުލަބުން ދާން ބޭނުންވާ އަމާޒަށް ވާސިލުވެވޭނީ އެކަންކަން ކޮށްގެން ކަމަށެވެ. ޚާއްސަކޮށް އިނގިރޭސި ތަށިތަކަށް ވާދަކުރަން ބަލާއިރު، އެ މަސައްކަތް ދެގުނަ އަށް ކުރަން ޖެހޭ ކަމުގައި ޓެން ހާގް ވަނީ ބުނެފަ އެވެ.

އިތުރަށް ޓެން ހާގް ބުނީ، ޔުނައިޓެޑުގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު، މަސައްކަތް ކުރާނެ ގޮތުގެ ވިސްނުންތަކެއް އެކުލަވާލެވިފައިވާނެ ކަމަށެވެ. ޚާއްސަކޮށް ކުލަބުން ޙާސިލު ކުރަން ބޭނުންވާ ކަންކަމަށް މަޝްވަރާކޮށް، އެކަންކަން ޙާސިލު ކުރަން ކުރާނެ މަސައްކަތާ ގުޅޭ ގޮތުން ވާހަކަ ދައްކައި، މަޝްވަރާ ކޮށްފައިވާނެ ކަމަށް ޓެން ހާގް ބުންޏެވެ. އެކަންކަން ޙާސިލު ކުރުމުގައި ޔުނައިޓެޑުގެ އެންމެން ވެސް ތިބޭނީ ވަރަށް ބަދަހި ކަމާއެކު ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ.

އޭނާ ބުނީ އަންނަ ސީޒަނަށް ޓީމު ތައްޔާރު ވާނީ އެންމެ ފުރިހަމަ އަށް ކަމަށާއި، އެކަމާ ގުޅުން ހުރި މަސައްކަތްތައް މިހާރު ވެސް ކުރެވެމުން އަންނަ ކަމަށެވެ.

މެންޗެސްޓަރ ޔުނައިޓެޑްއެރިކް ޓެން ހާގް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު