Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ބެލްޖިއަމްއާ ދެކޮޅަށް ފްރާންސް އިން ދެއްކި ކުޅުމާމެދު ޑެޝޯމްޕްސް ހިތްހަމަ ޖެހިފައި

ޚާއްސަކޮށް މެޗުގައި ބެލްޖިއަމް އިން ޖާގަ ހޯދުމަށް މަސައްކަތް ކުރިއިރު، ފްރާންސް އިން އެ ފުރުސަތު ދީފައި ނުވާކަން އޭނާ ފާހަގަ ކުރި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖުލައި 2024 | ބުދަ 04:24
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ފްރާންސް އިން ބެލްޖިއަމްއާ ދެކޮޅަށް ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

ގަދަ 16 ވަނަ ބުރުގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗު ފްރާންސް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. އެ މެޗުގައި ފްރާންސް އިން ރަނގަޅަށް ކުޅެ، ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، އެ ޓީމު މޮޅުވީ ބެލްޖިއަމްގެ ޑިފެންޑަރެއްގެ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޑެޝޯމްޕްސް ބުނީ، އެއީ ވަރަށް ރީތި ކުޅުމެއް ފެނުނު، ހިތްގައިމު މެޗެއް ކަމަށެވެ. މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، ފްރާންސް އިން ބޯޅަ ހިފަހައްޓައިގެން ގިނަ ހަމާލަތަކެއް އުފައްދަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ. ޚާއްސަކޮށް މެޗުގައި ފްރާންސް އިން ރަނގަޅު އެތައް ކަމެއް ކޮށްފައިވާ ކަމަށާއި، މިއީ ފްރާންސް އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޑެޝޯމްޕްސް ބުނީ ބެލްޖިއަމް އަކީ ވެސް ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، އެ މެޗުގައި ވެސް އެކަން ފެނުނު ކަމަށެވެ. އެހެން ނަމަވެސް މެޗުގައި ބެލްޖިއަމް އަށް ވުރެ ގިނަ ހަމަލާތަކެއް ފްރާންސް އިން އުފައްދާފައިވާ ކަމަށާއި، ފްރާންސްގެ ޑިފެންސްގައި ވެސް ފެނުނީ އޭނާ ބޭނުންވާ ފަދަ ކުޅުމެއް ކަމަށް ޑެޝޯމްޕްސް ބުންޏެވެ. ޚާއްސަކޮށް މެޗުގައި ބެލްޖިއަމް އިން ޖާގަ ހޯދުމަށް މަސައްކަތް ކުރިއިރު، ފްރާންސް އިން އެ ފުރުސަތު ދީފައި ނުވާކަން އޭނާ ފާހަގަ ކުރި އެވެ.

އިތުރަށް ވާހަކަ ދައްކަމުން ޑެޝޯމްޕްސް ބުނީ ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅުކޮށް، ފްރާންސްގެ އަމިއްލަ ބާރުގައި ދެމި އޮތުމުގެ ޤާބިލުކަން އެ ޓީމަށް ލިބިގެންވާ ކަމަށެވެ. ޑެޝޯމްޕްސް ފާހަގަ ކުރި ގޮތުގައި ހަމައެކަނި ބޯޅަ ހިފަހައްޓައިގެން ކުޅުމަކީ މެޗުން މޮޅުވާނެ ސަބަބެއް ނޫނެވެ. މެޗުން މޮޅުވުން ގުޅިފައި އޮންނަނީ ބައިވަރު ކަންތައްތަކާ ކަމަށާއި، ފްރާންސް ޓީމުން އެކަން ފެނިގެންދާ ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް އަށް ފްރާންސް ނިކުންނާނީ ރަނގަޅު ކުރަން ހުރި ކަންކަމަށް އިތުރަށް މަސައްކަތް ކޮށްގެން ކަމަށާއި، އެންމެ ބޮޑު އިސްކަމެއްް ދޭނީ ލަނޑު ޖަހަން ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ. މުބާރާތުގަައި މިހާތަނަށް ފްރާންސް ކުޅުނު މެޗުތަކަށް ބަލާއިރު، އެ ޓީމަށް ކުރި ލިބިފައި ވަނީ އިދިކޮޅު ޓީމު އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. ގްރޫޕް ސްޓޭޖުގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސް އިން ވަނީ ޕެނަލްޓީ އަކުން ލަނޑެއް ޖަހައިފަ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ފްރާންސް ނިކުންނާނީ ޕޯޗުގަލާ ދެކޮޅަށެވެ.

ޔޫރޯ 2024 (ޖަރުމަނު)ްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމުޑިޑިއޭ ޑެޝޯމްޕްސް

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
14 އޮކްޓޯބަރު 2025

އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

14 އޮކްޓޯބަރު 2025
އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި
11 ސެޕްޓެމްބަރު 2025

ޑެޝޯމްޕްސް އަށް ފަހު، ފްރާންސް ޤައުމީ ޓީމު ހަވާލު ކުރާނީ ޒިދާންއާ

11 ސެޕްޓެމްބަރު 2025
ޑެޝޯމްޕްސް އަށް ފަހު، ފްރާންސް ޤައުމީ ޓީމު ހަވާލު ކުރާނީ ޒިދާންއާ
10 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ފްރާންސް އިން އައިސްލެންޑް ބަލިކޮށްފި

10 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ފްރާންސް އިން އައިސްލެންޑް ބަލިކޮށްފި
06 ސެޕްޓެމްބަރު 2025

ފްރާންސް އިން ޔުކްރެއިން ބަލިކޮށްފި

06 ސެޕްޓެމްބަރު 2025
ފްރާންސް އިން ޔުކްރެއިން ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު